ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
06 Sep 2022 | 23:45
ސަހަރާ ކޮންނަނީ ސަރުކާރުން؛ ޢާޒިމްގެ ރުޅި މޭޔަރ މުޢިއްޒު އަށް!

ފުރަމާލޭގައި ދުއްވާއެއްޗެހި ޕާކުކުރުމަށް ޕާކިން ޒޯން ހެދުމުގެ ގޮތުން މާފަންނު ސަހަރާ ކޮނެ އެތަން ސާފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމްގެ ނުރުހުން މާލެސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުޢިއްޒު އަށް އަމާޒުވެއްޖެއެވެ.

މާފަންނު ސަހަރާގައި ޕާކިންގ ޒޯން ހަދަން އެތަން ސާފުކުރަން ފެށުމާއި ގުޅިގެން އެކަމުގެ ނުރުހުން މޭޔަރ މުޢިއްޒު އަށް އަމާޒު ކުރައްވައި އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަހަރާތައް ކޮނެ ގަބުރުތައް ނެގުމަކުން މާލޭގެ ޕާކިންނަށް ހައްލެއް ނާންނާނެކަމަށެވެ.

"މުއިއްޒު ތިކުރާ މަސައްކަތަކުން މާލޭގައި ދިރިއުޅޭ މީހުންނަކަށް ލުޔެއް ނުލިބެ. ލުޔެއްލިބޭނީ ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާގޮތަށް ވެހިކަލް ކެރީން ކެޕޭސިޓީ ސިޓީ ކައުންސިލުން ކަނޑައަޅަންކެރުނު އިރަކުން." އާޒިމްގެ ޓުވީޓުގައި ވިދާޅުވިއެވެ. 

އާޒިމް މިފަދައިން ވިދާޅުވެފައި ވާއިރު، މާފަންނު ސަހަރާގައި ޕާކިން ޒޯނެއް ހެދުމުގެ ނިންމުމަކީ ސަރުކާރުގެ ނިންމުމެކެވެ. އަދި އެކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ހުއްދަވެސް ދީފައެވެ.

އެ މައްސަލައާއި ގުޅޭގޮތުން މީގެ ކުރިންވެސް ސިޓީ ކައުންސިލަށް ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ޑރ. މުއިއްޒު ވަނީ އެ ފަރާތްތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާކިން ޒޯނު ހެދުމުގެ މަސައްކަތުގައި ސިޓީ ކައުންސިލުން އަދާކުރާ ޒިންމާއަކީ، ނުވަތަ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތަކީ ސަރުކާރުން ދައްކާ ބިންތަކުގައި ޕާކިން ޒޯނުތައް ހެދުމުގެ މަސައްކަތް ކަމަށެވެ.

އަދި ޕާކިންގ ޒޯން ހެދުމަށް ބިން ކަނޑައަޅައި، އެތަންތަން ސާފުކުރާނީވެސް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުންކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.