އިހަވަންދޫ އިން ފެނުނު ބުދު
ހަބަރު
06 Sep 2022 | 23:50
އިހަވަންދޫއަށް ލަކުނޑިން ހަދާފައިވާ ބުދެއް ލައްގައިފި!

ހއ. އިހަވަންދޫއަށް ލަކުނޑިން ހަދާފައިވާ ބުދެއް ލައްގައިފި އެވެ.

އިހަވަންދޫ ކައުންސިލް ރައީސް އަހްމަދު ސޮބާހް "ވޮއިސް" ވިދާޅުވީ އެ ރަށު ހުޅަނގު ފަރާތު ފެން ޕްލާންޓް ހުންނަ އާނު ގަނޑު ސަރަހައްދުން ލަކުނޑިން ހަދާފައިވާ ބުދެއް ލައްގާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު ފަހު 3:30 ހާއިރު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އަދި އެ ބުދު ފެނިފައިވަނީ ގޮނޑުދޮށަށް ގޮސް އުޅުނު އާންމުންގެ ބަޔަކަށް ކަމަށާ، ލޮލާއި، ނޭފަތާއި އަނގަވެސް ފާހަގަވާހެން ކަނޑާފައިވާ އެ ބުދުގެ ބޮޑުމިނުގައި ގާތްގަޑަކަށް 4 ފޫޓް ހުންނާނެކަމަށްވެސް ސޮބާހު ވިދާޅުވިއެވެ.

ސޮބާހު އިތުރަށް ވިދާޅުވީ، އާއްމުން ކައުންސިލަށް އެ ޚަބަރު ދިނުމާއި އެކު ކައުންސިލުން އެކަން ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށާ، އަދި މިހާރު އެ ބުދުވަނީ ފުލުހުންނާއި ހަވާލުކޮށްފައިކަމަށެވެ.

އިހަވަންދޫ އިން ފެނުނު ބުދު ފުލުހުން ގެންދަނީ

އިހަވަންދޫއަށް ބުދެއް ލައްގާފައިވާއިރު ދާދިފަހުން ރާއްޖޭގެ ރަށެއްގައި އުޅޭ އިންޑިއާ ބަޔަކު މަށިން ބުދެއް ހެދުމަށްފަހު ރަށުތެރޭގައި ހިންދޫ ދީނުގެ އަޅުކަންތަކެއް ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

އެކަމުގައި ޝާމިލުވާ އިންޑިއާ މީހުން މިހާރު ތިބީ ފުލުހުންގެ ހައްޔަރުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.