ޕީޕީއެމްގެ 10,000 އީސީއާ ހަވާލުކުރަނީ-- ފޮޓޯ: ވޮއިސް
ހަބަރު
05 Oct 2022 | 14:43
ޕީޕީއެމް އިން 10،000 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި!

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން 10,000 މެންބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، ފާއިތުވި ދުވަސްތަކުގައި ޕާޓީއަށް ހުށަހެޅިފައިވާ 10,000 މެންބަރުންގެ ފޯމް މިއަދު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. 

މިފޯމްތަކާއި ގުޅިގެން މައުލޫމާތު ދެމުން ޕީޕީއެމްގެ ސެކިއުރިޓީ ޖެނެރަލް ޝަކީލް ވިދާޅުވީ، އެޕާޓީން މިއަދު މި ހުށަހަޅާ 10,000 މެންބަރުންގެ ފޯމުގެ ތެރޭގައި ގިނަ އަދަދަކަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ދޫކޮށް ޕީޕީއެމާ ގުޅުނު މެންބަރުންވެސް ހިމެނޭ ކަމަށާ، އެއިން ހާމަވަނީ އަދުގެ ސަރުކާރާއިމެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ގެ މަގާމަށް ރައީސް ޔާމީން ބަލައިގެންފައިވާ ކަންވެސް އެއިން ދޭހަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ އެސްޖީ ޝަކީލް-- ފޮޓޯ: ވޮއިސް

ރިޔާސީ އިންތިހާބަށް ޕީޕީއެމުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ޕާޓީ މެންބަރުން އިތުރު ކުރުމުގެ އިތުރުން ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ވެސް ގިނަ ހަރަކާތްތަކެއް ގެންދަނީ ކުރިއަށެވެ.

އެގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވަނީ ދ. ކުޑަހުވަދޫއަށް ވަޑައިގެންފައެވެ. ރައީސް ޔާމީންގެ އެ ދަތުރު ފުޅުގެ ތެރެއިން ވެސް ޕީޕީއެމް އަށް ގިނަ އަދަދެއްގެ މެންބަރުން ސޮއި ކޮށްފައިވާއިރު، އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ކޮށްދެއްވާނެ ވަރަށް ގިނަ ކަންކަން ވެސް ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.