މުހައްމަދު ޝިފާއު އާއި ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުހައްމަދު ޞާލިހު
ހަބަރު
15 Sep 2022 | 09:59
އިސްލާމީ ވެރިކަމެއްގެ ރީތި ސިފަ މި ވެރިކަމުން ވަރަށް ރަނގަޅަށް އެބަފެނޭ: ޝިފާއު

ބަޔަކަށް ބަލަން އުނދަގޫވިޔަސް އިސްލާމީ ހެޔޮވެރިކަމެއްގެ ސިފަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ވެރިކަމުން ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ޝިފާއު މިފަދައިން ވިދާޅުވެފައި ވަނީ، ރައީސް ޞާލިހުގެ މި ވެރިކަމަށް ތައުރީފް ކުރައްވައި، ހޯމް މިނިސްޓަރ އިމްރާން ރޭ ކުރެއްވި ޓުވީޓާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އިމްރާނަށް އަމާޒު ވެފައިވަނިކޮށް އެ ފަރާތްތަކަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން އިމްރާންގެ އެ ޓްވީޓަށް އަމާޒުވަމުން ދިޔަ ފަޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝިފާއު ވިދާޅުވީ ބައެއް ބޭފުޅުންނަށް ބަލަން އުނދަގޫވިޔަސް އިސްލާމީ ހެޔޮ ވެރިކަމެއްގެ ސިފަ ރައީސް ސޯލިހްގެ ވެރިކަމުން ކިތަންމެ ރަނގަޅަށް ވެސް ފެންނަމުންދާ ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަން އެސިފަތަކާއި ބީރައްޓެހި ވުމަކީ ދިވެހި ރައްޔިތުންގެ ކުށެއް ނޫން." ޝިފާއު ވިދާޅުވިއެވެ.

ލ. ގަމުގައި ކުރިއަށް ދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވަނީ ކީރިތި ޤުރުއާންގައި ބަޔާންކުރައްވާފައިވާ ފަދަ ހެޔޮ ވެރިކަމެއްކަމަށް އިމްރާން ވިދާޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވަނިކޮށް އެ ވާހަތަކުގެ ދިފާއުގައި ރޭގައި ޢިމްރާން ކުރެއްވި ޓުވީޓުގައި ވަނީ ރައީސް ޞާލިހާއި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި އަޅާކިޔުއްވައި، ރައީސް ޞާލިހަށް ތައުރީފް ކުރައްވާފައެވެ. 

އެގޮތުން ޢިމްރާން ވިދާޅުވީ، ބައެއް ބޭފުޅުންނަށް ގަބޫލުކުރަން ކިތަންމެ ދަތިވި ކަމުގައިވިޔަސް، ރައީސް ޞާލިހުގެ ކިބައިގައި މަޝްވަރާ ކުރުމުގެ އަޚްލާގު ހުރި މިންވަރަށް، ރައީސް ޔާމީންގެ ކިބައިގައި އެ އަޚްލާގު ނެތް ކަމީ އެ ދެ ބޭފުޅުން ރަނގަޅަށް ދަންނަ އެންމެންވެސް ދަންނަ ހަގީގަތެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.