ސީޕީ ހަމީދު -- ފޮޓޯ: ޕޮލިސް
ހަބަރު
11 Sep 2022 | 20:19
ދެކުނުގެ އަތޮޅުތަކުގައި 17 ގޭންގެއް ހަރަކާތްތެރިވާ ކަަމަށް ފުލުހުން ބުނެފި

ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ 31 ގޭންގު ގުރޫޕެއް އެބައޮތް ކަމަށާއި އޭގެ ތެރެއިން 17 ގޭންގު ގުރޫޕެއް މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ދެކުނުގެ އަތޮޅު ތަކާއި ރަށްތަކުގެ ވެރިންނާއި ސަރުކާރުގެ ވެރިންނާއި އިދާރާތަކުން ބައިވެރިވެގެން މިހާރު ލ. ގަމުގައި ކުރިއަށް ގެންދާ  "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ހުށަހެޅި ޕްރެޒެންޓޭޝަނެއްގައެވެ. 

"އަމާން މުޖުތަމައު" ގެ ނަމުގައި ފުލުހުން ހުށަހަޅައިދިން މި ޕްރެޒެންޓޭޝަނުގައި ބުނެފައިވާގޮތުން ރާއްޖޭގެ ގޭންގުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ 1506 މީހުން ތިބި ކަމަށެވެ. އޭގެ ތެރެއިން 901 މީހުން މާލޭގައި ހަރަކާތްތެރިވާއިރު ސީދާ ދެކުނުގެ ރަށްރަށުގައި 605 މީހުން ދަނީ ގޭންގު މެންބަރުންގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. 

އަދި ގޭންގު ތަކުގައި އިސްކޮށް 700 އެއްހާ މީހުން ހަރަކާތްތެރިވާއިރު، 100 ކުޑަކުދިންވެސް ގޭންގުތަކުގެ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުންގެ ޕްރެޒެންޓޭޝަނުން އިނގިފައިވާ ގޮތުގައި 2007ވަނަ އަހަރުން ފެށިގެން ގޭންގު މާރާމާރިއާ ގުޅިގެން 32 މީހަކު މަރާލާފައިވާއިރު އޭގެ ތެރޭގައި ދެކުނަށް ނިސްބަތްވާ 6 މީހުން ހިމެނެއެވެ. އަދި މަރުތަކާއި އެފަދަ މާރާމާރީތަކާއި ގުޅޭ މީހުންގެ ތެރެއިން 185 މީހުންނަކީ ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ މީހުންނެވެ. އަދި މީގެ ތެރޭގައި 21 ކުޑަކުދިންވެސް މިފަދަ މައްސަލަތަކުގައި ހިމެނެއެވެ.

ގޭންގުތަކުން ރާވައިގެން ހިންގާފައިވާ ކަންކަމާއި ގުޅިގެން ފާއިތުވި ދެ އަހަރުދުވަހުގެ 1180 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން 5 ފަހަރަށްވުރެ ގިނަ ފަހަރު ހައްޔަރުކުރި މީހުންވެސް ހިމެނެއެވެ. މިގޮތުން 792 މީހަކު މިފަދަ މައްސަލަތަކާ ގުޅިގެން 1 ފަހަރު ހައްޔަރުކޮށްފައިވެއެވެ. އަދި 47 މީހަކު ވަނީ ފާއިތުވި ދެއހަރު ދުވަހުގެ ތެރޭގައި 5 ފަހަރަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައެވެ. މީގެ އިތުރުން 341 މީހުންނަކީ 2 ފަހަރާއި 4 ފަހަރު ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން މިއަދު ހާމަކުރި އަދަދުތަކުން ދައްކާ ގޮތުގައި ދެކުނު އަތޮޅު ތަކުގެ ތެރެއިން ގޭންގުތަކާއި، މާރާމާރީތައް އަދި ހައްޔަރުކުރެވުނު މީހުންގެ އަދަދުވެސް އެންމެ ގިނައީ އައްޑޫ ސިޓީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