ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)--ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
07 Sep 2022 | 22:42
ރައްޔިތުން މިއަދު އެދި ގޮވަނީ ރައީސް ޔާމީންގެ ތަރައްގީއަށް: މެންބަރު ނަޝީދު

ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު އެދި ގޮވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ތަރައްގީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޓް ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވުމާއި ގުޅިގެން, ނުރުހުން ފައުޅުކޮށް މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށްލައި އެމަނިކުފާނުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެގޮތަށް އެކަން ނުވާނެ ކަމަށެވެ.

އަދި ރައްޔިތުން މިއަދު އެދި ގޮވަނީ ރައީސް ޔާމީންގެ ތަރައްގީއަށް ކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ.

"މިހާރު ކޯޓުން ހުކުމް ނުކުރަނީސް ޝެއިޚް އިމްރާން ކުރީބައިގައިތި ނިއްމާލީ ދޯ ކޮންމެ ގޮތަކުން ނަމަވެސް ރައީސް ޔާމީން ޖަލައްލާ ރައްޔިތުންގެ ކުރިމަތީގައި ހިތުން އަގު ވައްޓާލާނަމޭ. އެހެން އެކަން ނުވާނެ ރައްޔިތުން މިއަދު އެދި ގޮވަނީ ރައީސް ޔާމީންގެ ތަރައްގީއަށް." މޮސްޓާ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އަމާޒަކީ ކަރެކްޝަން ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ހުރިހާ ގައިދީންނަކީ ވެސް ރެހިބިލިޓޭޓް ވާންޖެހޭ ގައިދީންނަށް ހެދުން ކަމަށެވެ.

އެގޮތުން އަމާޒަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބޭ ހުރިހާ ޤައިދީންނަކީވެސް ރިހިބިލިޓޭޓްވާންޖެހޭނެ މީހުންކަމުގައި ހެދުން ކަމަށާއި، ކޮންމެ މީހަކު ޖަލަށްލި ކަމުގައި ވިޔަސް ރިހިބިލިޓޭޓް ޕްރޮގުރާމުގައި ބައިވެރިވާން ޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ހަޤީޤަތުގައިވެސް އިމްރާން ޖަލަށް ލިޔަސް, ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޓް ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ. އެއީ އެކަން އޮތްގޮތް, އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަންވެގެން. ކޮންމެސް މައްސަލައެއް އޮވެގެން އެތަނަށް ދިޔާމާ އެތަނުގެ ތެރޭން ކޮންމެސް ޕްރޮގްރާމެއްގައި ބައިވެރިވެ ކޮންމެސް ފިލާވަޅެއް, ދަރުސެއް ލިބިގެން އަނބުރާ މުޖުތަމައުއަށް އަންނަންވާނީ. އެކަން ކަށަވަރުކޮށްދިނުމަކީ ކަރެކްޝަންގެ ޒިންމާއެއް, މަސްއޫލިއްޔަތެއް. ވާޖިބެއްކަމަށް އަޅުގަނޑު ދެކެނީ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވާއިރު، ރައީސް ޔާމީން އާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ އާރަށު ޚިޔާނާތުގެ މައްސަލާގައި ދޮގު ތުހުމަތު ކޮށް އެމަނިކުފާނު ޖަލަށް ލާން އުޅޭކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި އެފަދައިން ސަރުކާރުން ކަންތައް އެކުރަނީ ރައީސް ޔާމީން އަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭގޮތް ހެދުމަށް ކަމަށްވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.