އިންޑޯ-ޕެސިފިކް އާމީސް މެނޭޖްމަން ސެމިނަރ-- ފޮޓޯ: އެމްއެންޑީއެފް
ހަބަރު
16 Sep 2022 | 19:48
އިންޑޯ-ޕެސިފިކް އާމީސް މެނޭޖްމަންޓް ސެމިނަރގައި ދިވެހި އަސްކަރިއްޔާގެ ވަފުދެއް ބައިވެރިވެއްޖެ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި 46 ވަނަ އިންޑޯ-ޕެސިފިކް އާމީސް މެނޭޖްމަންޓް ސެމިނަރ (އައިޕީއޭއެމްއެސް) ގައި ދިވެހި އަސްކަރިއްޔާގެ ވަފުދެއް ބައިވެރިވެއްޖެއެވެ.

ބަންގްލަދޭޝް އާމީއާއި ޔުނައިޓެޑް ސްޓޭޓްސް އާމީ ޕެސިފިކް ކޮމާންޑުން ގުޅިގެން ކުރިއަށްގެންދިޔަ މި އަހަރުގެ ކޮންފަރެންސްގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ 26 ޤައުމެއްގެ އަސްކަރީ ލީޑަރުން ވަނީ ބައިވެރިވެފައެވެ.

ސެޕްޓެންބަރު 12 އިން 15 އަށް ޑާކާގައި ކުރިއަށް ދިޔަ މި ސެމިނަރގައި ދިވެހި އަސްކަރިއްޔާއިން ހަ އޮފިސަރަކު ބައިވެރިވެލެއްވިއެވެ. އެއީ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، ލެފްޓިނެންޓް ކާނަލް ޞައުދު ވަޙީދާއި، މޭޖަރ މުޙައްމަދު ސާޚީ ޢަބްދުލް ޣަފޫރާއި، ކޮމާންޑް ސާޖަންޓް މޭޖަރ އިބްރާހީމް ލަޠީފާއި، ވޮރަންޓް އޮފިސަރ 4 އިބްރާހީމް ޢުމަރު މަނިކެވެ.

މި ކޮންފަރެންސްގެ މި ފަހަރުގެ މަޢުލޫއަކީ، "ޕްރޮސްޕެކްސްޓް އެންޑް ޗެލެންޖަސް އިން މެއިންޓެއިނިންގ ޕީސް އެންޑް ސެކިއުރިޓީ އިން ދަ އިންޑޯ ޕެސިފިކް" އެވެ.

46 ވަނަ އިންޑޯ-ޕެސިފިކް އާމީސް މެނޭޖްމަންޓް ސެމިނަރގައި "ރޯބަސްޓް ޕީސްކީޕިންގ"، "ވިމެން އެމްޕަވަރމަންޓް"، އަދި "ލޭންޑް ޕަވަރ އިން ރީޖަނަލް ކޯޕަރޭޝަން"، މި މަޢުޟޫތަކަށް ޕްލޭނަރީ ސެޝަންތަކެއް ކުރިއަށްގެންގޮސްފައި ވެއެވެ. މި ސެެޝަންތަކުގައި، ވާހަކަދެކެވުނު މަޢުޟޫތަކާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކާއި، ކުރިއަށް ދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ސަރަަހައްދުގެ އަސްކަރިއްޔާތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ކޮންފަރެންސް، އިންޑޯ-ޕެސިފިކް އާމީސް މެނޭޖްމަންޓް ސެމިނަރއަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަސްކަރިއްޔާގެ ލީޑަރޝިޕުތަކުގެ މެދުގައި، ސުލްހަމަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންތަކާ މެދު ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.