ކުރީގެ ވެރިކަންތަކުގައި އުފެއްދި ކޮމިޝަންތައް
ހަބަރު
26 Aug 2026 | 23:02
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް ޑރ.މުއިއްޒު

ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ އަނބުރާ ހޯދުމަށް މީގެކުރިން ކުރެވުނު މަސައްކަތްތަކުގައި އިޚްލާޞްތެރިކަމެއް ނެތް ކަމަށާއި، އެއީ ސިޔާސީ މަޤްޞަދެއްގައި ވަކި ބަޔަކު މައިތިރިކުރުމަށް ކުރި ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަދައްލަވަމުން ރައީސް ވިދާޅުވީ، ދައުލަތުން ގެއްލިފައި ހުރި މުދަލާއި ފައިސާ ހޯދުމުގެ ނަމުގައި ވޭތުވެދިޔަ ސަރުކާރުތަކުން މަސައްކަތް ކޮށްފައި ހުރި ނަމަވެސް އެކަންކަން ސިފަވަނީ ސިޔާސީ ގޮތުން ވަކި ފަރާތްތަކެއްގެ ފަހަތުން ދިއުމަށް ކުރި ކަންކަމުގެ ގޮތުގައި ކަމަށެވެ. އަދި އެ މަސައްކަތްތަކުގައި އިޚްލާޞްތެރި ނިޔަތެއް ނެތުމުގެ ސަބަބުން އެދެވޭ ނަތީޖާއެއް ނުފެނުނު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ. އެގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުން ލިބޭ ބާރުތަކަށްވުރެ ފުޅާ ދާއިރާއެއްގައި މިކަން ކުރުމަށްޓަކައި "އެސެޓް ރިކަވަރީ" އާ ބެހޭ ޚާއްޞަ ބިލަކާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާ ނުގަވާއިދުން ބޭނުންކޮށްގެން މުދާ މި ހޯދަނީ. މިސާލަކަށް އެ ހޯދާ މުދާ އަނބުރާ ނެގޭނެ ގޮތެއް ވާންޖެހޭނެ. އެހެންވީމަ އެކަން ކުރުމަށްޓަކައި ގެންނަންވާ ގާނޫނީ ނިޒާމު ގެންނަން މަސައްކަތް ކުރަނީ. ދެން އޮންނާނީ ތަންފީޒުކުރުން

ރައީސް ޑރ.މުއިއްޒު

މީގެ އިތުރުން، ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ވީހާވެސް ބޮޑަކަށް ކުޑަކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، ނުޙައްޤުން ހޯދާ މުދަލާއި ރައްޔިތުންގެ ފައިސާ އަނބުރާ ދައުލަތަށް ނެގޭނެ ވަރުގަދަ ޤާނޫނީ ނިޒާމެއް ޤާއިމުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤާނޫނުތައް އެކުލަވާލުމުގެ އިތުރުން، އެކަންކަން ތަންފީޒުކުރާ އިދާރާތައްވެސް ކުރިއަށްވުރެ ބޮޑަށް ހަރުދަނާކޮށް ވަރުގަދަކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ދައުލަތުން ގެއްލުނު ފައިސާ އާއި މުދާ ހޯދުމަށް މިދިޔަ ސަރުކާރުތަކުން މަސައްކަތްކުރީ ހެޔޮނިޔަތެއްގައި ނޫންކަމަށް ރައީސް ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ދައުލަތުގެ މުދަލާއި ފައިސާ ހޯދުމަށް "އެސެޓް ރިކަވަރީ ކޮމިޝަން" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. ނަމަވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ނުގެންދެވި، ފަހުން އެ ކޮމިޝަން ވަނީ އުވާލާފައެވެ.

އެ ކޮމިޝަން އުވާލަމުން އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮމިޝަނުން ބެލުމަށް ހަމަޖެހުނު ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ގިނަ މައްސަލަތައް، ދިމާވި އެކިއެކި ސަބަބުތަކާހެދި ކުރިއަށް ނުގެންދެވި، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމުކުރެވިފައި ނުވާތީ ކޮމިޝަން އުވާލީ ކަމަށެވެ.

މީގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ވަނީ އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދާފައެވެ. ނަމަވެސް އެ ކޮމިޝަނުންވެސް އެދެވޭފަދަ ނަތީޖާތަކެއް ހާސިލްވެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ
26 Aug 2026
އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ
26 Aug 2026
ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ
26 Aug 2026
ލަންކާގެ ހައިކޮމިޝަނަރު އެމް. ރިޒްވީ، ފުވައްމުލަކު އަޙްމަދު ޢަލީ ދީދީ ކްރިކެޓް ދަނޑަށް
ދަނޑަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު އެމް. ރިޒްވީ ވަނީ ފުވައްމުލަކުގައި ކްރިކެޓް ކުޅިވަރަށް އޮތް ބޮޑު ޝައުޤުވެރިކަން ފާހަގަކުރައްވާފައެވެ.
26 Aug 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ރައީސް ވަނީ ހާދިސާގެ އަސަރުކޮށްފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެޖެންސީ ޓީމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ
26 Aug 2026
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން
ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.