ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
12 Sep 2022 | 09:14
ޠާރިގު ހަމީދަށް: ގޭންގްތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒް ނުކުރަނީ ކީއްވެތޯ؟

ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި އެކަނިވެސް 31 ގޭންގު ތިބިކަން ފުލުހުންނަށް ޔަގީންވާއިރު، އެފަދަ ގޭންގުތައް ހުއްޓުވުމަށް ހަދާފައިވާ ޤާނޫނު ތަންފީޒު ނުކުރަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް)، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ސުވާލުކުރައްވައިފިއެވެ. 

7 އަތޮޅުގައި 31 ގޭންގު އެބައޮތް ކަމަށާއި އެ ގޭންގުތަކުގައި 700 އަށްވުރެ ގިނަ ގޭންގުސްޓާރުން ހަރަކާތްތެރިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ އޮތް 'ވިޔަވަތި' ކޮންފަރެންސުގެ ހާމަ ކުރުމާއި ގުޅިގެން ރޭ ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޭންގްތައް ހުއްޓުވުމުގެ ޤާނޫނަށް 12 އަހަރުވެއްޖެ ކަމަށެވެ. އަދި ގާނޫނުގައި ސާފުކޮށް އެފަދަ ކުށްތައް ކުރާ މީހުންގެ އަދަބު ބަޔާންވެފައިވާއިރު އެ ގާނޫނު ތަންފީޒް ނުކުރަނީ ކީއްވެތޯ ޓޮމް ވަނީ ސުވާލު ކުރައްވާފައެވެ. 

"އެޤާނޫނުގެ ދަށުން ކިތައްމީހުންގެ މައްސަލަ ތަޙްޤީޤްކުރެވުނުތޯ؟ ދައުވާކުރަން ޕީޖީއަށް ފޮނިވިތޯ؟ ޕިޖީ، އެޤާނޫނުން ކިތައް މީހުންނަށް ދައުވާކުރިބާ؟" ގޭންގް ކުށްތައް މަނާކުރާ ގާނޫނުގެ ފުރަތަމަ ސަފުހާގެ ފޮޓޯއަކާއި އެކު ޓޮމް ކުރެއްވި ޓުވީޓެގައި ސުވާލުކުރައްވާފައިވެއެވެ. 

މިހާރު ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން އިއްޔެ ހުށަހެޅި ޕްރެޒެންޓޭޝަންގައި ވާގޮތުން ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތެރިވާ 31 ގޭންގެއްގައި 700 ގޭންގް ސްޓާރުންނާއި 100 ކުޑަކުދިން އެބަތިއްބެވެ. 

އަދި މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތެރިވާ ގޭންގުތަކުގައި ސީދާ ދެކުނުގެ ރަށްތަކަށް ނިސްބަތްވާ 1506 މީހުން އެބަތިއްބި ކަމަށާ، މީގެ ތެރެއިން 605 މީހުންނަކީ ދެކުނުގެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށްވާއިރު، 901 މީހުންނަކީ މާލޭގައި ދިރިއުޅޭ މީހުންން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.