ޝިޔާމު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
03 Oct 2022 | 05:31
ރާއްޖޭގެ ޓުއަރިޒަމަށް އެންމެ ބޮޑު ގެއްލުމެއް ދިނީ އެމްޑީޕީ: ޝިޔާމު

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރާއިރު، މި ސިނާއަތަށް އެންމެ ބޮޑު ގެއްލުމެއް ދިނީ މިހާރު ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީއިން ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ޝިޔާމު ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރުން އެމްޑީޕީ ސަރުކާރުން މިއަދު ފާހަގަކުރާއިރު، އެ ޕާޓީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑު ގެއްލުން ދީފައިވާ ސިޔާސީ ޕާޓީކަމަށެވެ. 

އެކަން މާޒީގައި އެމްޑީޕީ އަޑިގައި އޮވެގެން ހިންގާފައިވާ ކަންކަމަށް ބަލާލުމުން ފެންނާނެކަމަށް ޝިޔާމު ވިދާޅުވިއެވެ. 

"ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރިގެން އެމްޑީޕީ ސަރުކާރުން އެކަން ފާހަގަކުރާއިރު މާޒީގެ ސަފްހާތައް ބަލާލީމަ އެނގޭ އެންމެ ބޮޑު ހަގީގަތަކީ ދިވެހިރާއްޖޭގެ ޓުއަރިޒަމަށް އެންމެ ބޮޑު ގެއްލުމެއް ދިން ބަޔަކީ އެމްޑީޕީކަން"

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމު

ޝިޔާމުގެ އެ ޓްވީޓުގައި ވަނީ އެމްޑީޕީ އިދިކޮޅުގައި އޮތް އިރު ދިވެހިރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާ އެ ޕާޓީގެ އިސްވެރިން ދައްކާފައިވާ ބައެއް ވާހަކަތަކާއި ގުޅިގެން ޝާއިއުކޮށްފައިވާ ޚަބަރުތައްވެސް ހިއްސާކުރައްވާފައެވެ. 

ރައީސ ޔާމިން އަބްދުލްގައްޔޫމުގެ ވެރިކަމުގައިވެސް އަދި އޭގެ ކުރިން ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައިވެސް އެމްޑީޕީއިން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާފައިވާކަން ފާހަގަކުރެވެއެވެ. 

އެހެން ނަމަވެސް އެފަހުން އެ ޕާޓީއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް ގޮވާލާ ކެމްޕޭނެއް ކުރިއަށް ގެންދިޔަ ކަމާއި މެދު އިންކާރުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.