މުހައްމަދު ނަބީލް (ޔާޔާ ނަބީލް)
ހަބަރު
13 Sep 2022 | 09:28
ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރި ޔާޔާ ނަބީލު އަނެއްކާވެސް ހައްޔަރުކޮށްފި

މީސްމީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާއި އާއްމު ކުރަމުންދާ މުޙައްމަދު ނަބީލު (ޔާޔާ ނަބީލް) އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ވޮއިސް' އަށް މައުލޫތު ދެއްވަމުން ވިދާޅުވީ، މީސްމީޑިއާގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާއްމު ކުރި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 37 އަހަރުގެ ފިރިހެނެއް އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އަދި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. 

މީގެ ކުރިންވެސް މީސްމީޑިއާގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާއްމުކޮށް، އަންހެން ހެދުން ލައިގެން ބޭއަދަބީ ފޮޓޯ ނަގައި އާއްމު ކުރަމުންދިޔަ މައްސަލާގައި ޔާޔާ ނަބީލް ވަނީ ހައްޔަރު ކޮށްފައެވެ. 

އެގޮތުން މީސްމީޑިއާގައި ބަރަހަނާވެ، އެފަދަ ފޮޓޯ އާއި ވީޑިއޯ އާއްމު ކުރަމުންދިޔަ މައްސަލާގައި ފާއިތުވި އޯގަސްޓު މަހުގެ ތެރޭގައި އޭނާ ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންވަނީ އޭނާގެ ސަބަބުން މުޖުތަމައު އަށް ނުރައްކަލެއް ނެތް ކަމަށްބުނެ ދޫކޮށްލާފައެވެ.

އެގޮތުން އޭނާ ދޫކޮށްލަން ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފުލުހުން ފާހަގަކުރި ނަމަވެސް އޭނާއަށް ތުހުމަތުވާ ކުށުގެ ބާވަތަށް ބަލާއިރު އޭނާގެ ކިބައިން އެހެން މީހަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތް ކަމަށެވެ.

އަދި އޭނާގެ ފަރާތުން އެހެން މީހަކަށް މިހާތަނަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، އޭނާއަށް އާންމުންގެ ފަރާތުން ގެއްލުމެއް ލިބުމުގެ އިހުތިމާލު އޮތުމަކީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ކުރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އަދި ނަބީލުގެ ފޯނުގެ ޕާސްވޯޑު ދިނުމަށް އޭނާ ދެކޮޅުހަދާތީ އޭނާއަކީ ތަހުގީގަށް އެއްބާރުލުން ނުދޭ މީހެއް ކަމަށާއި އޭނާ ފިލައިދާނެ ކަމުގެ އިހުތިމާލު އޮތްކަން ފުލުހުން ފާހަގަކުރިއެވެ. ކްރިމިނަލް ކޯޓުން ބުނީ ފޯނުގެ ޕާސްވޯޑް ނުދިނުމާ މީހަކު ފިލައިގެން ދިއުމަކީ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށައި އެއީ ފިލާފާނެ ސަބަބެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ނަމަވެސް ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ އާއިލާ މީހުންނަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި ފަރާތެއް ކަމަށް ނުފެންނަ ކަމަށެވެ. އޭނާ މީސް މީޑިއާގައި ލައިވް ކުރާ ކަންކަން ބަލާ ހުރިހާ ފަރާތްތަކެއް އޭނާއަށްވެސް ނޭނގޭނެތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އިހްތިމާލެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުން ފާހަގަކޮށް ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގެ ހެކީންނަށް ތިބީ އޭނާގެ އާއިލާ މީހުންނާއި އޭނާގެ މީސް މީޑިއާގައި ލައިވްކުރާ ކަންކަން ބަލާ މީހުން ކަމަށްވާތީ އެ ފަރާތްތަކަށް އޭނާ ނުފޫޒު ފޯރުވާފާނެ ކަމަށެވެ.

ނަމަވެސް ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ އާއިލާ މީހުންނަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި ފަރާތެއް ކަމަށް ނުފެންނަ ކަމަށެވެ. އޭނާ މީސް މީޑިއާގައި ލައިވް ކުރާ ކަންކަން ބަލާ ހުރިހާ ފަރާތްތަކެއް އޭނާއަށްވެސް ނޭނގޭނެތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އިހްތިމާލެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް ކޯޓުން ނަބީލު ދޫކޮށްލުމާއެކު އަނެއްކާވެސް ބަރަހަނާ މަންޒަރު އާންމުކުރަމުން ދަނިކޮށް ކޯޓު އަމުރެއްގެ ދަށުން ފުލުހުނާ އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.