ފިނޭންސް މިނިސްޓްރީގެ އިމާރާތް -- ފޮޓޯ: ފިނޭންސް މިނިސްޓްރީ
ހަބަރު
13 Sep 2022 | 16:00
މަކަރުހެދި 11 ކުންފުންޏެއް ސަސްޕެންޑު ކޮށްފި!

މަކަރު ހަދައި އޮޅުވާލާ އަދި ހަވާލުކުރި މަސައްކަތް ތާރީހުގައި ނުނިންމި 11 ކުންފުންޏެއް ފިނޭންސް މިނިސްޓްރީން ސަސްޕެންޑްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ސަސްޕެންޑު ކުރި ކުންފުނިތަކުގައި ލިސްޓްގައި ވާގޮތުން ގިނަ ކުންފުނިތައް ސަރުކާރުގެ މަސައްކަތްތަކުން ސަސްޕެންޑްކޮށްފައި ވަނީ އަހަރެއްހާ ދުވަހަށެވެ. އަދި ބައެއް ކުންފުނިތައް ތިން މަސް ނުވަތަ ހަ މަހަށް ވެސް ސަސްޕެންޑްކޮށްފައި އެބަހުއްޓެވެ. 

ފިނޭންސް މިނިސްޓްރީން އާންމުކުރި ސަސްޕެންޑްކުރި ކުންފުނިތަކުގައި ލިސްޓްގައި ހިމަނާފައިވާ ކުންފުނިތަކަކީ:
1- ގުޑް ވޯކްސް މޯލްޑިވްސް - މެރިން ރިސާޗު ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އެއްބަސްވުމާ އެއް ގޮތަށް ނުކުރުން
2- މާރިސް - ނ. އަތޮޅު މަދަރުސާގެ ކްލާސް ރޫމްގެ މަސައްކަތް ނުކުރެވުން
3- ވިންކް މޯލްޑިވްސް - ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑްގައި އޮޅުވާލުމުގެ ކަންތައްތަކެއް ހިންގުން 
4- ޓޮމީ އިންޖިނިއަރިން - ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑްގައި އޮޅުވާލުމުގެ ކަންތައްތަކެއް
5- ޓީއެންޑީބީ އިންޖިނިއަރިން - ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑްގައި އޮޅުވާލުމުގެ ކަންތައްތަކެއް ހިންގުން
6- ވޯޓާޕާކް މޯލްޑިވްސް - ރ. އުގޫފާރާއި ވ. ކޮޔޮދޫ ސްކޫލްގައި މަލްޓި ޕާޕޯސް ހޯލެއް އެޅުމުގެ މަސައްކަތް ނުކުރެވުން
7- އެސްބްރޯ މޯލްޑިވްސް - ވ. ރަކީދޫ ސްކޫލް ތަރައްގީގެ މަސައްކަތް ނުނިންމުން؛ ލ. ގަން މުގުރިމަގު ސްކޫލް އޮފީސް އިމާރާތް ނުނިންމުން 
8- ކޭއެސްއޭ މޯލްޑިވްސް - ހުޅުމާލޭ ހޮސްޕިޓަލް ފޮޅައި ސާފްކުރުމުގެ ބިޑަށް ވަގު ލިޔުމެއް ހުށަހެޅުން
9- އެސްޓޮނިސް ކްލީނިން ކޮމްޕެނީ - ހުޅުމާލޭ ހޮސްޕިޓަލް ފޮޅައި ސާފްކުރުމުގެ ބިޑަށް ވަގު ލިޔުމެއް ހުށަހެޅުން
10- މޫވް އެކްސް - ށ. މިލަންދޫ ކައުންސިލަށް ކުނި ނަގާ ޓްރެކްތައް ހޯދައިނުދެވުން
11- އެލްއެފް ކޮންސްޓްރަކްޝަން - ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ނުނިންމުން

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.