އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ކެމެރާމަން މިސްބާހު
ހަބަރު
06 Oct 2022 | 13:20
މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ފުނޑާލައިފި، ކަނޑު ފަޅުތައް ވިއްކާލައިފި: އިދިކޮޅު

މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް ކުރިއެރުވުމަށް އެކުލަވާލާފައިވާ ސިޔާސަތު ފެއިލުވެފައިވާކަން ފާހަގަކޮށް އިދިކޮޅު އިއްތިހާދުން ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. 

ސަރުކާރުގެ ފެއިލްވެފައިވާ މަސްވެރިކަމުގެ ސިނާއަތާއި ގުޅޭ މައުލޫމާތުު ހިއްސާކުރުމަށް އިދިކޮޅުން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި، ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމުގެ ސަބަބުން މަސްވެރިން ވަރަށް ބޮޑަށް މާޔޫސްވެފައިވާކަމަށެވެ. 

މަސްވެރިންނަށް ވީ ވައުދު ފުއްދުމަށް ސަރުކާރު ފެއިލުވެއްޖެ

މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ މުހިންމު ވައުދުތަކުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮގު އަގު މަސްވެރިންނަށް ހޯދައިދިނުމާއި، ބޭރުގެ މާކެޓުތަކަށް ދިވެހި މަސްދޯނިތައް ހުޅުވާލުމަކީ މި ސަރުކާރުން ވެފައިވާ މުހިންމު ވައުދުތަކެއް ކަމަށެވެ. އެހެން ނަމަވެސް މިހާތަނަަށް އެ ވައުދުތައް ފުއްދާދެވިފައި ނުވާކަމަށް ހީނާ ވިދާޅުވިއެވެ. 

"މި ސަރުކާރުން ވެރިކަމަށް އައިސް މަހުގެ އަގު ދެ ފަހަރަށް މިވަނީ ދަށްކޮށްފައި. ބޭރުގެމ މާކެޓަށް ދިވެހި މަސްދޯނި، މިއީވެސް ހަމަ މި ސަރުކާރުގެ ވައުދެއް، މަސް އައިން ދޫކޮށްލާފައި ހުރިހާ އުޅަނދު މާ ދުރަށް ދުއްވާފައި ގޮސް އަތް އުރާލައިގެން ޖާގަ ކުޑަ މަސްފެކްތްރީތަކުގައި ކިއު ހަދައިގެން ތިބުން ނިމުމަކަށް ގެންނާނެކަމަށް، މިއީ ހަމަ ވަރަށް ޝާއިރީ ގޮތަކަށް އެ ބޭފުޅުންގެ މެނިފެސްޓޯގައި ލިޔެފައިވާ ވައުދެއް. މިއަދު މަސްވެރިން ތިބެން ޖެހެނީ މަސް ކިރަން ކިއުއެއްގައި، އައިސް ގަންނަން ކިއުއެއްގައި، ތެޔޮ އަޅަން ކިއުއެއްގައި"

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު ހީނާ ވަލީދު

ހީނާ ވިދާޅުވީ މިއަދުވެސް މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މަސްކިރޭނެ ރަނގަޅު ނިޒާމެއް ނެތުމުންކަމަށެވެ. އެގޮތުން  ދާދި ފަހުން މަސް ކިރޭނެ ގޮތެއް ނެތިގެން އައްޑޫގެ މަސް ދޯންޏެއް، ފިޔޯރިއަށް ގޮސް އެ މީހުން ބޭނި ހުރިހާ މަސްކޮޅު ފިޔޯރީ ރައްޔިތުންނަށް ބަހާލާފައިވާކަން ހީނާ ފާހަގަކުރައްވާފައެވެ. 

ހީނާގެ ވާހަކައިގައި ވަނީ މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ނުފުއްދި  ހުރި ބައެއް މުހިންމު އިތުރު ވައުދުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. 

"ދެން އެ ބޭފުޅުން ވެފައިވާ އެންމެ ބޮޑު ވައުދަކީ ކަންނެލި ޖަގަހަތަކުގެ ވައުދު، ދުރަށް ދުއްވައިގެން ކުރާ ދިގު ދަތުރު ދެކޮޅު ޖެއްސުމަށްޓަކައި އާންމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކެއް ފާހަގަކޮށް އޯފްޝޯ ފިޝަރީސް ޕްލެޓްފޯމުތަކެއް ގާއިމުކުރުމުގެ ވައުދު. ސައި ހޮޓަލާއި މަސްވެރިންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް އެތަންތަނުން ލިބޭނެކަމަށް ވައުދުވެފައިވޭ"

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު ހީނާ ވަލީދު

ހީނާ ވިދާޅުވީ މި ވައުދުތައް ފުއްދުމުގެ މަސައްކަތް ސަރުކާރުން ކުރާކަމަށް ދެއްކުމަށް މަޖިލީހަށްވެސް ގިނަ ގަރާރުތަކެއް ހުށައަޅާފައިވާކަމަށެވެ. އަދި ގާނޫނުތަކަށްވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެއިން އެންމެ ޕްލެޓްފޯމެއްވެސް އަޅާ ދެވިފައި ނުވާކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ޝަކުވާތައް މަސްވެރިން ކުރަމުންދާކަންވެސް ހީނާ ފާހަގަކުރެއްވިއެވެ. 

