ސިޓީ ކައުންސިލުން ހެންވޭރު ގައި ހަދާފައިވާ 69 ސައިކަލް ޒޯން
ހަބަރު
12 Sep 2022 | 15:42
ސިޓީ ކައުންސިލުން ހެންވޭރު ގައި 69 ސައިކަލް ޒޯން ކުރަހައި ނިންމައިފި

މިނީ ބަހުގެ ހިދުމަތް ފެށުމާއި ގުޅިގެން ބަސްދުއްވާ މަގުތަކުގެ ޕާކިން ޒޯން ހުސްކޮށް އައު ޕާކިންގ ޒޯންތައް ހެދުމަށް މާލެ ސިޓީ ކައުންސިލުން ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން ހެންވޭރުގަައި 69 ސައިކަލް ޒޯން ކުރަހައި ނިންމައިފިއެވެ. 

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެއްޓެވުމަށްޓަކައި މަޖީދީމަގުގައި ހުރި ޕާކިންގ ޒޯންތައް ނަގައި އޭގެ ބަދަލުގައި ޕާކިންގ ޒޯން ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދު ތަކުގެ ތެރެއިން ހެންވޭރުގަައި 69 ސައިކަލް ޒޯން ކުރަހައި ނިންމާފައިވާކަމަށެވެ. އަދި މި ސައިކަލް ޒޯންތައް ހަދާފައިވަނީ ހެންވޭރު ސަމޯސާ ވިލާގެ ގޯތިތެރޭގައި ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. 

މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް ފެށުމާއި ގުޅިގެން މީގެ ކުރިންވެސް 335 ސައިކަލު ޕާކުކުރެވޭނެ ޕާކިންގ ޒޯން ސިޓީ ކައުންސިލުން ވަނީ ހަދާފައެވެ. އެޕާކިންގ ޒޯނު ހަދާފައިވަނީ މާފަންނު ދަނޑު ހުންނަ ސަރަހައްދުގައެވެ. 

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ބައެއް މަގުތަކުގައި ޕާކުކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން މިހާރު މަޖީދީ މަގުގައި ޕާކުކުރުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން އަމީނީ މަގާއި އޯކިޑް މަގާއި ފަރީދީ މަގުގައިވެސް ޕާކުކުރުން މަނާކުރާނެއެވެ.
މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށުމަށް މަގުތަކުގެ ޕާކިންގ ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި މިހާރު ހަތަރު ސަރަހައްދަކުން ބިން ވަނީ ހަމަޖައްސާފައެވެ. އެއީ ހ. ސަމޯސާވިލާ ގޭގެ ބިމުން ބަޔަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރުގޭދޮށާއި ރަސްފަންނު ކައިރިން ކޮރަލް ބުލެވަރޑް ކައިރި އޮންނަ ސަރަހައްދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.