ދޮންދޫނި ލިޓްލް ލާނާސްއާއި ކެއާރ ސޮސައިޓީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ކެއަރ ސޮސައިޓީ
ހަބަރު
12 Sep 2022 | 23:54
ދަރިވަރުންނަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ދޮންދޫނި އާއި ކެއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއް!

ދޮންދޫނި ލިޓްލް ލާނާސްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އިތުރު އެހީ ބޭނުންވާ ދަރިވަރުންނަށް ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ދިނުމަށް ކެއާ ސޮސައިޓީ އިން ދޮންދޫނި ލިޓްލް ލާނާސް ޕްރީސްކޫލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ކެއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮފީހުގެ އެގްޒެކްޓިވް ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި ދޮންދޫނި ލިޓްލް ލާނާސް ޕްރީސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ސުކޫލުގެ ޕްރިންސިޕަލް އައްޝައިހް ހަސަން މޫސާ ފިކުރީ އެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާތިފް ވަނީ ދޮންދޫނި ޕްރީސްކޫލުން އިސްނަގައިގެން ނިންމި އެ ނިންމުމަކީ އެ ސުކޫލައި ކިޔަވާ ދަރިވަރުންނަށް ވަރަށް ފައިދާ ކުރާނެކަމެއް ކަމަށް ފާހަގަކުރައްވާފައެވެ. 

އާތިފް އިތުރަށް ވިދާޅުވީ، އާއްމު ގޮތެއްގައި ޕްރީ ސުކޫލް ތަކުގައި، ތަފާތު އެކި ކަހަލަ ކުދިންނަށް ކިޔަވައިދިނުމުގައި މަސައްކަތް ކުރަމުންދަނީ އެންމެ ޓީޗަރެއް ކަމަށެވެ. އެހެން ނަމަވެސް، އެކަން ބަދަލުކޮށް، އެކި ކަހަލަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް، އެކުދިންނަށް އިތުރު އެހީ ބޭނުންވާ ކަންކަމުން އެހީ ފޯރުކޮށްދިނުމަށް އެކަމުގެ ޢިލްމާއި ތަޖުރިބާ ހުރި މީހުންގެ އެހީތެރިކަން ލިބުންވެސް މުހިއްމު ކަމަށާ، އެގޮތުން ދޮންދޫނި އާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން އެގޮތުން ސްޕެޝަލް އެޑިއުކޭޓާސް އާއި ތެރަޕިސްޓުން އެ ސުކޫލަށް ޒިޔާރަތްކޮށް ދަރިވަރުންނަށް އެހީތެރި ވެ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރަނީ މިކަހަލަ މަސައްކަތަކީ ކުއްޖާގެ ކުރިއެރުމަށް ވަރަށް ވަރަށް މުހިއްމު ކަމެއް. ޚާއްސަކޮށް ޓީޗަރުންނަށް، ކިޔަވައިދިނުމުގައި ވަރަށް ބޮޑަށް ފަސޭހައަކަށް ވެގެންދާނެ. އެހެންވީމާ ވަރަށް މުހިއްމު ކަމެއްގެ ގޮތަށް އަޅުގަނޑުމެން ގަބޫލު ކުރަނީ ޕްރީސްކޫލް ތަކުގައި މިކަހަލަ މަސައްކަތްތައް ކުރުންމީ." އާތިފް ވިދާޅުވިއެވެ. 

މި އެއްބަސްވުމުގެ ދަށުން ކުރެވިގެންދާ މަސައްކަތްތަކުން ކުދިންގެ ކިޔެވުމާއި، އަދި އެހެނިހެން ކަންކަމަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް އާތިފް ވިދާޅުވިއެވެ. 

ހަފްތާގެ ކަނޑައެޅިފައިވާ ވަކި ދުވަސްތަކެއްގައި ކެއާ ސޮސައިޓީގެ ސްޕެޝަލް އެޑިއުކޭޓާސް އާއި ތެރަޕިސްޓުން ދޮންދޫނި ސުކޫލަށް ޒިޔާރަތް ކޮށް ދަރިވަރުންނަށް އެހީތެރިވެދާނެ އެވެ. އަދި ކުރިއަށް އޮތްތާ އެ ސޮސައިޓީގެ ކެޕޭސިޓީ ހުރި މިންވަރަކުން އެހެން ސުކޫލުތަކުގައިވެސް މިފަދަ ޕްރަގްރާމްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކެއާ ސޮސައިޓީ އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީވެސް އެހީތެރިކަމަށް ބޭނުންވާ ކުދީންނަށް ވީހާވެސް ޅަފަތުގައި އެހީތެރިވެ ދިނުމެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.