ގްރެފިކްސް ވޮއިސް
ދުނިޔެ
01 Oct 2022 | 05:25
ޕާކިސްތާނުގައި ބަލިތައް ފެތުރެނީ؛ އެތައް ކުޑަކުދިންނާއި މާބަނޑު މީހުން އެހީއަށް ބޭނުންވެފައި!

ޕާކިސްތާނަކީ ގާތްގަނޑަކަށް 242 މިލިއަން މުސްލިމުންގެ އާބާދީއެއް އޮންނަ އަޅުގަނޑުމެންގެ އަވައްޓެރި ޒަމާންވީ އެކުވެރި ޤައުމެކެވެ. މިއަހަރުގެ ޖޫން މަހުގެ މެދުތެރެއިން ފެށިގެން ވެހެމުންދިޔަ ބޯވާރޭގެ ސަބަބުން އެގައުމުގައި ދިރިއުޅެމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް މިވަނީ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ހުއްޓުމެއްނެތި ވެހެމުންދިޔަ އެ ވާރޭގެ ސަބަބުން ބިންގަނޑު ކަނޑައިގެންގޮސް ބުރިޖްތައް ހަލާކުވެ މީސްތަކުން އެތަން މިތަނުގައި ތާށިވިއެވެ. ގެތައް ބޯމައްޗަށް ވެއްޓި ދަނޑުތައް ހަލާކުވެ ކައިބޮއި ހެދުމަށާއިި ސަވާރީވުމަށް އަދި ވިޔަފާރީއަށް ގެންގުޅުނު ނައަމްސޫފިތައް ފެނުގެ ސައިލުތަކުގައި ގެއްލި މަރުވެގެންދިޔައެވެ. ގަދަފަދަ ތޫފާނާއި ވިއްސާރާގައި މުޅި ގައުމު ވަނީ ދޮވެލައިފަ އެވެ. 

ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ބޮޑުވެފައިވާ ފެންގަނޑު މިހާރު ހިނދެން ފަށާފައިވީ ނަމަވެސް އެ ހާދިސާގައި ގެދޮރު ހަލާކުވި އެތައް ހާސް ބަޔަކު މިހާރު ވެސް ދިރިއުޅެން ޖެހިފައިވަނީ، ސްކޫލްތަކާއި މައިދާންތަކުގައި ސަރުކާރުން ތައްޔާރުކޮށްދިން ވަގުތީ ހިޔާތަކުގަ އާއި، ހުސް ބިންތަކުގައި އެމީހުން އަމިއްލަ އަށް ހެދި ވަގުތީ ފޭލިގެތަކުގަ އެވެ. އެފަދަ ތަންތަނުގައި، ފާޚާނާ ކުރަން އެކަށޭނެ ތަނެއް ނެތް އިރު، ސާފު ބޯފެންވެސް ލިބުމަކީ ދަތިކަމެކެވެ. ވުމާއެކު އެތަންތަނުގައި އުޅެމުންދާ މީހުންނާއި ތުއްތު ކުދިންވެސް ބޯންޖެހިފައިވަނީ ތަޣައްޔަރު ވެފައިވާ ފެނެވެ. ފާޚާނާ ކުރުމަށްފަހު އެ ނަޖިސް ނައްތާލެވޭނެ އިންތިޒާމެއް ނެތުމުގެ ސަބަބުން އެފަދަ ކުދިންނާއި މީހުން އުޅެންޖެހިފައިވަނީ ނަޖިހުގެ ތެރޭގައެވެ. 

