މާލެ ބައެއް ސަރަހައްދުތައް ފޮގް ކުރަނީ-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު
12 Sep 2022 | 15:06
ޑެންގީ ހުމާއި ރޯގާ ހަލުވިކަމާއެކު ފެތުރެނީ!

ޑެންގީ ހުމާއި ރޯގާގެ އިތުރުން ހަތަރު ބައްޔެއް ހަލުވިކަމާއިއެކު ފެތުރެމުންދާ ކަމަށް ކަމަށް ހެލްތު ޕްރޮޓެކްްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު މިތާނަށް އަރިދަފުސް ރޯގާ ފެތުރުން އިތުރުވެ މިދިޔަ މަހު ހޮސްޕިޓަލުތަކާއި ކްލިނިކުތަކަށްވެސް ވަނީ ބާރު ބޮޑުވެފައެވެ.

އަދި މިދުވަސްވަރުވެސް ގިނަ ބަލިތަކެއް ހަލުއިކަމާއިއެކު ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ފެތުރުން އިތުރުވެފައިވާ ބަލިތައް

ހުމާއި ރޯގާ

ފާނަބަސަންދު

ހޭންޑް ފުޓް އެންޑް މައުތު

ލޮލު ރޯގާ

ބޭރަށް ހިންގުން

ޑެންގީ

އެޗްޕީއޭ އިން ނެރެފައިވާ ހިސާބުބުތަކަށް ބަލާއިރު މިދިޔަ އޯގަސްޓަ މަހު 25،700 އަށް ވުރެ ގިނަ މީހަކަށް ރޯގާ ޖެހުނު އިރު ޖުލައި މަހު 27،553 މީހަކަށް ރޯޯގާ ޖެހުނެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ރޯގާ ޖެހުނީ 16،222 މީހަކަށެވެ. މި އަހަރު އެ އަދަދު ހުރީ 25،713 ގަ އެވެ. ރޯގާގެ އިތުރުން މިދިއަ ޖުލައި އާއި އޮގަސްޓްގައި ޑެންގޫ ހުން ވެސް ވަރަށް ބޮޑަށް އިތުވެފަ އެވެ. އެގޮތުން، ޖުލައިގައި 322 ކޭސް އަދި އޮގަސްޓްގައި 268 ޑެންގޫ ކޭސް ރިޕޯޓް ކުރި ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.