ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 'ވިޔަވަތި' ކޮންފަރެންސުގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Sep 2022 | 22:35
ވަކި ތާރީހެއް ވިދާޅުނުވެ، ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑު ކުރައްވާނެ ކަަމަށް އަނެއްކާވެސް ވިދާޅުވެއްޖެ!

ވަކި ތާރީޚެއް ވިދާޅުނުވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުންގެންދާ ޢިނާޔަތް ބޮޑު ކުރައްވާނެ ކަމަށް އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައި ވަނީ ތިންވަނަ "ވިޔަވަތި ރާއްޖެ" ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކޮށް ދިނުމަކީ އެފަދަ މީހުންނާއި، އަދި ކުދިންގެ ބެލެނިވެރިން ދޭތެރެ ދޭތެރެއިން ހުށަހަޅާ ކަމެއް ކަން ފާހަގަކުރައްވާފައެވެ.

އަދި އެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަން ފާހަގަ ކުރައްވައި ރައީސް ޞާލިހުވަނީ އެކަމަށް މާގިނަ ދުވަހެއް ދެން ނުނަގާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށާ އެ މަސައްކަތް ނިމުމާއެކު ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށެވެ. 

"ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރުމުގެ ވާހަކަ އަކީ ހަމަ ދޭތެރެއަކުން އަޅުގަނޑާ އެބޭފުޅުން [ނުކުޅެދުންތެރިކަން ހުންނަ މީހުން] ބައްދަލު ކުރައްވައި ހުށަހަޅުއްވާ ކަމެއް. މިހާރު ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް އެ ގެންދަނީ. އިރާދަ ކުރެއްވިއްޔާ އެކަން ނިމުމާ އެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 


ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދީންނަށް ދައުލަތުން މިހާރު ދެނީ މަހަކު 2،000 ރ. ގެ އިނާޔަތެކެވެ. އެ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ރައީސް ޞާލިހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ވަނީ ވިދާޅުވެފައެވެ. 

އެގޮތުން، ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅުގެ ތެރޭގައި އެދުވަހުވެސް އެމަނިކުފާނު ވަނީ، މިހާތަނަށް އައިއިރުވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާ ތަފްޞީލް އެނގޭ ޤައުމީ ދަފްތަރެއް ރާއްޖޭގައި އެކަލަވާލާފައި ނެތް ކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިއާއެކު އެމަނިކުފާނު ވަނީ އެދަފްތަރު ނިންމައި މިއަހަރުގެ ފަހު ކުއާރޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ހާމަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.