ފަތުރުވެރިންތަކެއް- ފޮޓޯ/ ވޮއިސް
ހަބަރު
24 Aug 2026 | 10:26
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.

އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ މައި ޓްރާންސިޓް ހަބްތައް ބަންދުވެ ދަތުރުތަކުގެ އަގު އުފުލުމުގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިންގެ ޢަދަދަށް ބޮޑު ވެއްޓުމެއް އައިސްފައިވެއެވެ.

މިގޮތުން، ޖަނަވަރީ އަދި ފެބުރުވަރީ މަހުގެ ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވުމަށްފަހު، ހަނގުރާމަ ފެށުމާ ގުޅިގެން މާރިޗު އަދި އެޕްރީލް މަހުގެ ތެރޭގައި އައި ފަތުރުވެރިންގެ އަދަދު ވަނީ ކުރީ އަހަރާ އަޅާބަލާއިރު %21 އަދި %26 އިން ދަށަށްގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

މެއި 2026 ތެރޭގައި ފަތުރުވެރިން ޒިޔާރަތްކުރި އަދަދު، ކުރީ އަހަރުގެ މެއި މަހާ އަޅާބަލާއިރު %3 އިތުރުވި ނަމަވެސް ޖޫން މަހުގެ ތެރޭގައި އަނެއްކާވެސް ވަނީ 13% އިން ދަށަށްގޮސްފައެވެ. އަދި ޖުލައި މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު ވަނީ ކުރީ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 2%  ދަށަށްގޮސްފައެވެ.

ޖޫން މަހުގެ ނިޔަލަށް ޝާއިޢުކުރެވިފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގެ ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6% ދަށްވެފައެވެ. އަދި ޖުލައި މަހުގެ ތަފާސްހިސާބުތައް ހިމަނައިގެން ބަލާއިރު 2026 ވަނަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް 5% އިން ދަށްވެފައިވާކަން އެމްއެމްއޭ އިން ބުނެފައުވެއެވެ.

”ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާއި ހޭދަކުރާ ރޭގެ އަދަދު ދަށްވެފައި ވީނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުން، މި މިމުއްދަތުގައި ދިވެހި އިގްތިޞާދަށް ލިބުނު ބޭރު ފައިސާ ވަނީ %1 އިތުރުވެފަ“ އެމްއެމްއޭއިން ބުނެފައިވެއެވެ.

ޔޫރަޕާއި އުތުރު އެމެރިކާ ފަދަ ބާޒާރުތަކުން އަންނަ ފަތުރުވެރިން މަދުވުމުން ލިބުނު ގެއްލުން ފޫބެއްދުމަށް އައު ބާޒާރުތަކުގައި ރާއްޖެ އިޝްތިހާރުކޮށް ކަނެކްޓިވިޓީ ފުޅާކުރުމުގެ ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. އެ ބޭންކުން އިތުރަށް ބުނެފައިވަނީ މި ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަ ކަމަށެވެ.

ބޭރު ފައިސާގެ ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކިން ނިޒާމަށާއި ރާއްޖޭގެ ރަސްމީ ރިޒާވަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވެފައިވެއެވެ. އެކަމާ ގުޅިގެން އަސާސީ މުދާ އެތެރެކުރުމަށް ބޭންކުތަކުން ފޯރުކޮށްދޭ ޓީޓީ ސަޕޯޓަށް އެހީތެރިވުމުގެ ގޮތުން މިދިޔަ ހަފުތާގައި ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު ވެސް އެމްއެމްއޭ އިން ވަނީ އިތުރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.