މިއުވާން މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Sep 2022 | 14:23
އަމީނީމަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދެވެން އޮތީ ގަސް ކަނޑައިގެން: މިއުވާން

އަމީނީ މަގަކީ ކޮންމެހެންވެސް ހަދަން ޖެހިފައިވާ މަހެއް ކަމަށާ، އެމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދެވެން އޮތީ މަގުގައި ހުރި ބައެއް ގަސްތައް ކަނޑައިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މިއަދު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ގަސްތައް ކެނޑުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، މަޝްރޫއުތައް ކުރިއަށްދާއިރު ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށް ބައެއް ގަސްތައް ކަނޑަންޖެހޭ ކަމަށެވެ. 

"ބައެއް މަޝްރޫއުތައް ކުރިއަށްދާއިރު ކޮންމެވެސް ވަރަކަށް އެބަޖެހޭ މިކަހަލަ ބައެއް ކަންކަންވެސް އެބަ ހިނގާ. ދެން، މިގަސްތައް މި ކަނޑަނީ، ހަގީގަތުގައި އަޅުގަނޑުމެންނަށް މިހާރު މައުލޫތު ލިބިފައިވާ ގޮތުގައި، މޫ ތަކާއި އެއްޗެހި ހުރިގޮތުން މަގުގައި ހޮޅި ވަޅުލުމާއި މިކަންކަމަށް ވަރަށް ބޮޑު ދަތިތައް ދިމާވޭ. އެނގި ވަޑައިގަންނަވާނެ އަމީނީ މަގުގައި އިންދާފައި ހުރި ގަސްތަކަކީ އާއްމު ގޮތެއްގައި މިކަހަލަ މަގުތަކުގައި އިންދާ ގަސްތަކަަށްވުރެ ތަންކޮޅެއް ތަފާތު ގަހެއް." މިއުވާން ވިދާޅުވިއެވެ. 

މީގެ އިތުރުން އަމީނީމަގު ހަދާއިރު ގަސްތައް ކަނޑަންޖެހެނީ މަގުގެ ދުވާރުގައި ވީލް ޗެއާރ ދުއްވާ ފަރާތްތަކާއި އަދި ހަމައެހެންމެ ލޯފަން މީހުންނަށް ވެސް މަގުގެ ބޭނުން ހިފޭނެ ގޮތް ހެދުމަށްޓަކައި ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ގަސްތައް މިހާރު އެ ހުރި ތަނުގައި ހުރި ނަމަ އޭގެ ސަބަބުން ދަތި ތަކާއި ކުރި މަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިއުވާން ވިދާޅުވީ، އަމީނީ މަގު ހެދުމަކީ ކޮންމެ ގޮތެއްގައި ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން ކުރުމަށް ގަސްތައް ކަނޑާލަން ޖެހޭ ކަމަށާ، އަދި އެގަސްތައް ކެނޑުމަށްފަހު އުކާލުމުގެ ބަދަލުގައި އެހެން ތަނެއްގައި ގަސްތައް އިންދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މަގު ހަދައި ނިމުމަށްފަހު މަގު ފެހި ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

މިއަުވާން މިފަދައިން ވިދާޅުވެފައި ވާއިރު، އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމަގުގައި ހުރި ބައެއް ބިޔަ ގަސްތައް ކަނޑަމުންދާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހެޅުއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް، ނަޝީދުގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާކަން ހާމަކޮށް ޝުނާނާ އެންޑް ކޯ އެލްއެލްޕީން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.