ޖަމިއްޔަތުއް ސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު
ހަބަރު
18 Sep 2022 | 11:05
ބީއޭ ނަސީމްގެ ވަކިވުން؛ ގެއްލިގެން ދިޔައީ މަދުން ނޫނީ ނުފެންނަވަރުގެ ޚިދުމަތްތެރިއެއް: ޝެއިޚް އަބްދުﷲ

ޝައިޚް އާދަމް ނަސީމް (ބީއޭ)ގެ ވަކިވުމާއި އެކު، ދިވެހިރާއްޖޭގެ ދަޢުވަތުގެ މައިދާނުން ގެއްލިގެން އެދިޔައީ އެފަދަ ޚިދުމަތްތެރި ބޭފުޅެއް މަދުންނޫނީ ނުފެންނަވަރުގެ ޝަޚުޞިއްޔަތެއް ކަމަށް ޖަމިއްޔަތުއް ސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު ވިދާޅުވެއްޖެއެވެ. 

އުމުރުފުޅުން 80 އަހަރުގައި ޝެއިޚް ނަސީމް ރޭ ފަތިހުުގެ ވަގުތެއްގައި އަވަހާރަވުމާއި ގުޅިގެން ޝެއިޚް އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ،  ދިވެހިރާއްޖޭގެ ދަޢުވަތުގެ މައިދާނުން ގެއްލިގެން އެދިޔައީ އެފަދަ ވަރަޢަވެރި، ޢަމަލީ، ޚިދުމަތްތެރި ބޭފުޅެއް މަދުންނޫނީ ނުފެންނަވަރުގެ ޝަޚުޞިއްޔަތެއް ކަމަށެވެ.

"މިދިޔަ ހަފްތާ އަންގާރަދުވަހު ހަވީރު ކުރެވުނު ޒިޔާރަތް ވެގެންއެދިޔައީ އެންމެފަހުން ފެނުނު ފެނުމަށެވެ. އަޅުގަނޑަށް ޝޭޚް ތަޖްރިބާ ކުރެވުނީ ވަރަށް ހެޔޮލަފާ، ޢަމަލުވެރި، ވަރަޢަވެރި، ތަވާޟުޢުވެރި ބޭފުޅެއްގެގޮތުގައެވެ." ޝެއިޚް އަބްދުﷲ ގެ ޓުވީޓުގައި ވިދާޅުވިއެވެ. 

ނަސީމް އަކީ ރާއްޖޭގައި އިނގިރޭސި ބަހުން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭގެ އިތުރުން، އޭނާ އަކީ މަދީނާ ޔުނިވަސިޓީން ދީނީ ތައުލީމު ހާސިލުކުރެެއްވި އެންމެ ފުރަތަމަ ދިވެހިންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އޭރުގެ އިދިކޮޅު ފަރާތްތަކުން ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ހިންގި ހަރަކާތްތަކުގައި އިސް ދައުރެއް ނަސީމް އަދާކުރެއްވިއެވެ. އެގޮތުން ނަސީމްއަކީ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ސިޔާސީ އަދި ދީނީ ގޮތުން ގައުމު އިސްލާހު ކުރެއްވުމަށް އެކިއެކި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެއިރު އޭނާގެ މަސައްކަތުގެ ތެރެއިން ހައްޔަރުކޮށް ދައުވާ ކުރުމެއް ނެތި ޖަލުގައިވެސް ބެހެއްޓި އެވެ. 

ނަސީމަކީ އެމްޑީޕީ އުފެދިގެން އައިއިރު އިސް ސަފުން ފެނުނު ބޭފުޅެކެވެ. ބީއޭ ނަސީމްވަނީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ދިގު މުއްދަތަކަށް ކުރައްވާފައެވެ.

އެހެންނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ރާއްޖޭގެ ތައުލީމީ ނިޒާމަށް އިސްލާމް ދީނާ ބީރަށްޓެހި ކަންކަން ތައާރަފް ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެއްވައި، އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސް ކަމުންނާއި އެ ޕާޓީގެ މެންބަރު ކަމުންވެސް 7 ނޮވެމްބަރު 2010ގައި އޭނާ ވަނީ ވަކިވެވަޑައިގެންފައެވެ. 

އެއަށްފަހު، ޖެނުއަރީ 2013ގައި އަދާލަތު ޕާޓީއާވެސް ނަސީމް ގުޅިވަޑައިގެންނެވިއެވެ. އެހެން ނަމަވެސް، ހަޔާތުގެ ފަހު ދުވަސްތަކުގައި އޭނާ ބޮޑަށް ހުންނެވީ ސިޔާސީ ކަންކަމުން ދުރުގައެވެ. 

ޝައިޚް ނަސީމް ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ތައްޚާނު
އޮއްޓަރާއި މަޢުލޫމާތު ހުރި ޚަބަރެއް.ޝުކުރިއްޔާ!
18 Sep 2022
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.