މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
ހަބަރު
14 Sep 2022 | 15:26
ޤާސިމް ހުށަހެޅުއްވި ބިލު އަނބުރާ ގެންދިއުމަށް އަސްލަމް ގޮވާލައްވައިފި

ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު, އަދި ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހީމް ޤާނޫނު އަސާސީއަށް ހުށައަޅުއްވާފައިވާ އިސްލާޙު އަނބުރާ ގެންދެވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާސިމް އިބްރާހީމް ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސްގައި އަސްލަމް ވިދާޅުވީ މީގެ ކުރިން ވެސް ދާއިރާތަކަށް މެމްބަރުންގެ އަދަދުތައް ބެހިފައި އޮތް މައްސަަލަތައް ދިމާވި ކަމަށާއި އަދި ފަހުން 87 ދާއިރާ ކަނޑައެޅީ ވެސް ކުރިން އިދާރީ ދާއިރާތައް ކަނޑައެޅިފައި އޮތީ އިންސާފުން ނޫން ކަން ފާހަގަ ކުރެވިގެން ކަމަށެެވެ. އަސްލަމް ވިދާޅުވީ، އެއިސްލާހު އެގޮތަށް ފާސްކޮށްފި ނަމަ ބައެއް ދާއިރާތަކުގެ މެންބަރުން މަދުވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ، މިހާރު އޮތް ގޮތަށް ބަލާލާއިރުވެސް، ވ.އަތޮޅުގައި އޮތް ދެދާއިރާގައި 5000 މެންބަރުން ހަމަނުވާނެއެވެ. އެހެެން ކަމުން ގާސިމް ހުށަހެޅުއްވި ގޮތަށް ގާނޫނު އިސްލާހުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"މިސާލަަކަށް ވ. އަތޮޅުގައި އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އަދަދަށް ބަލާ ކަމުގައިވާ ނަމަ 5،000 ހަމަ ނުވާ ކަމުގައިވާ ނަމަ އެއް ގޮނޑިތޯ އެ ދާއިރާއަށް ދޭނީ. މިހާރު ދެ ގޮނޑި އޮއްވައި އެއް ގޮނޑިއަށް ބަދަލުވާނީތޯ. ބައެއް ތަންތަނަށް އިތުރުވާނީތޯ މަދުވާނީތޯ 87 ގައި ފިކްސްވާ އިރު. އެއީ ވިސްނާލަން ޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ޤާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މި ބިލަށް ތާއީދުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Aug 2026
އެއް މައްސަލައެއްގައި ދެކޮޅަށް ވެސް ޕެޓިޝަން ހުށަހެޅޭ ގޮތަށް ހަދައިފި
މަޖިލީހުގެ އާންމު ކޮމިޓީން މިފަދަ އިސްލާހެއް ގެނެސްފައިމިވަނީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަކާ ދެކޮޅަށް ޕެޓިޝަނެއް ހުށަހެޅިފައިވަނިކޮށެވެ.
17 Aug 2026
ކައްދޫ އެއާޕޯޓް، މާލީގޮތުން ދައުލަތަށް ބޮޑު ބުރައަކަށް ވެފައި
ކައްދޫ އެއާޕޯޓް ކުންފުންޏަށް 325 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް. ދައުލަތަށް ބޮޑު ބުރައަކަށް
17 Aug 2026
މާލޭ ޓެކްސީލައިން އެޕްގެ މައުލޫމާތު ލީކުކުރި މުވައްޒިފުގެ މައްސަލަ ފުލުހަށް
ބުނީ އެކަން ކުރީ ކުންފުނީގެ މުވައްޒިފެއްކަން އެތެރޭގެ ތަހުގީގުން އެނގުނު ކަމަށެވެ. އެމްޓީސީސީން ދެންމެ ބުނީ އޭނާގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ.
17 Aug 2026
ތިލަމާލެ ބްރިޖު ނިންމުމުން ވާނެ ފަސޭހައެއް، އިގްތިޞާދަށް ވާނެ ފައިދާއެއް ނެތް
ތިލަމާލެ އެޅުމުން ދިވެހި ރައްޔިތުންނަށް އެއްވެސް ފަސޭހައެއް ނުވާނެ ކަމަށާ، އަދި އެކަމުން އިގްތިޞާދަށް އެއްވެސް ފައިދާއެއްވެސް ނުކުރާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
17 Aug 2026
ސާކް އޭއޭގެ ރައީސްކަމަށް ޑރ. އަސަދު
ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ)ގެ ރައީސް ކަމަށް ޑރ. އަސަދު މުޙައްމަދު ޝަހީދު އިންތިހާބު ވެއްޖެ އެވެ.
17 Aug 2026
ކުލި ނުދައްކާ ރިސޯޓްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކުއްޔާއި ޖޫރިމަނާ ނުދައްކައި ހުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ވުޒާރާއިން އިއުލާންކޮށްފިއެވެ.
17 Aug 2026
އިންޑިއާ އާއި އެފްރިކާގެ 5 ގައުމަކުން ވިޔަފާރީގެ މަޝްވަރާތައް ފަށަނީ
ނިމުނު ހަފްތާގައި ސޮއިކުރެވުނު މި ފްރޭމްވޯކް އެއްބަސްވުމާއެކު، އިންޑިއާއާއި ދެކުނު އެފްރިކާ، ބޮޓްސްވާނާ، ނެމީބިއާ، ލެސޯތޯ އަދި އެސްވަތީނީއާ ދެމެދު 2002 އިން 2010 އަށް ކުރެވި، މެދުކެނޑިފައިވާ ވިޔަފާރީގެ މަޝްވަރާތައް އަލުން ވަނީ ފެށިފައެވެ.
17 Aug 2026
ފުޓުބޯޅައިން ރިޓަޔާވާން ގާތްވެފައިވާ ކަމުގެ އިޝާރާތެއް ރޮނާލްޑޯ ދީފި
ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ އެއް ކުޅުންތެރިޔާ ކަމަށްވާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓުބޯޅަ ކުޅުން ހުއްޓާލުމާ ގާތްވެފައިވާ ކަމުގެ އިޝާރާތެއް ދީފިއެވެ.