އިހަވަންދޫ އަލިފާނުގެ ހާދިސާގައި އެނދި ގެ/ ފޮޓޯ: ވޮއިސް
ހަބަރު
17 Sep 2022 | 12:36
އިހަވަންދޫ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް "އެހީ" ޖަމުއިއްޔާއިން އެހީވަނީ!

ސެޕްޓެމްބަރު މަހު ކުރީކޮޅު ހއ. އިހަވަންދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހާލުގައި ޖެހުނު އާއިލާއަކަށް އެހީ ޖަމުއިއްޔާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. 

އެ ހާދިސާގައި ގެއެއް ވަނީ އަނދާފައެވެ. 

އެހީ ޖަމުއިއްޔާގެ ނައިބުރައީސް ހަސަން ހަބީބު ވޮއިސްއަށް މައުލޫމާތު ދެއްވި ގޮތުގައި، އެ ޖަމުއިއްޔާއިން ވަނީ ހާދިސާ ހިނގުމާއި ގުޅިގެން އާއިލާއަށް ލިބުނު ގެއްލުމާއި އެކު، އަސާސީ ވަސީލަތްތައް ފޯރުކޮށްދީފައެވެ. 

އަނދައިގެން ދިޔަ ގެއަކީ 3 ކޮޓަރީގެ އެޕާޓުމަންޓެއްގޮތަށް ހަދާފައި ހުރި ގެއެއްކަމަށާއި، އަލިފާނުގެ ހާދިސާއާއި ގުޅިގެން އޭގެ ތެރެއިން 2 ކޮޓަރި އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. 

އަދި އެ ގެއަކީ ވަޑާންކޮށްގެން އާމްދަނީ ހޯދަމުން ދިޔަ ބަޔަކު ދިރުއުޅެމުން ދިޔަ ގެއެއްކަމަށާއި، އަލިފާނުގެ ހާދިސާގައި، ވަޑާންކުރުމަށް ގެންގުޅުނު ހުރިހާ އާލާތްތަކެއް އެއްކޮށް ހަލާކުވެފައިވާކަންވެސް ހަބީބު ފާހަގަކުރެއްވިއެވެ. 

އެހީ ޖަމުއިއްޔާއިން ބުނީ އާއިލާ މިހާރު ދިރިއުޅެމުން ދަނީ އެމީހުންގެ ތިމާގެ މީހެއްގެ ގެއެއްގައި ކަމަށެވެ. އަދި އެ ޖަމުއިއްޔާއިން މިހާރު މަސައްކަތް ކުރަމުންދަނީ އާއިލާއަށް އަނބުރާ ދިރިއުޅުން ފެށޭނެ މިންވަރަށް ގެ މަރާމާތުކޮށްދިނުމުގެ މަސައްކަތްކަމަށް އެހީ އިން ވަނީ ބުނެފައެވެ. 

އެހީ ޖަމުއިއްޔާއިން އެ މަސައްކަތް ކުރަމުންދަނީ ރަށު ކައުންސިލާއި ގުޅިގެންނެވެ. 

އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑު ރެއިޒިން އިވެންޓެއް ބޭއްވުމަށް ޖަމުއިއްޔާއިން ގެންދަނީ ތައްޔާރުވަމުންނެވެ.  

އެހީ ޖަމުއިއްޔާއިން ބުނީ ޖަމުއިއްޔާއިން އިސްނަގައިގެން ކުރި ނަމަވެސް، އެ ކަމަށް އާންމުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެކަމަށެވެ. އަދި ވީ ވަރަކުން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމުއިއްޔާއިން ވަނީ އެދިފައެވެ. 

ފަންޑު ރެއިޒިން އިވެންޓު ފަށާނެ ސީދާ ތާރީހެއް އަދި އެ ޖަމުއިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މި ހަފްތާގެ ތެރޭގައި އެ ހަރަކާތް ފެށުމަށް އެހީ ޖަމުއިއްޔާއިން ގެންދަނީ މަސައްކަތްކުރަމުންނެވެ. 

BML ISLAMIC

7770000014819

EHEE JAMIYYA

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.