ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު
ހަބަރު
19 Sep 2022 | 09:57
ޝެއިޚް ބީއޭ ނަސީމްގެ ދަރުހަކުން އަޅުގަނޑުގެ މުޅި ހަޔާތް ބަދަލުކޮށްލި: ޢަލީ ރަމީޒު

ޝައިޚް އާދަމް ނަސީމް (ބީއޭ) ދެއްވި ދަރުހެއް ވެގެންދިޔައީ މުޅި ހަޔާތް ބަދަލުކޮށްލި ސަބަބަކަށް ކަަމަށް ޖަމިއްޔަތުއް ސަލަފުގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު ވިދާޅުވެއްޖެެއެވެ.  

ޝެއިޚް އާދަމް ނަސީމް އިއްޔެ އަވަހާރަވެފައިވާއިރު، ޝެއިޚް އަށް ރަހުމަތް ލެއްވުން އެދި ދުޢާ ކުރައްވަމުން ޢަލީ ރަމީޒު އިއްޔެ މީސްމީޑިއާގައި އާއްމު ކުރި ވީޑިއޯއެއްގައި ބުނެފައިވާ ގޮތުން، 1999 ވަނަ އަހަރު އޭނާ ހައްޖުގެ އަޅުކަން އަދާ ކުރައްވަން އުޅުއްވި އިރު، ބީއޭ ނަސީމް ދެއްވި ދަރުހެއް ވެގެން ދިޔައީ އޭނާގެ މުޅި ހަޔާތް ބަދަލު ކޮށްލި ސަބަބެއް ކަމަށެވެ.

"އެއީ 1424 (1999) ވަނަ އަހަރުގެ ހައްޖުމަސް. ތަނަކީ މާތް ވެގެންވާ ޢަރަފާތު ބިން. އެދުވަހު އައްޝައިހް އާދަމް ނަސީމް ދެއްވި ކުރުކުރު ދަރުސް ވެގެން ދިޔައީ އަޅުގަނޑުގެ މުޅި ޙަޔާތް ބަދަލުކޮށްލަން މެދުވެރިވި ސަބަބަށް. އޭގެ ފަހުންވެސް ޝެއިޚް ވަނީ ވަރަށް އަގުހުރި ނަސޭހަތްތަކެއް އަޅުގަނޑަށް ދެއްވާފައި. އަދި އެ ނަސޭހަތްތައް ވަނީ އަޅުގަނޑުގެ ހިތުގައި ބިންވަޅު ކަނޑައި ނެގިފައި. މާތް ރަސްކަލާނގެ އައްޝެއިޚް އާދަމް ނަސީމަށް ހެޔޮ ރަހުމަތް ލައްވާށި!" ޢަލީ ރަމީޒުގެ ވީޑިއޯގައި އޭނާ ބުނެފައިވެއެވެ. 

ޢަލީ ރަމީޒު ވީޑިއޯގައި އިޝާރާތް ކުރައްވާ ދުވަސްވަރަކީ އޭނާ ލަވަކިޔުމުގެ ދާއިރާގައި އެންމެ މަޝްހޫރުކަން ހޯދި ޒަމާނެވެ. އެހެން ނަމަވެސް، އިސްލާމް ދީނުގައި އެކަމުގެ ހުކުމް އޮންނަ ގޮތް އެނގުމުން އޭނާ ވަނީ އެކަމާއި ދުރުވެ، ތައުބާވެސް އިއުލާން ކުރައްވާފައެވެ. އެއަށްފަހު، އޭނާ މިހާރު އަންނަނީ ދީނީ ޖަމިއްޔާ އެއް ކަމަށްވާ ޖަމިއްޔަތުއްސަލަފާއި ގުޅިވަޑައިގެން ދީނަށް ޚިދުމަތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ. 

އެގޮތުން، ޖަމިއްޔަތުއް ސަލަފުގެ ޒުވާނުންނަށް އަމާޒުކޮށްގެން ރަށްރަށުގައި ކުރިއަށްގެންދާ "އަލީ ރަމީޒާއެކު" ޕްރޮގްރާމްގެ ތެރެއިންވެސް އޭނާ އަންނަނީ ޒުވާނުންނަށް އޭނާގެ ހަޔާތުގައި ދިމާވެފައިވާ ކަންކަމާއި ގުޅޭ ޢިބުރަތްތެރި ވާހަކަތައް ކިޔައިދެއްވަމުންނެވެ. އެވާހަކަ ތަކުގެ ތެރެއިން، އޭނާ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ގޮސް އުޅުއްވި އިރު މިއުޒިކާއި ގުޅިގެން ބީއޭ ނަސީމް ދެއްވި ދަރުހަކީ އޭނާގެ ހަޔާތަށް ބޮޑު ބަދަލު ތަކެއް ގެންނަން އޭނާ ވިސްނަން ފެށި ހިސާބު ކަމަށް ފާހަގަކުރައްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.