އިންތި މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
20 Sep 2022 | 11:47
މީހުން މަރަން ފަސް ނުޖެހޭ 1400 މީހުން ތިބިމަކަށް ބުނިތާ ދެ އަހަރު، އަދި ފިޔަވަޅެއް ނާޅާ: އިމްތިޔާޒް

މީހުން މަރަން ފަސް ނުޖެހޭ 1400 މީހުން ދެނެގަނެވިފައިވާކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިތާ ދެ އަހަރު ފާއިތުވެގެން ދިޔައިރުވެސް އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމަކީ ކަންބޮޑުވާކަމެއްކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. 

އިންތި މިފަދައިން ވިދާޅުވެފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ވާހަކަދައްކަވަމުންނެވެ.

ޖާބިރުގެ ކުއްލި މައްސަލައަކީ އޮފް ޑިއުޓީގައި އުޅުނު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއައިޑީ) ގެ ތިން ފުލުހަކަށް މި މަހުގެ 9 ވަނަ ދުވަހު މެންދުރު މަޖީދީ މަގު އުތުރުކޮޅުން ހަމަލާ ދިނުމާއި ގުޅިގެން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

އިންތި ވިދާޅުވީ ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތަށް ވަރަށް ބޮޑެތި ބަޖެޓުތަކެއް ކޮންމެ އަހަރަކުވެސް ކަނޑައެޅޭކަމަށެވެ. އަދި އެއީ ރައްޖޭގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފުލުހުންގެ ޚިދުމަތުގެ މަސައްކަތް ހަރުދަނާ ކުރުމާއި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާ ބަޖެޓުތަކެއްކަންވެސް އިންތި ފާހަގަކުރެއްވިއެވެ. 

އެހެން ނަމަވެސް، ކުށްކުރާ މީހުން ނުވަތަ އެ ގާބިލުކަން ހުރި މީހުން ދެނެގަނެވެނު ނަމަވެސް، ކުށް ކުރުން ހުއްޓުވާ އަމާންކަން ކަށަވަރުކުރުމަށް ފުލުހުންގެ ޚިދުމަތުން އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރަމުން ނުދާކަމަށް އިންތި ވަނީ ވިދާޅުވެފައެވެ. 

"އަޅުގަނޑު ހަނދާން އެބަހުރި މީގެ ދެ އަހަރެއްހާ ދުވަސް ކުރުން ކަމިޝަނަރ އޮފް ޕޮލިސް ވިދާޅުވި. ގާތްގަނޑަކަށް 1400 އެއްހާ މީހުން އެބަ ތިއްބޭ މި ރާއްޖޭގައި ޖެހިގެން ހުރި މީހާ މަރާލަން ޖެހިލުން ނުވާވަރަށް އެމީހުންެގެ ނުބައިކަން އިތުރުވެފައި. އޭގެ ފަހުން މިހާރު ދެ އަހަރެއްހާ ދުވަސް ދިޔައީ. އަޅުގަނޑު ނުދެކެން މި ކަންކަމަށް އެކަށީގެންވާ ރަނގަޅަށް ސްޓްރެޓެޖީ އެކުލަވާލެވި ފިޔަވަޅުތަކެއް އެލޭތަނެއް"

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

އެއާއި ގުޅުވާ އިންތި ވިދާޅުވީ މުޅި ރާއްޖޭގައި ގޭންގުތައް އޮޕަރޭޓު ކުރާ މީހުން އިންތިހާއަށް އިތުރުވެފައިވާކަމަށާއި، އެ މީހުންގެ ނުފޫޒު މުއައްސަސާތަކަށް ފޯރާފައިވާ މިންވަރުވެސް މީގެ ކުޑަ ދުވަސްކޮޅެއްކުރިން ލ. އަތޮޅުގައި އޮތް ވިޔަވެތި މަހާސިންތާގައި ހާމަކުރައްވާފައިވާކަމަށެވެ. 

"އިހަކަށް ދުވަހު ނިމިގެން ދިޔަ މަހާސިންތާއެއްގައި އެ ވިދާޅުވީ މުޅި ރާއްޖޭގައި ބޮޑެތި ނުރައްކާތެރި ގޭންގުތައް ފެތުރި މުއައްސަސާތަކަށް އެކަންކަން ވަދެ ހިސޯރުކުރާ ހިސާބަށް ގޮސްފައިވާކަން ފާހަގަކުރެވިފައިވާކަމަށް"

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

އެކަންކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ ބޮޑެތި ބަޖެޓުތަށް މުއައްސަސާތަކަށް ދެވޭއިރު، އަދި އެ މައްސަލަތައް ދެނެގަނެވިފައި އޮތް އިރު އެކަށީގެންވާ ފިޔަވަޅު ނޭޅި އޮތުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި އެ ކަންކަން ނުބެލި އޮތުމުގެ ސަބަބުން މިއަދު ފުލުހުންނަށް އިންޒާރު ދޭ ހިސާބަށް ކަންކަން ބޮއްސުންލައިގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. 


މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމުގެ އިތުރުން، އަމާންކަން ކަށަވަރުކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް މުޅި ދައުލަތް ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް އިންތިގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.