ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
15 Sep 2022 | 13:52
ޞުލްޙަޔާއި ހަމަޖެހުން އޮތުމަށްޓަކައި، ޑިމޮކްރެސީ ހަރުދަނާކުރުން މުހިންމު: ރައީސް ޞާލިހު

ޑިމޮކްރެސީ އާއި ޞުލްޙަޔަކީ އެއް ފައިސާ ފޮތީގެ ދެ ފުށް ކަމަށާ، ޞުލްޙަޔާއި ހަމަޖެހުން އޮތުމަށްޓަކައި، ޑިމޮކްރެސީ ހަރުދަނާކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވަމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައި ދެއްވި ޚިޠާބުގައެވެ.

ރައީސް ޞާލިހު ވިދާޅުވީ، ޑިމޮކްރެސީގެ ހަމަތަކާއި މަބްދައުތައް ނަގަހައްޓައި ކުރިއެރުވުމުގެ މަޤްޞަދުގައި، ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމަށް އ.ދ. މަޖިލީހުން ނިންމިތާ މިވީ 15 އަހަރުގެ ތެރޭގައި، ދުނިޔޭގެ ޤައުމުތަކުގައި ޑިމޮކްރެސީ ކުރިއަރުވައި އާލާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް، ޑިމޮކްރެސީއާ މެދު އާންމުން ހޭލުންތެރިކުރުމަށާއި، ބައެއް ޤައުމުތަކަށް ޑިމޮކްރެސީ ތަޢާރަފްކުރުމަށް، މިދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައި ވިޔަސް، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމުގައި، ދުނިޔޭގެ ފެންވަރުގައި އަދިވެސް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވިއެވެ. 

"ދިވެހިން މިއަދު ތިބީ ޑިމޮކްރެސީއާ މެދު ވަރަށް ބޮޑަށް ހޭލުންތެރިވެފައި.  ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ޙިއްޞާއަކީ ކޮބައިކަން ދެނެތިބެ، ރައްޔިތުން އަންނަނީ އެ ޙިއްޞާ ލިބިގަންނަމުން. ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށްވާއިރު، އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމުގެ މަސައްކަތް ވެސް، އެކަށީގެންވާ ގޮތެއްގައި ކުރެވެމުން އެބަދޭ. ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ޤާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެނެވިއްޖެ." ރައީސް ޞާލިހު ވިދާޅުވިއެވެ. 

މިއާއެކު ރައީސް ޞާލިހު ވިދާޅުވީ، ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައް ކަމަށެވެ. އަދި އެ ބަދަލުތަކުން ނުކުތް އެންމެ ރަނގަޅު ނަތީޖާއަކީ، މުޖުތަމަޢުގައި ހަމަޖެހުމާއި ޞުލްޙަޔާއި އަމާންކަން ފެތުރިގެން ދިއުން ކަންވެސް ފާހަގަކުރެއްވިއެވެ. 

ޑިމޮކްރެސީ އާއި ޞުލްޙަޔަކީ އެއް ފައިސާ ފޮތީގެ ދެ ފުށް ކަމަށްވާއިރު، ޑިމޮކްރެސީ ދެމެހެއްޓުމަކަށްޓަކައި، ޞުލްޙަވެރިކަން އޮތުން ވަރަށް މުހިންމު. އަދި ޞުލްޙަޔާއި ހަމަޖެހުން އޮތުމަށްޓަކައި، ޑިމޮކްރެސީ ހަރުދަނާކުރުން އެހާމެ މުހިންމު. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މީގެ އިތުރުން، ވަރަށް ހަލުވި ބަދަލުވުންތަކެއްގެ ތެރޭގައި އޮތް މުޖްތަމަޢެއްގައި، މިނިވަން ޤައުމެއްގެ ގޮތުގައި އަޑު އުފުލަމުން އަންނައިރު، ރާއްޖޭގެ ޑިމޮކްރެސީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކާތަކާއި ހުރަސްތަކަށް، ވަރަށް ބޮޑަށް ސަމާލުވެ ފާރަވެރިވާންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.