މާލެ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ދެނީ-- ފޮޓޯ: ވޮއިސް
ވިޔަފާރި
18 Sep 2022 | 11:59
މާދަމާއިން ފެށިގެން މިނީ ބަހުގެ ޚިދުމަތުން އަގު ނަގަނީ، ޓިކެޓް އޮންލައިންކޮށް!

ފުރަ މާލޭގައި ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނީ ބަހުގެ ޚިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ފަށާއިރު، މި ޚިދުމަތް ހޯދާ ފަރާތްތަކަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށް ކަމަށް އެމްޓީސީސީން ބުނެފިއެވެ. 

މާލެ ސަރަހައްދުގައި މިނީ ބަހުގެ ޚިދުމަތް ދޭން ފަށާފައިވަނީ މި ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. މި ޚިދުމަތް ދިން ފުރަތަމަ ދެ ހަފްތާގައިވެސް ހިލޭ ދަތުރުތައް ކުރެވިފައިވާއިރު މާދަމާއިން ފެށިގެން ދަތުރަކަށް ނަގަން ނިންމާފައި ވަނީ 7 ރުފިޔާއެވެ. އެހެން ނަމަވެސް، ބަހުގަައި ސްކޫލްތަކުގެ ދަރިވަރުންނާއި، ޢުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ބުނެފައެވެ. 

މާދަމާއިން ފެށިގެން ބަހުގެ ޚިދުމަތަށް ފައިސާ ނަގަން ހަމަޖެހިފައިވާ އިރު، މި ޚިދުމަތަށް އާރްޓީއެލް އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކައި ޓިކެޓް ނެގޭނެއެވެ. އަދި މިޚިދުމަތް އަލަށް ހޯދާއިރު ޚިދުމަތަށް ރަޖިސްޓްރީކުރަން ޖެހޭނެއެވެ. އެއަށްފަހު އެ ލޮގިން، ސޭވްކޮށްލުމުން ދެން އާ ލޮގިންއެއް ހަދާކަށް ނުޖެހޭނެއެވެ.

ޓިކެޓް ނަގާއިރު، އެމީހަކު ބަހުގައި ދަތުރުކުރާ ރޫޓާއި، ޓިކެޓް ނަގާ އަދަދު ޚިޔާރުކޮށް، ބޭންކް ކަރޑް މަޢުލޫމާތާއި އީ.މެއިލް އެޑްރެސްއެއް ޖެހުމުން ފައިސާ ދައްކާ ޓިކެޓް ނެގޭނެއެވެ. މި ޚިދުމަތުގައި ފައިސާ ދައްކާ ކާޑުގެ މަޢުލޫމާތުވެސް ސޭވް ކުރެވޭނެއެވެ.

ފައިސާ ދެއްކުމުން ޓިކެޓް ފެންނާނެއެވެ. ނަގާ ޓިކެޓް 7 ދުވަހުގެ މުއްދަތައް ބޭއްވޭނެއެވެ. ބަހަށް އަރާ ޓިކެޓްގެ ކިއު.އާރް ކޯޑް ސްކޭންކޮށްލުމުން ބަހަށް ފައިސާ ދެއްކުނީއެވެ.

މިވަގުތު ފައިސާ ދެއްކޭނީ ހަމައެކަނި ޕޯޓަލްއާއި އެޕްލިކޭޝަން މެދުވެރިކޮށެވެ. ނަމަވެސް އާއްމުންނަށް މި ޚިދުމަތަށް ފަސޭހައިން ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމަށް، ކޭޝްކާޑް ބޭނުންކޮށްގެން ވަގުތުން ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ. 

ޚިދުމަތަށް ފަސޭހަކަމާއެކު ޓިކެޓް ނަގާނެގޮތްތަކަށް މީހުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތަކެއް އެ ޚިދުމަތް ދެމުން އަންނަ އެމްޓީސީސީން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މިނީ ބަހަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. އެކި ފަހަރު އެކި ސަބަބުތަކާހުރެ، އެ ޚިދުމަތް ފެށުން ލަސްވެގެން ދިޔަނަމަވެސް އެ ޚިދުމަތް ފެށުމާއެކު، ދަތުރުފަތުރުކުރުމަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަމަށް އާއްމުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.