ޕާކިސްތާން: އެހީތެރިކަމަށް ނިހާއަތައް ބޭނުންވެފައި!
ރިޕޯޓް
25 Sep 2022 | 11:16
ޕާކިސްތާން: އެހީތެރިކަމަށް ނިހާއަތައް ބޭނުންވެފައި!

ވެހެމުންދިޔަ ވާރޭ ދެމިގެންދިޔައީ ހީކޮށްގެން ތިބިގޮތަކަށް ނޫނެވެ. ހުއްޓުމެއްނެތި އެތައް ދުވަހަކަށް ދެމިގެންދިޔަ ބޯވިއްސާރައިގައި ކޯރުތައް ބަންޑުންވެ ރަށްތަކުގައި ފެންބޮޑުވެގެންދިޔައެވެ.

ބިންގަނޑު ކަނޑައިގެންގޮސް ބުރިޖްތައް ހަލާކުވެ މީސްތަކުން އެތަން މިތަނުގައި ތާށިވިއެވެ. ގެތައް ބޯމައްޗަށް ވެއްޓި ދަނޑުތައް ހަލާކުވެ ކައިބޮއި ހެދުމަށާއިި ސަވާރީވުމަށް އަދި ވިޔަފާރީއަށް ގެންގުޅުނު ނައަމްސޫފިތައް ފެނުގެ ސައިލުތަކުގައި ގެއްލި މަރުވެގެންދިޔައެވެ. ޤުދުރަތީ އިލާހީ އިމްތިހާނުގެ ކުރިމަތީގައި ނިކަމެތި އިންސާނުންގެ ގޮތް ހުސްވެގެންދިޔައެވެ.

ޕާކިސްތާނަކީ ގާތްގަނޑަކަށް 242 މިލިއަން މުސްލިމުންގެ އާބާދީއެއް އޮންނަ އަޅުގަނޑުމެންގެ އަވައްޓެރި ޒަމާންވީ އެކުވެރި ޤައުމެކެވެ.

2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުން ދިޔަ ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ފޫނުބެއްދޭފަދަ ބޮޑެތި ގެއްލުންތަކެއް ޕާކިސްތާނަށް މިވަނީ ކުރިމަތިވެފައިވެއެވެ.

ކަމާބެހޭ އިދާރާތަކުން ފާހަގަކުރާ ގޮތުގައި ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިޘާ އަކީ މިއީއެވެ. ޕާކިސްތާނަށް ކުރަމުންދިޔަ ވިއްސާރައިގައި ޕާކިސްތާނުގެ ބައެއް ވިލެޖްތައް އެއްކޮށް ފެނުގެ އަޑިއަށް ގޮސްފައިވާއިރު 50000 ގާތްކުރާ އަދަދެއްގެ މީހުންގެ ގެދޮރު އެއްކޮށް ގެއްލި ވަންނާނެތަނެއް ނެތި ބިކަވެފައިވެއެވެ.

ހާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުން--ފޮޓޯ: ފައިލް

އެ ޤައުމަށް ކުރަމުން ދިޔަ ގަދަ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ގޮސް މުޅި ޤައުމަށް ނުރައްކަލާ ކުރިމަތިލާން މިވަނީ ޖެހިފައެވެ.

މި ވިއްސާރައިގެ ސަބަބުން މިހާރުވެސް އިޤްތިސާދީ ވަޅުގަނޑެއްގައި އޮތް ޕާކިސްތާނަށް އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ 150 ބުރިޖް ހަލާކުވެފައިވާއިރު، މީހުން ދިރިއުޅޭ 581207 ގެއަށް ވަނީ އެކިވަރުގެ ތަފާތު ގެއްލުންތައް ލިބިފައެވެ.  ހަމައެހެންމެ، ގިނަ އަދަދެއްގެ ދަނޑުބިންތަށްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބި އެއްކޮށް ހަލާކުވެފައެވެ.

ޖުމުލަ 3000000 މީހުނަށް މި ހާދިސާގައި ސީދާ އަދި ނުސީދާ އަސަރުކުރިއިރު 1000+ މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި 342 ކުޑަކުދިން ހިމެނެއެވެ. ހަމައެހެންމެ އާމްދަނީ ހޯދުމަށް ބޭނުންކުރި ޖަނަވާރުތަކާއި ގެރިބަކަރިތައް ވަނީ މަރުވެ، ވީނުވީއެއް ނޭންގި ގެއްލިފައިވެއެވެ.

