މަޝްހޫރު ދީނީ އިލްމުވެރިޔާ އާދަމް ނަސީމް (ބީއޭ ނަސީމް)
ހަބަރު
18 Sep 2022 | 08:38
މަޝްހޫރު ދީނީ އިލްމުވެރިޔާ އާދަމް ނަސީމް އަވަހާރަވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނަސީމް (ބީއޭ ނަސީމް) މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 80 އަހަރުގެ ނަސީމް އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި މާލޭގަ އެވެ. އަދި ޝައިޚް ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނަސީމް އަވަހާރަވުމާއި ގުޅިގެން ގިނަ ދީނީ ޢިލްމުވެރިން އަންނަނީ އާއިލާ އަށް ތައުޒިޔާ ވިދާޅުވަމުންނެވެ. 

ނަސީމަށް ބީއޭ ނަސީމްގެ ނަމުން އާންމުކޮށް މުހާތަބު ކުރަން ފެށީ، ރާއްޖޭގައި އިނގިރޭސި ބަހުން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތުމުންނެވެ. އޭގެ އިތުރުން، އޭނާ އަކީ މަދީނާ ޔުނިވަސިޓީން ދީނީ ތައުލީމު ހާސިލުކުރެެއްވި އެންމެ ފުރަތަމަ ދިވެހިންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އޭރުގެ އިދިކޮޅު ފަރާތްތަކުން ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ހިންގި ހަރަކާތްތަކުގައި އިސް ދައުރެއް ނަސީމް އަދާކުރެއްވިއެވެ. އެގޮތުން ނަސީމްއަކީ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ސިޔާސީ އަދި ދީނީ ގޮތުން ގައުމު އިސްލާހު ކުރެއްވުމަށް އެކިއެކި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެއިރު އޭނާގެ މަސައްކަތުގެ ތެރެއިން ހައްޔަރުކޮށް ދައުވާ ކުރުމެއް ނެތި ޖަލުގައިވެސް ބެހެއްޓި އެވެ. 

ނަސީމަކީ އެމްޑީޕީ އުފެދިގެން އައިއިރު އިސް ސަފުން ފެނުނު ބޭފުޅެކެވެ. ބީއޭ ނަސީމްވަނީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ދިގު މުއްދަތަކަށް ކުރައްވާފައެވެ.

އެހެންނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ރާއްޖޭގެ ތައުލީމީ ނިޒާމަށް އިސްލާމް ދީނާ ބީރަށްޓެހި ކަންކަން ތައާރަފް ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެއްވައި، އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސް ކަމުންނާއި އެ ޕާޓީގެ މެންބަރު ކަމުންވެސް 7 ނޮވެމްބަރު 2010ގައި އޭނާ ވަނީ ވަކިވެވަޑައިގެންފައެވެ. 

އެއަށްފަހު، ޖެނުއަރީ 2013ގައި އަދާލަތު ޕާޓީއާވެސް ނަސީމް ގުޅިވަޑައިގެންނެވިއެވެ. އެހެން ނަމަވެސް، ހަޔާތުގެ ފަހު ދުވަސްތަކުގައި އޭނާ ބޮޑަށް ހުންނެވީ ސިޔާސީ ކަންކަމުން ދުރުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.