މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް
ހަބަރު
19 Sep 2022 | 16:13
ނުކަނޑާނެކަމަށް ބުނި ގަސްތައް މިއަދު މިފެންނަނީ ކަނޑާ ތިރި ކުރާ ތަން: ސައިފް

މާލޭގެ އަމީނީމަގު ހެދުމަށް ގަސް ނުކަނޑާނެ ކަމަށް ބުނި ނަމަވެސް ފެންނަމުން މިދަނީ ގަސްތައް ކަނޑައި ތިރި ކުރާތަން ކަމަށް ވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި އެމަގުގައި ހުރި ބައެއް ގަސްތައް އާރްޑީސީގެ އެދުމުގެ މަތިން ސިޓީ ކައުންސިލުން އަންނަނީ ކަނޑަމުންނެވެ. އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސައިފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމީނީ މަގުން ކަނޑާ ގަސްތައް ގެންދަނީ ކުޑަ ގިރި އަށް ކަމަށް މައުލޫތު ލިބިލައްވާ ކަމަށާ، ކުޑަ ގިރި ފެހި ކުރަން މާލޭގެ ގަސްތައް ކެނޑުމާއި އޭނާ ދެކޮޅު ކަމަށެވެ. 

"އަމީނީމަގު ހަދަން ނުކަނޑާނެކަމަށް ބުނި ގަސްތައް މިއަދު މިފެންނަނީ ކަނޑާ ބިންތިރި ކުރާ ތަން. ގަސްތައް ގެންދަނީ ކުޑަގިރުއަށް ކަމަށްވޭ!ކުޑަގިރި ހިއްކުމާވެސް ދެކޮޅު. އެތަން ފެހިކުރަން މާލޭގެ ގަސްތައް ކެނޑުމާވެސް ދެކޮޅު!" ސައިފް ވިދާޅުވިއެވެ. 

މާލޭގެ އަމީނީ މަގު ހެދުމަށް މަގުގައި ހުރި ގަސްތައް މާލޭ ސިޓީ ކައުންސިލުން އަންނަނީ ކަނޑަމުންނެވެ. 

މި މައްސަލައިގައި އާންމު ފަރާތަކުން ކަންބޮޑުވުން ފާޅުކޮށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓެގް ކުރުމުން އެފަރާތްތަކަށް ރައްދު ދެއްވައި ވިދާޅުވެފައިވަނީ ސިޓީ ކައުންސިލުގެ މުވައްޒަފުން އެ މަސައްކަތް ކުރަމުން ގެންދަނީ އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރާ ފަރާތް ކަމަށްވާ އާރުޑީސީ އިން އެކަމަށް އެދުމުން ކަމަށެވެ. 

"އަމީނީ މަގު ހަދާ ފަރާތުން ގަސް ނަގައިދޭން އެދޭތީ، މަގު ހެދުމުގެ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން (ގަސް ކެނޑުމުގެ މަސައްކަތް ކުރަމުން ދަނީ)" މޭޔަރު މުއިއްޒު ވިދާޅުވެފައިވެއެވެ. 

ތަރައްގީގެ މަޝްރޫއުތަކަށް، ހާއްސަކޮށް މަގު ހެދުމުގެ މަޝްރޫއުތަކުގެ ދަށުން ގަސް ކެނޑުމަކީ އާންމު ކަމެއް ނަމަވެސް އެއީ އަބަދުވެސް އާންމުންނާއި ތިމާވެއްޓަށް ލޯބިކުރާ ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުމާއި ފާޑުކިޔުން ލިބޭ ކަމެއް ކަން ފާހަގަ ކޮށްލެވެއެވެ.

ސަރުކާރުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން އާރުޑީސީ އާއި އަމީނީ މަގުގެ މަސައްކަތް ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ތާރު އަޅާ ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.