ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Sep 2022 | 18:44
މި ސަރުކާރުގެ ޕްލޭނަކީ ޖަޒީރާކޮށް ރަށްރަށް ތަރައްގީކުރުން: ރައީސް ޞާލިހު

މި ސަރުކާރުގެ ޕްލޭނަކީ ޖަޒީރާ ތަރައްޤީގައި ރަށްރަށް ތަރައްޤީކޮށް ކުރިޔަށްގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ، އަތޮޅުތަކުގެ ރައްޔިތުން މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނައްތާލައި, ޖަޒީރާވަންތަ ތަރައްގީއެއް ރާއްޖެއަށް ގެނައުންކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ރައްޔިތުން މާލެއަށް ބަރޯސާވުން ހުއްޓުވޭނީ ރަށްރަށުގައި އަސާސީ ހިދުމަތްތައް ފުޅާ ގޮތެއްގައި ގާއިމްކޮށްދީގެން ކަމަށާ، އެގޮތުން ފެނާއި ނަރުދަމާ, ސިއްހީ އަދި ތައުލީމް ލިބެން ހުރެ, ހަމަޖެހޭ ދިރިއުޅުމެއް ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނަ ނަމަ، އެކަން އެގޮތަށް ވާނެނަ ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ. 

ލާމަރުކަޒުކޮށް ރާއްޖެ ތަރައްޤީކުރުމަކީ ޚަރަދުބޮޑު ބުރަ މަސައްކަތެއް ނަމަވެސް ވަށާޖެހޭ, ޖަޒީރާވަންތަ ތަރައްގީއެއް ރައްޔިތުންނަށް ހޯދައިދިނުން ނޫން ބޭނުމެއް, އަޒުމެއް އަދި ތަސައްވުރެއް ވެސް ނެތް ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

"އެހެންނަމަވެސް, ދުރުރާސްތާއަށް މި ރާއްޖެއަށް އަދި ހާއްސަކޮށް މާލެއަށް އޮތް ތޮއްޖެހުން ކުޑަވެގެން އަންނާނީ މިކަންކަން ކޮށްގެން, އެހެންވީމަ މި ސަރުކާރުގެ ޕްލޭނަކީ ޖަޒީރާ ތަރައްގީގަ މިގޮތަށް ރަށްރަށް ތަރައްގީ ކުރަމުން ދިޔުން,"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ ސަރުކާރުންވެސް, މާލޭގައި އުމްރާނީ ބޮޑެތި މަޝްރޫއުތަކެއް ވަނީ ފައްޓަވާފައެވެ. އެގޮތުން ތިލަމާލޭ ބްރިޖް މަޝްރޫއު އާއި، ގުޅީފަޅު ބިން ހިއްކުމާއި، މާލެ ކައިރީގައި ފްލޯޓިންގ ސިޓީއެއް ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެއެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.