އެލްޖީއޭގެ ސީއީއޯ ފާތުމަތު އަފްޝަން ލަތީފު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Sep 2022 | 19:20
އެޖީއޭއިން މަސައްކަތް ކުރަނީ ކައުންސިލްތަކުގެ ކުށް ހޯދާކަށް ނޫން: އަފްޝަން

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ދައުރަކީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކައުންސިލްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުންކަށާއި ކައުންސިލްތައް ކުށްވެރިކުރުން ނުވަތަ ކައުންސިލްތަކުގެ ކުށް ހޯދުމެއް ނޫން ކަމަށް އެލްޖީއޭގެ ސީއީއޯ ފާތުމަތު އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު "ވިއަވެތި" ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަފްޝަން  ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަން ދެއްވާ އެއް މަސައްކަތް ކަމުގައެވެ. އަދި ޤާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު ހުރި ގޮންޖެހުންތަކާއި، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެކި ބައްދަލުވުން ބާއްވަމުންދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންކަމަށް އަފްޝަން ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމުގެ އިސް މޭސްތިރިޔަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު. މިނިޒާމު ފުރިހަމަ ކުރުމަކީ އެމަނިކުފާނުގެ ތަސައްވަރެއް. މިއަދު އަޅުގަނޑުމެން މިނިޒާމުގެ ތެރެއިން ގެންނަމުން މިދަނީ އިންގިލާބީ ބަދަލުތަކެއް. ނަމަވެސް އަދިވެސް ރަނގަޅު ކުރަންޖެހޭ އިސްލާހު ކުރަންޖެހޭ ބައިވަރުކަންކަން އެބަހުރި" އަފްޝަން ވިދާޅުވިއެވެ.

މިއާއެކު އަފްޝަން ވިދާޅުވީ، އެލްޖީއޭ އަކީ ކައުންސިލްތަކުގެ ބެލެނިވެރިފަރާތް ކަމަށް ވަރަށް ގިނަ ކައުންސިލްތަކުން ދެކޭ ކަމަށެވެ. އެކަމަކު އެއީ އެއީ އޭނާއަށް އެހާ ހިތްގައިމު ބަހެއް ނޫން ކަމަށާއި ބެލެނިވެރިން ތިބޭނީ ކުޑަކުދިން ނޫނީ އަމިއްލަ އަށް ގޮތް ނިންމަން ދަތި މީހުންގެ ކަންކަން ބެލުމަށް ކަމަށް އަފްޝަން ވިދާޅުވި އެވެ.

"ގާނޫނުން އެލްޖީއޭ އަށް މަތިކޮށްފައި ވަނީ ކައުންސިލްތަކުގެ ޒިންމާ އަދާކުރޭތޯ ބަލައި، އެހީތެރިކަން ފޯރުކޮށްދިނުމަށް. އެލްޖީއޭއާ މެދު ކައުންސިލްތަކުން ދެކޭ ގޮތް ބަދަލުވުމަކީ މުހިއްމު ކަމެއްގައި އަޅުގަނޑު ދެކެން،" އަފްޝަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަޑު އަހަމު، ރަނގަޅު އެކުވެރިންނަކީ ރަނގަޅު ކަންކަމަށް ހިތްވަރު ދީ، އެ ކަންކަމުގައި އެހީތެރިވާ ބައެކޭ. އަދި ނުރަނގަޅު މަގަކުން ދާ ނަމަ އެކަމުން ދުރުކުރާނެ ބައެކޭ. އެލްޖީއޭއަކީ ކައުންސިލްތަކުގެ އެކުވެރިއެއް އަދި އެހީތެރިއެއް."

އެލްޖީއޭގެ ސީއީއޯ ފާތުމަތު އަފްޝަން ލަތީފު

އަފްޝަން ވިދާޅުވިގޮތުގައި، އެލްޖީއޭގެ އެންމެ އިސް ޒިންމާއާކީ އެ ގުޅުން ދަމަހައްޓައި ލާމަރުކަޒީ ނިޒާމަށް މަގުފަހިކުރުމަށް މަސައްކަތް ކުރުމެވެ.

މީގެ އިތުރުން އެކި ކައުންސިލްތަކާ ގުޅޭގޮތުން މި އަހަރުގެ މިހާތަނަށް 8 މޮނިޓަރިން ރިޕޯޓު ނިންމައި، މި މަހު އިތުރު ދެ މޮނިޓަރިން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެފަދަ ކަންކަމުން އެލްޖީއޭގެ މަގުސަދަކީ، އަފްޝަން ވިދާޅުވި ގޮތުގައި، ކައުންސިލްތައް ކުށްވެރިކުރުން ނުވަތަ ކައުންސިލްތަކުގެ ކުށް ހޯދުމެއް ނޫން ކަމަށްވެސް އަފްޝަން ފާހަގަކުރެއްވިއެވެ.

"އެލްޖީއޭ ވާން ވާނީ ގޯހުން ކަމެއް ދާ ނަމަ އެކަން ރަނގަޅު ކުރުމަށް ލަފަ އާއި އިރުޝާދު ދޭ އެކުވެރިއަކަށް،" އަފްޝަން ވިދާޅުވި އެވެ.

އެގޮތުން އެހީވުމަށް އެލްޖީއޭއިން އެކި ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރަމުން އަންނަކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނާއި، ބަޖެޓާއި، މިސްކިތްތަކާއި މަގު ބައްތި ހަރުކުރުން ފަދަ ވާހަކަތައް ކޮންމެ ބައްދަލުވުމެއްގައި ދައްކާ ކަމަށެވެ. އެ ކަންތައްތަކުގައި ކަމާގުޅޭ އިދާރާތަކާ ގުޅި ނަމަވެސް، އެލްޖީއޭ އިން އެދޭހާ އަވަހަކަށް ކަންތައްތައް ނުވެދާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.

އެކަމަކު، ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމުގެ ވިސްނުމާއި ހަކަތަ ވެސް މި ސަރުކާރުގައި އެބައޮތް ކަން ސާފުވާކަން އަފްޝަން ފާހަގަކުރެއްވި އެވެ.

"މި ނިޒާމު ފުރިހަމަ ވާނީ ހަމައެކަނި ރަނގަޅު ފެންވަރުގެ އިދާރާ ނުވަތަ މިލިއަނުން އިތުރުވާ ބަޖެޓަކުން ނުވަތަ މުވައްޒަފުންގެ އަދަދަކުން ނޫންކަން. އެލްޖީއޭ އިން މި މަސައްކަތްކުރާ އެންމެ މުހިއްމު އެއް ކަމަކީ އިތުބާރު އުފައްދައި ދެމެހެއްޓުން. ކައުންސިލްތަކާއި ސަރުކާރާ އަދި ރައްޔިތުންނާ ކައުންސިލްތަކާ، މުޅި ލާމަރުކަޒީ ނިޒާމާ މެދު އޮންނަ އިތުބާރު ވަރުގަދަ ވުމަކީ އެންމެ އިސްކަންދީގެން ކުރަންޖެހޭ އެއް ކަންތައްކަން އަޅުގަނޑު ދެކެން." އަފްޝަން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.