'ޒަކާތާގުޅޭ ޒަމާނީ ފިޤުހީ އުސޫލުތަކާއި ގާނޫނީ ތަޞައްވަރު' ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އައިއޯއޯސީ މޯލްޑިވްސް
ހަބަރު
12 Sep 2022 | 21:46
ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވުރާ ގުޅޭ ފޮތެއް ނެރެފި!

ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުގެ ތަސައްވުރުތަކުގެ މައްޗަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ފޮތް ނެރެފި އެވެ.

އިލްމު އިންސްޓިޓިއުޝަންގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ އޮޑިޓަ ޖެެނެރަލް ހަސަން ޒިޔަތެވެ.

ޑރ. ޝަހީމްގެ މި ފޮތުގައި، މުދަލު ޒަކާތުގެ ބެހެނިވެރިންނާ ގުޅޭ ގޮތުން ފިޤުހީ މަޝްހޫރު ހަތަރު މަޒުހަބުގެ ދަންނަބޭކަލުންގެ ރައުޔުތަކާއި، ދިވެހި ރާއްޖޭގައި މުދަލު ޒަކާތް ނަގައި ބެހުމުގައި ޢަމަލު ކުރަމުން އައި ގޮތާއި، މުދަލު ޒަކާތް ބެހުމުގައި ރާއްޖޭގައި ޢަމަލުކުރަން ފެންނަ ގޮތާއި ޒަކާތުގެ ނިޒާމު ހަރުދަނާކުރާން އޭނާއަށް ފެންނަ ބައެއް ޚިޔާލުތަށް ވަނީ ހިމަނާފައެވެ. މީގެ އިތުރަށް ޒަކާތާ ބެހޭ ޤާނޫނެއްގެ ތަޞައްވުރެއް ވެސް ފޮތުގައި ހިމަނައިފައިވެއެވެ.

އަދި މި އެންމެހާ ހުށައެޅުންތަކަކީ ވެސް އިންޓަރނޭޝަނަލް އިސްލާމީ ފިޤުހު އެކެޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ބެހޭ އިސްލާމީ ދިރާސާތަކާއި ބައިނަލްއަޤުވާމީ މަހާސިންތާތަކުގެ ނިންމުންތަކުގެ އަލީގައި ހުށައަޅައިފައިވާ ހުށައެޅުންތަކެއް ކަމަަށް ޝަހީމް ވިދާޅުވިއެވެ.

"މި [ފޮތުގެ] ދިރާސާއަކީ އިސްލާމީ ފިގުގެ އަލީގައި މި ޒަމާނުގެ ހާޖަތަށް ބަލައިގެން ކުރެވިފައި އޮތް އިލްމީ މަސައްކަތެއް ހާއްސަކޮށް ރާއްޖޭގައި ޒަކާތުގެ ސިސްޓަމް ހަރުދަނާކުރުމާ ގުޅޭ ގޮތުން. މީގެ އިތުރުން ގާނޫނީ ތަސައްވުރެއްވެސް ހިމަނާފައިވާނެ. އަސްލު މިއީ އަޅުގަނޑު ޕީއެޗްޑީ ތީސީސްގައި ހިމެނޭ ކަންކަން ހިމަނާފައިވާނެ. ދެން އަދި މިހާރު އިތުރުކުރަން ޖެހޭ ކަންކަން އިތުރުކޮށް ވެސް ހިމަނާފައި ވާނެ. އެއީ ޒަކާތު ފަންޑު އިތުރަށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން" ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ޒަކާތް ނިޒާމް ހަރުދަނާކޮށް ރާއްޖޭގައި ޒަކާތު "ހައުސް"އެއް އުފެއްދުމާ ގުޅޭ ގޮތުން ލިޔެފައިވާ މި ފޮތް 250ރ އަށް އިލްމު އިންސްޓިޓިއުޝަން އިން ލިބެން ހުންނާނެ އެވެ. އަދި މި ފޮތް ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރާނީ ކީރިތި ގުރުއާނާއި އިސްލާމީ ތައުލީމާއި ތަރުބިއްޔަތު މަތިވެރި ކުރުމަށް ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.