ރާއްޖޭގެ ފުރަތަަމަ ސްޕޭސް މިޝަންއަށް ނަންދެއްވި ސައުދުﷲ-- ފޮޓޯ: އެޗްޑީސީ
ހަބަރު
19 Sep 2022 | 11:03
ރާއްޖޭގެ ފުރަތަަމަ ސްޕޭސް މިޝަންގެ ދިވެހި ނަމަކަށް 'އަޒުމް'!

ރާއްޖޭގައި ހިންގާ ފުރަތަމަ ސްޕޭސް މިޝަނަށް 'އަޒުމް' ގެ ނަމުން ނަންދީފިއެވެ. 

ރާއްޖޭގައި ހިންގާ ފުރަތަަމަ ސްޕޭސް މިޝަންއަށް ދޭނެ ދިވެހި ނަމެއް ހޯދުމަށް އެ މިޝަންގެ މެއިން ޕާޓްނަރު ކަމަށްވާ އެޗްޑީސީއިން އިއުލާން ކުރީ މިދިޔަ ޖުލައި މަހުގައެވެ.  

އެޗްޑީސީގެ މި އިއުލާނާއި ގުޅިގެން ހުށަހެޅި ނަންތަކުގެ ތެރެއިން، 'އަޒުމް' މި ނަން ހުށަހަޅާފައިވަނީ ސައުދު އިދްރީސް އެވެ. އަޒުމްގެ ގެ މާނައަކީ ކަމެއް ކުރުމަށް ގަސްތުކޮށް، މާ ވަރުގަދައަށް ހިތުގައި ކަނޑައަޅާ ކަނޑައެޅުމެވެ.

ރާއްޖޭގެ ފުރަތަަމަ ސްޕޭސް މިޝަން އަށް މި ނަމުން ނަން ދީފައިވަނީ، އެއީ އެހެން ގައުމު ތަކުގެ މީހުންނަށްވެސް ކިޔާލަން ފަސޭހަ ދިވެހި ނަމަކަށް ވާތީ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެބަހުގެ މާނަ އާއި އެއްގޮތަށް އައު އުސްމިންތަކަށް ދަތުރު ކުރުމަށް ހިތުގައި އަޒުމް ކަނޑައަޅައި ގަދައަށް މަސައްކަތް ކުރުމަށް ޓީމްގެ ބައިވެރިންނަށް ހިތްވަރު ލިބިގެން ދިއުމަށް ކަމަށްވެސް ފާހަގަކޮށްްފައިވެއެވެ. 

ސްޕޭސް މިޝަންގެ ޓީމުގައި 30 އަހަރުން ދަށުގެ ހަތް ޒުވާނުން ހިމެނޭއިރު އެއީ ދެ އަންހެނަކާއި ފަސް ފިރިހެނުންނެވެ. އެ ޓީމުގައި ހިމެނޭ ޒުވާނުންނަކީ އެރޯސްޕޭސް އިންޖީނިއަރުންނާއި އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖީނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުންނެވެ.


ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ސްޕޭސް މިޝަން ހިންގާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް)އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ސްޕޭސް މިޝަންގައި ބައިވެރިވާ ޓީމަކީ، ސެޓަލައިޓް ހަދައި ލޯންޗުކޮށް އަދި ސައިންޓިފިކް ރިސާޗް ހަދަން ދަސްކޮށްދޭ ކޯހެއް ކަމަށްވާ ނެނޯ ސެޓަލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަކޮށްފައިވާ ޓީމެކެވެ.


ސްޕޭސް މިޝަންގެ މަގުސަދަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓޯޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓްކުރުމަށްވާއިރު، އެ ސެޓްލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމަށް ހަދާ ސެޓެލައިޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.