ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު -- ފޮޓޯ: މަޖިލިސް
ހަބަރު
13 Sep 2022 | 15:44
ޑަބްލިޔުޑީސީއަށް ކުރާ ހޭދައިގެ ސަބަބުން ކައުންސިލަށް ލިބޭ އާމްދަނީ މަދުވޭ: ވަހީދު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ބާއްވައިގެން އިތުރުހޭދަ ކުރާވަރަކަށް ކައުންސިލަށް ލިބޭ އާމްދަނީ އުނިވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. 

ވައްޑެ މިފަދައިން ވިދާޅުވެފައި ވަނީ، ޑަބްލިޔުޑީސީ އުވާލައި، ކައުންސިލާއި އެކީގައި ޑަބްލިޔުޑީސީ އެއްކޮށްލަށް ޖެހޭކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވުމާއި ގުޅިގެންނެވެ. 

ރައީސް ޞާލިހުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ވައްޑެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޑަބްލިޔުޑީސީތަކަކީ ކައުންސިލްތަކުގައި އަންހެނުންގެ ކޯޓާ ކަނޑަނޭޅޭއިރުގެ އެއްޗެއްކަމަށެވެ. އެހެންނަމަވެސް، މިހާރު ކައުންސިލް ތަކުގައި އަންހެނުނަށްވެސް ކޯޓާ ކަނޑައެޅިފައިވާއިރު, މިހާރު މުހިންމުވާނީ ކައުންސިލް ތަކަށް އިންތިޚާބު ވެފައިތިބި އަންހެން ކައުންސިލަރުންގެ ދައުރު ފުޅާކުރުމަށް އެހީތެރިވުން ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

"ޑަބްލިޔުޑީސީ ބާއްވައިގެން އިތުރުހޭދަ ކުރާވަރަކަށް އުނިވަނީ ކައުންސިލަށް ލިބޭމަދު އާމްދަނީ." ވައްޑެ ވިދާޅުވިއެވެ. 

ލ. ގަމުގައި ބޭއްވުނު ތިންވަނަ 'ވިއަވަތި ރާއްޖެ' ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ ޑަބްލިޔުޑީސީ އުވާލައި، ކައުންސިލާއި އެކީގައި ޑަބްލިޔުޑީސީ އެއްކޮށްލަށް ޖެހޭކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ޑަބްލިޔުޑީސީ އުވާލުމުގެ ބަދަލުގައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، ޑަބްލިޔޫ.ޑީ.ސީ.ގައި ތިބި ފަރާތްތަކަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާޙައުލެއް ޤާއިމުކޮށްދެއްވުން ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.