-
ދުނިޔެ
24 Aug 2026 | 08:49
އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ހަތަރު އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި

އިސްތިއުމާރީ އިސްރާއީލުގެ ހަނގުރާމަވެރި ބޯޓުތަކުން އާދީއްތަ ދުވަހު ޣައްޒާގެ ދެ ސަރަހައްދަކަށް ވައިގެ ހަމަލާ ދީ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭ ގޮތަށް މަދުވެގެން ދެ މީހަކު ޝަހީދުކޮށް ހަތް މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.

ދެވަނަ ވައިގެ ހަމަލާ ދީފައިވަނީ ޒަވާޔިދާ ކައިރީގައި އޮންނަ ނުޞައިރާތު ރެފިއުޖީ ކޭމްޕަށް ކަމަށް ފަލަސްޠީނުގެ ޞިއްޙީ އޮފިޝަލުން ބުނެފައިވެއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ދައިރުލް ބަލަޙު ސިޓީގައި ހަމާސްގެ އިސް ހަނގުރާމަވެރިއެއް ކަމަށްވާ ޝަރީފް އަލް ޙަސްނާތު ހަމަލާ ދީ ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެފައިވެއެވެ. ހަމާސްގެ "ބިމު އަޑީގެ ވިއުގަ" އަލުން ބިނާކުރުމުގެ މަސައްކަތް އޭނާ ލީޑުކުރަމުން ދިޔަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާ މެދުވެރިވެގެން 2025 ވަނަ އަހަރުގެ އޮކްޓޫބަރުގައި ހެދި ގަތުލުއާއްމު ހުއްޓައިލުމުގެ އެއްބަސްވުމާ އެކު ބޮޑެތި ކުރިމަތިލުންތައް ހުއްޓުނު ނަމަވެސް އިސްރާއީލުގެ ވައިގެ ހަމަލާތައް ހުއްޓިފައެއް ނުވެއެވެ. އެ އެއްބަސްވުމަށް ފަހު ޣައްޒާގައި 1,280 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނެފައިވެއެވެ. 

ހުޅަނގު އައްސޭރިފަށުގައި ވެސް ހާލަތު ގޯސްވެ އިސްރާއީލު ސިފައިން ނާބުލުސް ކައިރީ ޢަސްކަރު ރެފިއުޖީ ކޭމްޕަށް ވަދެ ހިންގި ގަތުލުއާއްމުގައި 14 އަހަރުގެ އިސްލާމް ޢައްޖޫރީ ބަޑި ޖަހައި ޝަހީދުކޮށްލާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.