އައިޖީއެޗް ހޮސްޕިޓަލް-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
14 Sep 2022 | 11:32
މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލާގައި ފިޔަވަޅު އަޅައިފިން؛ އެކަން ހިނގީ އެއްފަހަރު: އައިޖީއެޗް

ވިލިމާލޭ ހޮސްޕިޓަލުން ތުއްތުކުދިން ގަޔަށް މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ޖަހާފައިވާ މައްސަލާގައި އިހުމާލުވި ފަރާތްތަކާއިމެދު ފިޔަވަޅު އަޅާފައިވާ ކަމަށާ، އެފަދަ ކަމެއް ދެފަހަރު ހިނގާފައިވާ ފަދަ މޭރުމަކުން ފެތުރެމުންދާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް އައިޖީއެޗް ހޮސްޕިޓަލުން ބުނެފިއެވެ. 

އައިޖީއެޗް ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ހިނގަމުންދާ ވިލިމާލޭ ހޮސްޕިޓަލުން ތުއްތުކުދިން ގަޔަށް މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ޖަހާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރާއި ގުޅިގެން އެ އައިޖީއެޗް ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެފަދަ މައްސަލައެއް ވިލިމާލޭ ހޮސްޕިޓަލުގައި ދިމާވެފައިވަނީ މި އަހަރުގެ މެއި މަހުގައި ކަމަށެވެ. އަދި އެ މައްސަލަ ހޮސްޕިޓަލުގެ ސަމާލުކަމަށް އައުމާއި އެކު އެއީ ހިނގާފައިވާ ކަމެއްކަން ބަޔާންކޮށް މި ހޮސްޕިޓަލުން ނޫސް ބަޔާނެއްވެސް ނެރެފައިވާނެކަމަށެވެ.

މިއާއެކު އެ ބަޔާނުގައި ބުނީ، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އައިޖީއެޗް ހޮސްޕިޓަލުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ.) އިން އޭރު ތަޙުޤީޤުކޮށް މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރެ ނުވާނެކަން ކަށަވަރު ކުރެވިފައިވާކަމަށެވެ.

އަދި އެ މައްސަލައާއި ގުޅުން ހުރި ތުއްތުކުދިންގެ ބެލެނިވެރިންނަށް މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް އަދިވެސް ކުރެވެމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

"ވީމާ ވިލިމާލެ ހޮސްޕިޓަލުން ދެވަނަ ފަހަރަށް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ތުއްތުކުދިން ގަޔަށް ޖެހިކަމަށް ދޭހަވާ މޭރުމަކުން ދައުރުވަމުންދާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމަމެވެ." އައިޖީއެޗް ހޮސްޕިޓަލުން ނެރުނު ބަޔާނުގައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.