ތާރިގު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Sep 2022 | 13:42
އެމީހާގެ ވޯޓު އެމީހާ ތަމްސީލުކުރާ ދާއިރާ ފޮއްޓަށް ނުލެވޭ މެމްބަރުން މަޖިލީހަށް ނުވަނުން ރަނގަޅީ: ތާރިގު


މެމްބަރުން ނިސްބަތްވާ ދާއިރާތައް ނޫން އެހެން ދާއިރާތައް ތަމްސީލުކުރެއްވުމަށް މަޖިލީހުގައި ތިއްބަވާތީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކޮށް، މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށައެޅި އިސްލާހަށް ވާހަކަދައްކަވަމުން ތާރިގު ވިދާޅުވީ އެ އިސްލާހަށް ދެތިންކަމެއް އިތުރުކުރުމަށް ހުށައަޅުއްވަން ބޭނުންފުޅުވާކަމަށެވެ.

އެގޮތުން މިހާރު މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުންނަކީ ކޮންޓްރެކްޓު އުސޫލުން ގޮނޑި ގަނެގެން މަޖިލީހަށް ވަދެވަޑައިގެން ތިއްބެވި މެމްބަރުކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަކީ އެ މެމްބަރު ހިމެނޭ ދާއިރާ ނޫން އެހެން ދާއިރާތަކަށް ކުރިމަތިލައިގެން ކޮންޓްރެކްޓް އުސޫލުން ރައްޔިތުންގެ މަޖިލީހަށް ވަދެތިބޭ ބައެއް" 

މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގު

އެކަމާއި ނުރުހުން ފާޅުކޮށް ތާރިގު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރާ ބިލު މަޖިލީހަށް ހުށައެޅުއްވި ގާސިމް އިބްރާހިމްގެ ސަމާލުކަމަށްވެސް އެކަން ގެނެސްފައިވާނެކަމަށެވެ.

އެގޮތުން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާއާއި ޖެހިގެން އޮތް ދަނގެތީ ދާއިރާއަށް އެ ދާއިރާގެ ރައްޔިތަކު ނޯމިނޭޓްކޮށްދިނުމަށް އެދުނުކަމަށާ، އެހެން ނަމަވެސް ގާސިމް އެގޮތަށް އަމަލު ނުކުރައްވާ ދާއިރާއާއި ގުޅުމެއް ނެތް މެމްބަރަކު ޖުމްހޫރީ ޕާޓީގެ ފަރާތުން އެންޑޯސްކޮށް މަޖިލީހަށް ހޮއްވަވާދެއްވުމުން، އެ ބޭފުޅާ އޭރު ހުންނެވި ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފައްދަވާފައިވާކަންވެސް ތާރިގު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެއީ ދަނގެތީ ދާއިރާގެ ރައްޔިތުން ކަންބޮޑުވާ އަދި ޝަކުވާ ކުރަމުންދާ މައްސަލައެއްކަމަށެވެ.

"އަޅުގަނޑުގެ ދާއިރާއާއި ޖެހިގެން އޮތް ދާއިރާގެ ރަށްތަކަށްވާތީ މި ދަންނަވާލަނީ އެ ރައްޔިތުންގެ ޝަކުވާތަކެއް އެބަހުރި. މިހާރުވެސް ޖުމްހޫރީ ޕާޓީގެ ފަރާތުން ދަނގެތީ ދާއިރާއަށް އޭރު އިންތިޚާބު ކުރި މެމްބަރު ވަނީ ޕާޓީއެއް އުފައްދައިގެން ގޮސްފަ. އެ ދާއިރާގެ ރައްޔިތުންގެ ޝަކުވާތައް އެބަހުރި. ޖުމްހޫރީ ޕާޓީގެ ލީޑަރަށް ތަކުރާރުކޮށް ދެންނެވިން އަރިއަތޮޅުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކޮށްދޭށޭ އެ އަތޮޅުގެ މީހަކު" 

މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގު

ތާރިގު އިތުރަށް ވިދާޅުވީ އެ މީހާގެ ދާއިރާގެ ނޫން އެހެން ދާއިރާއަކުން މަޖިލީހަށް އިންތިޚާބުވާ މެމްބަރުން ގިނަ ފަހަރަށް، ދާއިރާގެ ކަންކަން ބަލަމުން ނުދާކަމަށެވެ. އަދި ދާއިރާއަށް ކުލުނެއްވެސް ލޯތްބެއްވެސް ނޯންނަކަމަށެވެ.

އެހެންކަމުން މަޖިލީހަށް އިންތިޚާބުވުމަށް، އެމީހާ ނިސްބަތްވާ ދާއިރާ ނޫން އެހެން ދާއިރާތަކުން ކުރިމަތި ލުމުގެ ފުރުސަތު އޮވެގެން ނުވާނެކަމަށް ތާރިގު ވިދާޅުވިއެވެ.

"އެމީހަކުގެ ވޯޓު އެ މީހާގެ ދާއިރާގެ ފޮއްޓަށް ނުލެވޭ މީހުން މަޖިލީހަށް ނައިއްޔާ ރަނގަޅުވާނީ"

މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގު

އޭގެ އިތުރުން ތާރިގުގެ ވާހަކައިގައިވަނީ މާލެއަށް މީހުން ޖަމާވާގޮތަށް ސަރުކާރުތަކުން ކަންކަން ކުރުމަށްފަހު މާލެ އަތޮޅަށް ގޮނޑި އިތުރުވާ ގޮތް ހެދުމާއި ގުޅިގެންވެސް ނުރުހުން ފާޅުކޮށްފައެވެ. އަދި ދަފްތަރުގައި ޖެހޭ ފަރާތްތައް އެކި ފަހަރު އެކި ދާއިރާއަށް ރަޖިސްޓްރީ ވާން ޖެހޭ އުސޫލަކީވެސް އެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއްކަމަށާއި، މިފަދަ ބިލެއް ހުށައެޅިގެންދާއިރު، އެ ކަންކަމަށް ރިއާޔަތްކުރުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.