މިނިސްޓަރު ނަސީމް ކޮވިޑް ވެކްސިން ޖައްސަވަނީ --ފޮޓޯ: ސަން ފޮޓޯ
ހަބަރު
15 Sep 2022 | 17:00
ކޮވިޑުގެ ވެކްސިން ދިނުން ހަރުދަނާކުރަން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދެނީ!

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދިނުން ރާއްޖޭގައި ހަރުދަނާކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 10 މިލިއަން ޑޮލަރު (155.1 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ރާއްޖެއަށް ދޭން މިއަދު ފާސްކޮށްފި އެވެ.

އޭޑީބީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭއިން 2021 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާ ކޮވިޑް-19 ގެ ވެކްސިން ކެންޕެއިންގެ ސަބަބުން ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ. އަދި އެ ބޭންކުން މި ދޭ ހިލޭ އެހީގެ މައިގަނޑު މަގުސަދަކީ، ކޮވިޑް-19 ގެ ބޫސްޓަރ ޑޯޒް ދިނުމާއި، ކުޑަ ކުދިންނަށް އެ ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. 

އަދި މި އެހީގެ ދަށުން ވެކްސިން ރައްކާކުރުމަށް މިހާރު މާލޭގައި ހަދާފައި ހުރި ވަގުތީ ފެސިލީޓީގެ ބަދަލުގައި، ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމްކުރެވިގެންދާނެ ކަމަށްވެސް އޭޑީބީ އިން ބުނެއެވެ. 

އެގޮތުން ގާއިމް ކުރެވޭ ފެސިލިޓީގައި ބޭނުން ކުރާނީ އިއާދަކުރަނިވި ހަކަތަ ކަމަށާއި، އަދި އެތަން ފަރުމާކޮށްފައި ހުންނާނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އަސަރު ކުޑަވާނެ ގޮތަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އަދި އެތަނުގައި ވެކްސިން އާއި މެޑިކަލް ސާމާނާއި ލެބޯޓްރީއަށް ބޭނުންވާ ސާމާނު އެކަށީގެންވާ ގޮތެއްގައި ރައްކާކުރުމަށް އެކަށީގެންވާ ޖާގަ ހުންނާނެ ކަމަށާ، ކޯލްޑް ޗެއިން އިކުއިޕްމަންޓް މަރާމާތުކޮށް ބެލެހެއްޓުމަށް ވަކި ތަނެއް ހުންނަ އިރު، ވެކްސިން ޖެހުމަށް ފަހު އުކާލާ ސިރިންޖާއި އެހެނިހެން ތަކެތި ރައްކާތެރިކަމާ އެކު މެނޭޖުކުރާނެ ތަނެއްވެސް ހުންނާނެ ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން އެތަނުގައި ރާއްޖޭގެ ވެކްސިން ޑޭޓާބޭސްގެ ބެކަޕް ސާވޭއެއް ހުންނާނެ ކަމަށް އޭޑީބީ އިން ބުނެއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެކްސިނާއި ބޭސް ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާ ކުރުމަށް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ ތަކެތީގެ ތެރޭގައި ހިމެނެނީ:

- ޖުމްލަ ހަތް ލޯންޗު 

- ރާއްޖޭގެ ހަ ސަރަހައްދަށް، ކޮންމެ ހިސާބަކަށް ލޯންޗެއް 

މާލެ ސަރަހައްދަށް އެއް ލޯންޗު

- ދެ ރެފްރިޖަރޭޓެޑް ލޮރީ (މާލެ ސަރަހައްދަށް) 

- ދެ ވޭން (މާލެ ސަރަހައްދަށް)

މީގެ އިތުރުން، އޭޑީބީގެ މި އެހީގައި ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަކުން ޑޭޓާ އެއްކުރަން ގައުމީ ސެންޓަރެއް ހަދަން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، ޑޭޓާ އެއްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާނެ މޮބައިލް ޑިވައިސްތައް ދޭނެ ކަަމަށް އެ ބަޔާނުގައި ވެއެވެ. 

އަދި ހަމަ އެހެންމެ، ވެކްސިންގެ މައުލޫމާތު ރައްކާކުރާ ނިޒާމު ޑިޖިޓަލައިޒް ކުރުމަށް ބާރު އަޅައި، ކޮވިޑާއި އެ ނޫން ވެސް ބަލިތަކާ ދެކޮޅަށް ވެކްސިން ދިނުމަށް މީހުން ތަމްރީނު ކުރާނެކަމަށްވެސް އޭޑީބީން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.