މަސްކަނޑުތައް ބޭރު ގައުމަކަށް ވިއްކާލާފައިވާކަމުގެ ތުހުމަތު

މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމުގައި ސަރުކާރު ނުކުޅެދިފައިވާއިރު ސަރުކާރުން ވަނީ ރާއްޖޭގެ ކަނޑުތަކާއި ފަޅިތައް ވިއްކާލާަފައިކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. 

އިދިކޮޅުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މުހައްމަދު ޖަލާލް ނަސީމު ވިދާޅުވީ މަސްވެރިންނަށް މަސް ކިރޭނެ ފަހި އިންތިޒާމުތަކެއް ހަމަޖައްސާދެވިފައި ނުވުމުގެ ސަބަބުން މަސްވެރިކަން ރަނގަޅުވާ ކޮންމެ މޫސުމެއްގައި މަސްވެރިން މުޒާހަރާކޮށްފައިވާކަމަށެވެ. ވޭތުވެ ދިޔަ ތިން އަހަރުގައިވެސް މަސްވެރިން ތަކުރާރުކޮށް މުޒާހަރާ ކުރަމުން ގޮސްފައިވާކަން ޖަލާލު ފާހަގަކުރެއްވިއެވެ. 

"2019 ވަނަ އަހަރު ނޮވެމްބަރު މަހު ވިއްކާ މަހަށް ފައިސާ ނުލިބޭތީ ފަރެސްމާތޮޑާގައި މަސްވެރިން މުޒާހަރާކުރި، 2020 ވަނަ އަހަރު ޑިސެމްބަރު މަހު ހއ. އިހަވަންދޫގައި މަސްވެރިން ވަނީ މުޒާހަރާކޮށްފައި، 2020 ވަނަ އަހަރު ޑިސެމްބަރު މަހުގައިވެސް މަސްކިރުން ލަސްވުމުން މަސްވެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވަމުން ދާތީ ފެލިވަރުގައިވެސް މުޒާހަރާކުރި، 2021 ވަނަ އަހަރު ޑިސެމްބަރު މަހުވެސް މަސްކިރުން ލަސްވާތީ މަސްވެރިން ވަނީ ކޫއްޑޫ އޮފީހުގައި މުޒާހަރާކޮށްފައި" 

ޕީޕީއެމް މެމްބަރު ޖަލާލު

އެއާއެކު އޭނާ ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ހުވާލުކުރެއްވުމަށްފަހު ރާއްޖޭގެ ކަނޑުތަކުން ބޭރު އުޅަނދުތައް މަސް ބޭނުން ހުއްޓުވާނެކަމަށް ވައުދުވެލައްވާފައިވާކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ މަސްވެރިކަން ތިޔާގި ވާ މޫސުންތަކުގައި އާދަޔާ ޚިލާފަށް ގިނައިން ބޭރުގެ މަސް ބޯޑުތައް ރާއްޖޭގެ ކަނޑުތަކުން ދާއަލައިގެން މަސްވެރިކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތަށް އެކަން ކުރަމުންދަނީ ރާއްޖޭގެ ކަނޑުތަކުގެ މައުލޫމާތު ކޮންޓްރޯލު ބޭރުބައެއްގެ އަތް މައްޗަށް ދޫކޮށްލާފައި އޮތުމުންކަންވެސް އޭނާ ވިދާޅުވިއެވެ. 

"ރާއްޖޭގެ ކަނޑުތައް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރާއި، ހިސާބުތައް ގަވައިދުން ސަރުކާރުން ދަނީ އިންޑިއާއާއި ހިއްސާކުރަމުން. އަދި އިންޑިއާގެ ބޯޓު ފަހަރު ރާއްޖޭގެ ކަނޑުތަކުގައި ދާއަޅައިގެން މަސްވެރިކަން ކުރަމުންދާއިރު، އެކަން ހުއްޓުވަން ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅާތަނެއް ނުފެނޭ"

ޕީޕީއެމް މެމްބަރު ޖަލާލު

މަސްވެރިންގެ ހައްގުގައި ގިނަ މަޝްރޫއުތަކެއް ހިންގާކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހުސް ވާހަކަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމުގެ ބަދަލުގައި މި ސަރުކާރުން ވަނީ ދިވެހި ކަނޑުތައްވެސް ބޭރުގެ ގައުމަކަށް ވިއްކާލާފައިކަމަށެވެ. 

މިއަދުގެ ޕްރެސްކޮންފަރެންސްފައި އިދިކޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން އަޅާނުލާކަން ފާހަގަކޮށްދޭ ގިނަ މިސާލުތަކެއް ހާމަކުރައްވާފައެވެ. 

އެއާއެކު އުދިކޮޅުން ބުނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމިން އަބްދުލްގައއްޔޫމު ނިކުމެ ވަޑައިގަންނަވަނީ މަސްވެރިންނަށް ދިމާވެފައިވަ ދަތިތަށް ހައްލުކޮށްދެއްވުމުގެ ފެނިފެސްޓޯއަކާއި އެކުގައި ކަމަށެވެ. އެކަމަށްޓަކައި ދިރާސާތައް ކުރެވެމުންދާކަމަށް އިދިކޮޅުން ވަނީ ހާމަކޮށްފައެވެ. 

ޕީޕީއެމްގެ ވެރިކަމުގައި މަސްވެރިންނަށް މިޙާރަށްވރެ ފަހި ގޮތްތަކެއް ހޯދާދޭނެކަމުގެ ޔަގީންކަންވެސް މިއަދުގެ ޕްރެސްކޮންފަރެންސްފައި ވާހަކަދައްކަވަމުން ތަރުޖަމާނު ހީނާ ވަލީދު ވަނީ ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.