ފެންބޮޑުވުމުގެ ސަބަބުންނާއި މިފަދަ އެހެނިހެން ކަންކަމުގެ ސަބަބުން ޕާކިސްތާނުގައި ފެނުގެ ޒަރީޢާއިން ޖެހޭ ބަލިތައް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އޭގެ ތެރޭގައި ބޭރަށް ހިންގުމާއި، ކޮލެރާއާއި، ހަމުގެ ބަލިތަކާއި، މެލޭރިއާ ފަދަ އެތައް ބަލިތަކެއް ހިމެނޭއިރު، ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކުރި ޕާކިސްތާނުގެ ސިންދު ޕްރޮވިންސް ގައި އެންމެ 24 ގަޑިއިރުތެރޭގައި 90,000 އަށްވުރެ ގިނަ މީހުން ބޭރަށްހިންގުމާއި ގުޅިގެން ފަރުވާ ހޯދިކަމަށް ރިޕޯޓް ތަކުން ދައްކައެވެ. މިއީ އެންމެ ދުވަހެއްގެ އެންމެ ބައްޔެއްގެ ރިކޯޑް ކަމަށް ވާއިރު، އެފަދަ އެތައް ބައްޔެއް، އެތައް ހާސް ޕާކިސްތާނު ރައްޔިތުންގެ މެދުގައި މިހާރުވެސް އަންނަނީ ފެތުރެމުންނެވެ.  

ޕާކިސްތާނުގެ ސިންދުގެ ހެލްތު މިނިސްޓަރު އަޒްރާ އާއި ހަވާލާދީ ބޭރުގެ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން އެންމެ ހަލުވިކަމާއެކު ބަލިތައް ފެތުރެމުން އަންނަނީ ސިންދު ޕްރޮވިންސް ގައެވެ.

"ސިންދު ޕްރޮވިންސް އިން ބޭރަށް ހިންގުމުގެ 134,000 ވޭދަނަ އާއި، މެލޭރިއާގެ 44,000 ވޭދަނަ ރިޕޯޓް ކޮށްފަައިވޭ. އޭގެ އިތުރުން 100,000 އަށް ވުރެ ގިނަ މީހުންނަށް ހަމުގެ އެކި ބަލިތައް ޖެހިގެން ރިޕޯޓް ކޮށްފައިވާއިރު, 101 މީހުން ގައިގައި ހަރުފަ ދައިގަނެގެން، އަދި 500 މީހުން ގައިގައި ކުއްތާ ދައިގަނެގެން ރިޕޯޓް ކޮށްފައިވޭ." ސިންދު ޕްރޮވިންސް ގެ ހެލްތު މިނިސްޓަރު އަޒްރާ، "ޑޯން ނިއުސް ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ. 

މިއީ މި ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި އެންމެ ޕްރޮވިންސް އެއްގައި ބަލިތައް ރިޕޯޓް ކޮށްފައިވާ އަދަދެވެ. އެ އަދަދު މިހާރު އެތައް ގުނައެއް މަތިވަމުން އަންނަ ކަމަށްވެސް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާ ތަކުން މައުލޫތު ދެއެވެ. 

ޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާ ޑޮކްޓަރުންނާއި ހަވާލާދީ ބޭރުގެ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގައި ފެންބޮޑުވުމުގެ މި ކާރިސާ ފެށިގެން އައި އިރު ގިނަ މީހުން ފަރުވާ ހޯދާފައިވަނީ އެކަމުގެ ސަބަބުން ކުރިމަތިވެގެންދިޔަ ނަފްސާނީ ބަލިމަޑުކަމަށެވެ. އެހެންނަމަވެސް، މިހާރު ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކަށް އެމީހުން ފަރުވާ ކުރަމުންދާއިރު އޭގެ ތެރޭގައި، ގިނައިން ހިމެނެނީ ބޭރަށްހިންގުމާއި، ހަމުގެ ބަލިތަކާއި އެނޫންވެސް ފެނުގެ ޒަރީޢާއިން ޖެހޭ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން ކަމަށްވެސް އެފަރާތްތަކުން މައުލޫތުދެއެވެ. އަދި އެގޮތުން ފަރުވާ ހޯދާ މީހުންގެ ތެރޭގައި އެތަކެއް މާބަނޑު އަންހެނުންވެސް ހިމެނޭކަން ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.  

ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ޕޮޕިއުލޭޝަން ފަންޑް އިން ހާމަކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ 6.4 މިލިއަން މީހުންވަނީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފައެވެ. އޭގެ ތެރޭގައި 650,000 މާބަނޑު މީހުން ހިމެނޭއިރު، އެއިން 73,000 މީހުންނަކީ އަންނަ އޮކްޓޯބަރު މަހު ވިހާނެ ކަަމަށް ލަފާކުރެވޭ މީހުންނެވެ. އެމީހުންވަނީ، ވިހެއުމުގެ ކަންތައްތައް ރައްކާތެރިކަމާއި އެކު ކުރެވޭނެ އިންތިޒާމަކަށް ނުހަނު ބޭނުން ޖެހިފައެވެ.  

ފަހުގެ ތާރީޚެއްގައި ވެސް ޕާކިސްތާނުގައި ހިނގައިދިޔަ އެންމެ ބޮޑު ފެންބޮޑުވުމުގެ މި ކާރިސާގައި އެގައުމުގެ އެކި ސަރަހައްދުތަކުން 1500 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި 453 އަށްވުރެ ގިނަ ކުޑަ ކުދިން ހިމެނެއެވެ. އަދި ހަމައެހެންމެ މީގެ ސަބަބުން 12,500 އަަށް ވުރެ ގިނަ މީހުންނަށް އަނިޔާ ލިބުނު ކަމަށް ރިޕޯޓް ތަކުން ދައްކާއިރު، މުޅި ޕާކިސްތާނަށް ލިބުނު ގެއްލުންތަކުގެ އަދަދު 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.  

އިގްތިސާދީ ގޮތުން މިފަދަ ބޮޑު އަނދަވަޅަކަށް އަޅުގަނޑުމެންގެ އަވައްޓެރި ޕާކިސްތާން ވެއްޓި، އެގައުމުގައި ދިރިއުޅެމުންދާ އަޅުގަނޑުމެންގެ މުސްލިމު އަޚުންނާއި އުޚުތުން ބިކަވެ، ބަނޑުފުރާނަ މުއްތި ކުރެވޭނެ ފަދައެއްވެސް ނެތް އިރު، ސިއްހީ ގޮތުންވެސް ތަފާތުއެކި ގޮންޖެހުންތަކާއި އެފަރާތްތަކަށް މިވަނީ ކުރިމަތިލާންޖެހިފައެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ ހަމަޔަގީނުންވެސް އޭގެ ސަބަބުން އަޅުގަނޑުމެންގެ އަތުން އެއްޗެއް އުނިވެގެންދާނެ ކަމެއް ނޫނެވެ. ވީއިރު ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނާއި، އެ މީހުންގެ ލޮލުގެ ކޮއި ފަދަ ތުއްތު ތުއްތު ދަރިންނަށް އެހީވުމަށް އަޅުގަނޑުމެންނަށް ވެވުނު މިންވަރަކުން ހޭދަކުރަމާ ހެއްޔެވެ؟ 


ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ
26 Aug 2026
އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ
26 Aug 2026
ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ
26 Aug 2026
ލަންކާގެ ހައިކޮމިޝަނަރު އެމް. ރިޒްވީ، ފުވައްމުލަކު އަޙްމަދު ޢަލީ ދީދީ ކްރިކެޓް ދަނޑަށް
ދަނޑަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު އެމް. ރިޒްވީ ވަނީ ފުވައްމުލަކުގައި ކްރިކެޓް ކުޅިވަރަށް އޮތް ބޮޑު ޝައުޤުވެރިކަން ފާހަގަކުރައްވާފައެވެ.
26 Aug 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ރައީސް ވަނީ ހާދިސާގެ އަސަރުކޮށްފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެޖެންސީ ޓީމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ
26 Aug 2026
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން
ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.