ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ:ރައީސް އޮފީސް
ހަބަރު
03 Oct 2022 | 11:50
ނިރުބަވެރި ޖަމާއަތްތަކުގެ ލިސްޓު މުރާޖައާ ކުރުމަށް ފަހު އާންމުކޮށްފި

ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު، މުރާޖަޢާ ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ލިސްޓް އާއްމުކޮށްފިއެވެ. 

ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު އާއްމުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި، 03 އޮކްޓޫބަރު 2021 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ލިސްޓު, މުރާޖަޢާ ކޮށްފައިވާކަމަށެވެ. 
އެގޮތުން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމައިފައިވާ ގޮތަށް އެ ލިސްޓުގައި ޓެރަރިސްޓް ޖަމާޢަތްތައް ހިންގުމަށް ބޭނުންކުރާ އެހެނިހެން ނަންތަކާއި، އެ ޖަމާޢަތެއް ޓެރަރިސްޓު ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީޚު ހިމެނޭނެކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

"....[މި ލިސްޓު] ގެޒެޓުކުރުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާތީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު، ޢާންމުކޮށް އަންގައި އިއުލާނު ކުރީމެވެ." ރައީސް އޮފީހުން ކުރި އިއުލާނުގައި ވިދާޅުވިއެވެ.

މި ލިސްޓުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމާއަތެއް ފާހަފަކޮށްފައި ވެއެވެ. އަދި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ސީރިއާގެ ހުރިހާ ސަރަހައްދެއް ވަނީ ފާހަގަކޮށްފައެވެ.

ލިސްޓުގައި ފާހަގަކޮށްފައިވާ ޓެރަރިސްޓު ޖަމާއަތްތައް:

1. އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިޔާ (ISIS)

2. އަލް-ގައިދާ (AQ)

3. ޖަބްޙަތު އަލް-ނުސްރާ

4. ލަޝްކަރޭ ތައިބާ

5. އަލް-ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ (AQAP)

6. އަލް-ޤައިދާ އިން ދި އިސްލާމިކް މަޣްރިބް (AQIM)

7. އަބޫ ސައްޔާފް

8. ބޯކޯ ހަރަމް

9. އަލް ޝަބާބް

10. އަލް-ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް (AQIS)

11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (TTP)

12. ޙަރަކާތުލް ޖިހާދު އަލް-އިސްލާމީ (HUJI)

13. ޖައިޝޭ މުޙައްމަދު

14. އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް –ޚުރާސަން ޕްރޮވިންސް

15. ނޭޝަނަލް ތައުޙީދް ޖަމާޢަތް

16. ވިލާޔަތް އަލް ސޭލާނީ

17. ޖަމާޢަތު މިއްލަތޭ އިބްރާހީމް

18. ހައިއަތު ތަހްރީރް އަލްޝާމް

19. ޚުއްރާސް އައް ދިން

ކޮމެންޓް
އާދަނު
ކީވެ މި ލިސްޓަށް ރާއްޖޭގެ ގޭންގްތަށް ނާރަނީ އެއަށް ވުރެއް ބޮޑު ނިރުބަވެެރި ބަޔަކު މިގައުމަކު ނެތް
03 Oct 2022
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.