މިއުވާން މުހައްމަދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Sep 2022 | 15:24
އައްޑޫގައި 8000 އެނދު ގާއިމް ކުރުމުގެ މަޝްރޫޢުވެސް ދަނީ ކުރިއަށް: މިއުވާން

އައްޑޫ ސިޓީގައި 8000 ޓޫރިސްޓު އެނދު ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. 

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ތިލަދުންމަތީ ގެ ދަތުރުފުޅުގެ ތެރެއިން، ތިލަދުންމައްޗަށް މި ސަރުކާރުން ގެންނަ ކުރިއެރުން ތަކުގެ ސަބަބުން، އެސަރަހައްދަށް އިންވެސްޓަރުންތައް ލިބި، 8000 ޓޫރިސްޓު އެނދު ގާއިމް ކުރެވިގެން ދިޔުމަކީ ރައީސް ޞާލިހުގެ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް އެ އެނދުތަކަކީ ސަރުކާރުން ގާއިމް ކުރާނެ އެނދެއް ނޫން ކަމަށާ، އެކަން ކުރުމަށް އިންވެސްޓަރުންނަށް ދޭން ޖެހޭ އެންމެހައި އެއްބާރުލުމެއް ސަރުކާރުން ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިއުވާން އިތުރަށް ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ފަތުރުވެރިން ފުޅާވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ދަތުރު ފަތުރުގެ މައްސަލަ ކަމަށާ، އެހެން ނަމަވެސް އެ ދެ ސަރަހައްދުގައި ވެސް އިންޓަރނޭޝަނަލް އެއަރޕޯޓް އާއި ޑޮމެސްޓިކް އެއާޕޯޓްތައް ގާއިމް ކުރެވުމުން އެ މައްސަލަ ހައްލު ވެގެން ދާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ ވިސްނުމުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެނގިވަޑައިގަންނަވާނެ ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، މައި ދޮރާއްޓެއްގެ ގޮތުގައި ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އޮތުމާއި ގުޅިގެން ދަތުރުފަތުރަށް މިއަންނަ، ވަރަށް ދިގު ދަތުރެއް ކޮށްފައި ގިނަ ފަތުރުވެރިން މި އަންނަނީ. އަނެއްކާވެސް ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރު ކުރުމަށް އަނެއްކާވެސް ގިނަ ވަގުތު ތަކެއް މި ހޭދަ ވަނީ. ދަތުރުފަތުރު ކުރުމުގައި މި ހުރި ދަތިތަކާއި އެކު އެ ސަރަހައްދު ތަކުގައި ފަތުރުވެރިކަން ފުޅާވުމަަށް ހުރަސްތަކެއް މި ކުރިމަތިވީ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ވުމާއިއެކު އެތަނަށް އިންވެސްޓަރުން އަންނާނެ ކަމަށެވެ. އަދި 8000 އެނދުގެ ވާހަކަ ދައްކާއިރު، އެ ދެކެވެނީ ހަމައެކަނި ރިސޯޓުތަކުގައި އެހާ އެނދު ގާއިމް ކުރާ ވާހަކަ ނޫން ކަމަށާ، އެހެން ނަމަވެސް ރަށްތަކުގެ ގެސްޓް ހައުސް ވިޔަފާރި ފުޅާވެ، އޭގެ ސަބަބުން އިތުރުވާ އެނދުވެސް އޭގެ ތެރޭގައި ހިމެނޭނެކަމަށް މިއުވާން ވިދާޅުވިއެވެ. 

"އައްޑޫގެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް އެބަ ކުރިއަަށްދޭ. އެހެންވީމާ މިއާއެކު، މި އެއާރޕޯޓްތައް ޑިވެލޮޕް ކުރެވި، އިންޓަނޭޝަނަލް އެއާލައިން ތަކަށް އެތަނަށް ޚިދުމަތް ދެވޭނެ މަގުފަހިވެ، އަދި ކޮވިޑް ގެ ސަބަބުން މިއައި ކަންތައްތަކަށް ހައްލުލިބިގެން ދިޔައިމަ، މިސަރަހައްދު ތަކުގައި ސަރުކާރުން އެ އަންދާޒާ ކުރާ އަދަދަށް އެނދުތައް ގާއިމް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް. ދެން އަދި އައްޑޫގެ 5 ޓޫރިޒަމް ޒޯން ޑިވެލޮޕް ކުރުމުގެ މަސައްކަތް އެކަންވެސް ކުރިއަށް އެބަދޭ، އިންޑިއާ ސަރުކާރުގެ ކޮމިއުނިޓީ ހައި އިމްޕެކްޓް ޕްރޮޖެކްޓްސް ގެ ތެރެއިން އެ މަޝްރޫއު ކުރިއަށް އެބަދޭ." މިއުވާން ވިދާޅުވިއެވެ. 

މީގެ އިތުރުން، އިންޓަރނޭޝަނަލް އެއަރޕޯޓް ގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓްތައްވެސް ތަރައްގީވެ ދަތުރުފަތުރުން ރަށްތައް ގުޅާލެވުމުން، އުތުރާއި ދެކުނުގައިވެސް ސަރުކާރުން އަންދޒާ  ކުރާ ވަރަށް ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. 

ރާއްޖޭގެ ދެކުނުގެ އައްޑޫ ސިޓީގައި 8،000 އެނދު ޤާއިމުކުރެއްވުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންފައިވާ ވައުދެކެވެ. ނަމަވެސް މިހާތަނަށް އެ ސަރަހައްދުގައި އެ އެނދު ޤާއިމުކުރެވިފައިނުވެއެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެމަނުކުފާނަށް އަންނަނީ އަމާޒުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.