ނާޒިމް ސައްތާރު
ހަބަރު
15 Sep 2022 | 15:48
އަޅުގަނޑަކީ ކުށްވެރިއެއް އަދި ވިކްޓިމްއެއް؛ ބޭނުންވަނީ ތައުބާވާން: ނާޒިމް ސައްތާރު

ނާޒިމް ސައްތާރު އަކީ ކުށްވެރިއެއް އަދި ވިކްޓިމް އެއް ކަމަށާ އޭނާ މިހާރު ބޭނުންވަނީ ތައުބާވާން ކަމަށް ވިދާޅުވެއްޖެއެވެ. 

އެތައް ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި އާއި އެކު އެއްޖިންސުން ހިންގާފައިވާ ކަމަށް އިއުތުރާފްވެފައިވާ ނާޒިމް ސައްތާރު މިއަދު ނެރުނު ބަޔާނެއްގައި ބުނީ, އޭނާގެ މައްޗަށް ޕީޖީ އޮފީހުން ދައުވާކޮށްފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ހ)ގެ ދެވަނަ އަކުރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އަދި އޭނާ ކުރި ކުށާމެދު ހިތާމަކޮށް ތައުބާވާ ކަމަށާއި، އެ ކުށަށް އިއުތިރާފުވަނީ އެކަމުގައި އޭނާއަކީ ކުށްވެރިއަކަށްވުމުގެ އިތުުރަށް، މިކަމުގައި އޭނާ ބުލެކްމެއިލްކޮށް ފައިސާ އަތުލަންއުޅުމުގެ ސަބަބުން އެކަމުގައި އޭނާއަކީ އަނިޔާ ލިބުނު މީހަކަށްވާ ހާލުގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"އަދި އަޅުގަނޑުގެ މި ކުށަށް މި އިއުތިރާފު މިވަނީ އަޅުގަނޑަކީ މިކަމުގައި ކުށްވެރިއަކަށްވުމުގެ އިތުރުން، މިކަމުގައި ބްލެކްމެއިލްކޮށް ފައިސާ އަތުލަންއުޅެ، އެމައްސަލައިގައި ވިކްޓިމްއެއް ކަމުގައި ވާއިރު ވެސް މެއެވެ." ނާޒިމް ސައްތާރުގެ ބަޔާނުގައި ބުނެފައިވެއެވެ.


ނާޒިމް ސައްތާރު ބުނެފައިވަނީ، އޭނާ ރާއްޖޭން ބޭރަށް ފިލައިގެން ނުގޮސް، ރާއްޖޭގައި ހުރެ، ކުށަށް އިއުތިރާފުވެފައިވަނީ މި ކުށުގެ އަދަބަށް ކުރިމަތިލާން ބޭނުންވާތީ ކަމަށެވެ.


"އަޅުގަނޑު ރާއްޖޭން ބޭރަށް ފިލައިގެން ނުގޮސް، ރާއްޖޭގައި ހުރެ، އަޅުގަނޑު އިއުތިރާފުވެ، މި ކުށުގެ އަދަބަށް ކުރިމަތިލާން އަޅުގަނޑު ބޭނުން ވާތީ އެވެ. އަޅުގަނޑު އެދެނީ މި ކުށަށް އިއުތިރާފުވެ ތައުބާވެ ރައްޔިތުންގެ އަރިހުން މާފެވެ." ނާޒިމް ސައްތާރު ނެރުއްވި ބަޔާނުގައިވެ އެވެ.

ނާޒިމް ސައްތާރު މިފަދަ ބަޔާނެއް ނެރެފައި މިވަނީ، އޭނާ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން މިއަދު 4:30 ގައި ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނިކޮށެވެ.

ކޮމެންޓް
ނަސީދު
ރަޖަމް ކުރަންޖެހޭ!! މަގުމަތިން ފެނުނަސް
15 Sep 2022
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.