އެމްޓީސީސީގެ މަހާ ޖައްރާފް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު- ފޮޓޯ/ އެމްޓީސީސީ
ހަބަރު
19 Sep 2022 | 09:55
އަންނަ އަހަރުގެ ސެޕްޓެމްބަރުމަހު ހުވަދުއަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ފެށޭނެ: އަސްލަމް

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުވަދު އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ފަށާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، އެމްޓީސީސީގެ އައު ޑްރެޖަރ މަހާ ޖައްރާފް އިފްތިތާހު ކުރުމަށް ގއ. ދާންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެ ދަތުރު ފަތުރުގެ ނިޒާމްމުން ގުޅާލުން ކަމަށާއި، އެމްޓީސީސީން މިހާޜުވެސް ދެމުންދާ އާރްޓީއެލް ފެރީގެ ޚިދުމަތް ގިނަ ބަޔަކު ބޭނުންކުރަމުންދާ ކަން ފާހަގަކުރެެއްވިއެވެ. 

އެގޮތުން މި ޚިދުމަތް ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވަމުން، މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުވަދު އަތޮޅުގައި ހައި ސްޕޯޑް ފެރީގެ ޚިދުމަތް ފައްޓަވާނެ ކަމަށެވެ. 

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ތަޞައްވަރަކީ ރަށްތައް އެއްފަސްކުރުން ނޫންކަން ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ރަށްތައް ތަރައްޤީކޮށް އެރަށަކުން ޚިދުމަތް ލިބި އެހެން ރަށްރަށުގެ މީހުންވެސް އެ ރަށްތަަކަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ.

އެމްޓީސީސީގެ ބޮޑު ޖައްރާފުން އެންމެ ފުރަތަމަވެސް ހިއްކަނީ ދާންދޫ ބިން ހިއްކުމުގެ މަސައްކަތެވެ. ބޮޑު ޖައްރާފާ ބޭނުންކޮށްގެން ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭއިރު މިހާރު ދާންދޫގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެރަށަށް އިތުރު ކުރެވިގެންދާނެއެވެ. އަދި ދާންދޫއާއި އަލަށް ހިއްކާ ބިން ގުޅާލެވިގެންދާނީ ބްރިޖަކުންނެވެ. މުޅި މި މަޝްރޫޢު ނިމިގެންދާއިރު ރައްޔިތުން މޫދަ އެރި ހިތް އުފާކޮށްލާނެ އަތިރިމަތިތައްވެސް ލެވިގެންދާނެކަމަށް އެމްޓީ.ސީ.ސީން ވިދާޅުވެއެވެ.

ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 25 ހެކްޓަރު ހިއްކާނެއެވެ. އަދި އެސަރަޙައްދު ޙިމާޔަތްކުރުމަށް 1238 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓަކާއި 240 މީޓަރުގެ ހުރަސްތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.