މ. ސްޓާލިންގައި އެޅި ޕާކިން ޒޯން -- ފޮޓޯ: ޓްވިޓާ
ހަބަރު
19 Sep 2022 | 05:43
އޯކިޑް މަގުގައި ޕާކް ކުރުން މަނާކޮށް ބަދަލުގައި ހެދި ޕާކިން ޒޯންގެ މަސައްކަތް ނިންމައިފި

ރާއްޖެ ޓްރެވެލް ލިންކު (އާރްޓީއެލް) ގެ މިނީ ބަހުގެ އޮޕަރޭޝަނަށް އޯކިޑް މަގުގައި ޕާކް ކުރުން މަނާކޮށް ބަދަލުގައި ހެދި ޕާކިން ޒޯންގެ މަސައްކަތް ނިންމައިފިއެވެ. 

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މި ޕާކިން ޒޯން ހެދުމުގެ މަސައްކަތް ނިމިފައިވާކަން މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ ޓުވީޓު ކުރައްވާފައެވެ.

މޭޔަރު މުއިއްޒުގެ ޓުވީޓުގައި ބުނެފައިވާ ގޮތުން މ. ސްޓާލިން ގައި ހެދުނު މި ޕާކިން ޒޯނުގައި 50 ސައިކަލާއި 15 ކާރު ޕާކު ކުރެވޭނެ ޖާގަ ހަދާ ކުރަހާ ނިމިފައެވެ. 

މާލެ ސިޓީގައި އާރްޓީއެލްގެ މިނީ ބަސް ހިދުމަތް ތައާރަފްކޮށް ފުރިހަމަ ކުރުމުގެ މަސައްކަތުގެ ދަށުން ޓްރެފިކް ކޮންޓްރޯލްކޮށް ބަހަށް ޖާގަ ދިނުމުގެ ގޮތުން ބަސް ދަތުރު ކުރާ މަގުތަކުގައި ޕާކް ކުރުން ވަނީ މަނާކޮށްފައެވެ. އަދި މި މަގުތަކުން ގެއްލޭ ޕާކިން ޖާގަ ތަކުގެ ބަދަލުގައި އައު ޕާކިން ޒޯން ތަކެއް އެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް މަޖީދީ މަގާއި، އަމީނީ މަގު އަދި އޯކިޑް މަގުގެ ގެއްލުނު ޖާގަ ތަކުގެ ބަދަލުގައި އެކި ސަރަހައްދުތަކުގައި ވަނީ ޕާކިން ޒޯންތައް އަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.