ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Sep 2022 | 09:52
ރައީސް ޞާލިހަކީ މިގައުމުގެ ޒައްރެއްގެ މިންވަރުވެސް ބޭރު ގައުމަކަށް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: މާރިޔާ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއްނޫންކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިން ކުރިމަތިލައިގެން މިތިބީ ވަރަށް ތަފާތު އިޤްތިޞާދީ، އިޖްތިމާޢީ، އަދި ސަލާމަތީ ޙާލަތަކާއިކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ތަފާތު ގޮންޖެހުންތަކަށް ރިޢާޔަތްކުރައްވާ، ދިފާޢީ އަދި ސަލާމަތީ ސިޔާސަތުތައް އެކުލަވާލައްވާ، އެ ސިޔާސަތުތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ދިފާޢީ އަދި ސަލާމަތީ ނިޒާމުތަކާއި އިންތިޒާމްތައް ބައްޓަން ކުރެއްވުންކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މިއާއެކު މާރިޔާ ވިދާޅުވީ ރާއްޖެއަށް އޮތް އެންމެ ބޮޑެތި ނުރައްކާތަކަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ އަދި ޑުރަގްގެ ވިޔަފާރި އާއި ގަވާއިދާ ހިލާފަށް ރާއްޖޭގެ މަސްކަނޑުތައް ބޭނުން ކުރުމުގެ މައްސަލަ ކަމަށެވެ. މީގެ އިތުރުން ޗައިނާ އާއި އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުގައި އޮތް ވާދަވެރިކަން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބޮޑުވެގެން ދިއުމަކީ ވެސް ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އަދި އެފަދަ ކިތަންމެ ގޮންޖެހުންތަކެއް ރާއްޖެއަށް އޮތް ނަމަވެސް ރައީސް ޞާލިހު ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ރާއްޖެއަށް އެންމެ މަންފާ ހުރި އަދި ގައުމުގެ އެންމެ މަތީ މަސްލަހަތު އިސް ކޮށްގެން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

"މިއަދު ދިވެހި ގައުމުގެ ޒައާމަތުގައި އެ ހުންނެވީ ދިވެހިރާއްޖޭގެ ސަރަހައްދުން ޒައްރެއްގެ މިންވަރުވެސް ބޭރުގެ ގައުމަކަށް ދޫކޮށްލައްވާނެ ވެރިއެއް ނޫން. ރައީސް ސޯލިހަކީ ރައްޔިތުންގެ އިހުސާސްތައް އަޑު އައްސަވާ ގައުމުގެ ސަލާމަތީ ހާލަތު ފަހުމްވާ ވެރިއެއް. ދިފާއީ އަމާޒު ހިފަންވީ މިސްރާބު ދެނެވަޑައިގަންނަވާ ލީޑަރެއް،"

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.