ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދު މުހައްމަދު -- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
16 Sep 2022 | 14:18
ސަރުކާރާ ދެކޮޅު ޕީޕީއެއް މީހަކު ފެނަކައިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައިފި!

ހއ.އިހަންވަންދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރި، އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި އޭނާއަށް އަނބުރާ ވަޒީފާ ދޭން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ. 

ހއ. އިހަވަންދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރގެ ވަޒީފާ އަދާކުރަމުން ދިޔަ އެރަށު ހިޔަލީބާއު، މުހައްމަދު ސިރާޖު، ވަޒީފާއިން ވަކި ކުރި މައްސަލަ އޭނާ ޓްރައިބިއުނަލަށް ލާފައިވާއިރު، އޭނާ ވަކިކުރި ސަބަބެއް ކަމަށް ފެނަކައިން ޓްރައިބިއުނަލްގައި ބުނެފައިވާ ސަބަބު ތަކުގެ ތެރޭގައި ހިމެނެނީ ޕީޕީއެއްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ސަރުކާރަށް ފާޑު ކިޔުމެވެ. 

ސިރާޖު ވަޒިފާއިން ވަކިކުރި ސަބަބު ކަމަށް ޓްރައިބިއުނަލްގައި ފެނަކައިން ބުނެފައިވާ ކަންކަން:

- ސަރުކާރާ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް މަސައްކަތްކުރުން

- ކުންފުނީގެ މުވައްޒަފަކަށްވެހުރެ ސަރުކާރާ ދެކޮޅަށް ހިންގޭ މުޒާހަރާތަކުގައި އަމަލީ ގޮތުން އިސްވެ ބައިވެރިވެ އުޅުން

- އެހެން މުވައްޒަފުންގެ މެދުގައި ސީނިއާ މެނޭޖްމަންޓަށް އޮންނަ އިތުބާރު ގެއްލުވާލަން މަސައްކަތްކުރުން
އެގޮތުން ސިރާޖު ވަޒީފާއިން ވަކިކުރީ ސަރުކާރާ ދެކޮޅަށް ހިންގޭ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެންކަން ސާބިތުކުރުމަށް ޕީޕީއެމްއިން ބޭއްވި މުޒާހަރާއެއްގައި ޕޯސްޓަރެއް ހިފައިގެން ތިބި ފޮޓޯއެއް ފެނަކައިން މި މައްސަލައިގައި ހުށައަޅާފައިވެ އެވެ. އަދި ސަރުކާރަށް ފާޑުކިޔާ އޭނާ ކޮށްފައިވާ ކަމަށްބުނާ މެސެޖެއްގެ ސްކްރީން ޝޮޓްވެސް ހުށައަޅާފައިވެއެވެ. ނަމަވެސް އެކަންކަން އޭނާގެ މައްޗަށް ސާބިތުވާނެ ހެއްކެއް ފެނަކައަށް ނުދެއްކޭ ކަމަށް މި މައްސަލައިގައި ޓްރައިބިއުނަލްއިން ބުނެފައިވެ އެވެ.

މި މައްސަލާގައި ޓްރައިބިއުނަލުން ކުރި ހުކުމުގައި ބުނީ، ސިރާޖު އިހަންވަންދޫ ފެނަކަ ބްރާންޗުގައި 15 ޑިސެމްބަރު 2014 އިން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް 8 ޖުލައި 2021ގައި ވަޒީފާއިން ވަކިކުރީ ވާޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާ ވަކިކުރުމުގައި މައުޞޫއީ އަދުލުވެރިކަމާއި އިޖްރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާ ކަމަށް ކަނޑައަޅައި އޭނާ ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔައިރު ހުރި މަގާމަށް ނުވަތަ އެ މަގާމާ އެއްފެންވަރުގެ މަގާމަކަށް އަނބުރާ ރުޖޫއަކުރުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.

އަދި މީގެ އިތުރުން، ސިރާޖުއަކީ ވަޒީފާއިން މީގެ ކުރިން ވަކިވެފައިވާ ފަރާތެއްކަމަށް ނުބެލުމަށާއި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން އެފަރާތުގެ ވަޒީފާގެ ކަންތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް އޭނާ ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާ އިނާޔަތްތައް ދެމުން ގެންދަންވެސް ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.