މިއަދު ޕާކިސްތާނުގެ މަގުތަކާއި ބިންގަނޑު ހަލާކުވެފައިވާއިރު އެ ރައްޔިތުންނަށް ދަތުރުކޮށް ރައްކާތެރި ހިސާބުތަކަށް ދެވޭނެ ގޮތްވަނީ ނެތިފައެވެ. މިވަގުތުވެސް ގާތްގަނޑަކަށް 5 ލައްކައެއްހާ މީހުން ތިބީ ވަގުތީ ކޭމްޕް ތަކުގައި ދާއިމީ މަންޒިލަކަށް ދެވޭނެ ކަމުގެ އުންމީދުގައިވެއެވެ. ލިބުނު ގެއްލުމުގެ ތަފާސްހިސާބު ދުވަހެއް ދުވަހަކަށްވުރެ ދަނީ އިތުރުވަމުންނެވެ. ލިބުނު ގެއްލުންތަކުގެ ވާހަކައަކަށް ނިމުމެއްނެތެވެ.

ހާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުން--ފޮޓޯ: ފައިލް

ޕާކިސްތާނުގައި ތިބި އަޅުގަނޑުމެންގެ އަހުންނާއި  އުހުތުން މިއަދު ވަނީ ބޯހިޔާވަހިކަމެއް، ކާނެބޯނެ އެއްޗެއް ނެތި މަގުމަތުވެފައެވެ.

މުވާސަލާތީ ވަސީލަތްތަކަށް ގެއްލުން ލިބި ހިދުމަތްތައް ވަނީ މެދުކެނޑިފައެވެ. ގާތްތިމާގެ މީހުން މަރުވެ ހިތާމަޔާއި ހިތްދަތިކަމުން ހިތްތައްވަނީ މޮޅިވެފައެވެ. އެހީއަށް އެދި ދާނެ ދިމާލެއް ކުރާނެ ކަމެއް ނެތި އަޅުގަނޑުމެންގެ އަހުންނާއި އުހުތުން މިވަނީ ހާލުގައި ޖެހިފައެވެ.

އާދެ އަޅުގަނޑުމެން ދިވެހިންނަކީ ކުޑަ ޤައުމެއް ނަމަވެސް އެހީތެރި ވުމުގައި ދުނިޔޭގެ މޫނުމަތީގައި ބޮޑު ރޯލެއް އަދާ ކުރާ ޤައުމެކެވެ.

ޤައުމަަކަށް ނަސްލަކަށް ބެލުމެއް ނެތި އެންމެ ބޭނުންޖެހޭ ހިނދެއްގައި އެ ބޭނުންޖެހޭ ދިމާލަކަށް އެހީތެރިކަން ފޯރުކޮށްދޭ ދީލަތި ބައެކެވެ. މި ކުއްލި ހާލަތުގައި މިއަދު ޕާކިސްތާނުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެންމެ ޒާރޫރީ އެއް ބޭނުމަކީ ކާބޯތަކެއްޗެވެ. 

މިއަދު ކާބޯތަކެތީގެ އެންމެ ޕާރުސަލެއް ފޯރުކޮށްދީގެންވެސް އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް އެހީތެރި ކަމުގެ އަތެއް ފޯރުކޮށްދެވިދާނެއެވެ.

އެގޮތުން މިހާަރުވެސް އިންޓާރނޭޝަނަލް އެއިޑް ކެމްޕޭނުން ކުރިއަށްގެންދާ ހޮޓް މީލް ޕެކް ހަދިޔާ ކުރުމުގައި އެހީތެރިވުމަކީ ކުޑަ އަދަދަކުން ހޭދަކޮށްލައިގެން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެކެވެ.

ޕާކިސްތާނަށް އެއްލައްކަ ހޮޓްމީލް ޕެކް ހަދިޔާ ކުރުމުގައި ބައިވެރިވަމާތޯއެވެ. 

BML Islamic

Account Number: 7770000062741

Account Name: International Aid Campaign

Account Label: IAC | EMERGENCY

އެޑިޓަރުގެ ނޯޓް
މި ރިޕޯޓަކީ ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ހިންގާ ކެންޕެއިންތަކުގެ ބޭނުންކުރުމަށް "ނަސޭހަތް" ޓީމުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.