ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު-- ފޮޓޯ: ވޮއިސް
ހަބަރު
06 Oct 2022 | 16:19
ޖަމާލުއްދީން އެނެކްސް އަޅައިގެން އަރަބިއްޔާއަށް ލިބޭނެ ގެއްލުމެއް ނެތް: މިއުވާން

ޢަރަބިއްޔާ ސުކޫލު އަޅަނީ ކުރިންވެސް ޕްލޭންގައި އޮތް ގޮތަށް ކަމަށާ، ބާ ޖަމާލުއްދީން އިމާރާތުގައި އަރަބިއްޔާގެ އިތުރުން ޖަމާލުއްދީން އެނެކްސް އަޅައިގެން އަރަބިއްޔާގެ ދަރިވަރުންނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި، އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ކުރާ ބާ ޖަމާލުއްދީން ސަރަހައްދުގައި އަރަބިއްޔާގެ އިތުރުން ޖަމާލުއްދީން އެނެކްސް ވެސް އިނާރާތް ކުރާތީ އަރަބިއްޔާގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރާ މައްސަލައާއި ގުޅިިގެން "ވޮއިސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ޢަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ބާ ޖަމާލުއްދީންގައި އަރަބިއްޔާގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެގޮތުން، އެޅޭ އިމާރާތް ވެގެން ދާނީ، މީގެ ކުރިން އެ ސުކޫލުގެ ދަރިވަރުން އުޅެމުންދިޔަ ޢިމާރާތަށްވުރެ ކުދިންނަށްވެސް އަދި ޓީޗަރުންނަށްވެސް ފަސޭހަ، ވަސީލަތްތައް އިތުރު އިމާރާތެއްކަން މިއުވާން ފާހަގަކުރެއްވިއެވެ. 

އެ ކުރެހިފައި އޮތް ގޮތަށް އިނގޭތޯ އެ ސުކޫލުގެ މަސައްކަތް ކުރިއަށްދާނީ. ދެން ސުކޫލުގެ އިންފްރާސްޓްރަކްޗަރ އަކީ އެ އޮންނަ ޑިޒައިނަށް، ދެން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކަނޑައަޅާ އެއްޗެއް. މި ސުކޫލް ޑިޒައިން ކުރެވިފައި ވަނީ، ތަޖުރިބާކާރު އާކިޓެކްޗަރުންނާ، ސިވިލް އިންޖީނިއަރުންނާއި ކަމާ ގުޅުން ހުރި ބޭފުޅުންގެ ތަޖުރިބާ އާއި ލަފާއާއި އެއްކޮށް. 

މިއުވާން ވިދާޅުވީ، އެ ސަރަހައްދުގައި ދެ ސުކޫލެއް ޖެހި ޖެހިގެން އެޅިގެންދާއިރު، ތޮއްޖެހުން ކުޑަކުރުމަށްވެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. 

މީގެ އިތުރުން، މިއުވާންގެ ވާހަކައިގައި ވަނީ، އަރަބިއްޔާގެ ކުރީގެ ޢިމާރާތާއި އަލަށް އެޅޭ އިމާރާތުގެ ޚިދުމަތް ތަކާއި ކްލާސްރޫމް ތަކުގެ އަދާއި ކަންކަންވެސް އަޅައިކިޔުއްވާފައެވެ. އެގޮތުން މިއުވާން ވިދާޅުވީ، ކުރީގެ އިމާރާތުގައި 26 ކްލާސްރޫމް ހުރި އިރު އަލަށް އިމާރާތް ކުރެވޭ އިމާރާތުގައި 41 ކްލާސްރޫމް ހުންނާނެ ކަމަށާ، އަދި އައު އިމާރާތުގައިވެސް ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުން ކުރާނެ ޒަމާނީ ފެންވަރުގެ ހޯލެއްވެސް ހުންނާނެކަމަށެވެ. މީގެ އިތުރުން، އަރަބިއްޔާގެ ބޭނުން ކުރަމުންދިޔަ އިމާރާތުގައި 44 ފާޚާނަ ހުރި އިރު އަލަށް ޢިމާރާތް ކުރާ ސުކޫލުގައި 110 ފާޚާނަ ހުންނާނެ ކަމަށާ، އަދި ކުރީ އިމާރާތުގައި 3 ލެބް ހުރި ނަމަވެސް އައު އިމާރާތުގައި 4 ލެބް ހުންނާނެކަން މިއުވާން ފާހަގަކުރެއްވިއެވެ. 

މިއާއެކު މިއުވާން ވިދާޅުވީ، އައު އިމާރާތުގައި އިންޑޯ ގާޑަން ލައިބްރަރީ އަކާއި މިހާރުވެސް ހުންނަ ކަހަލަ ލައިބްރަރީ އެއްވެސް ހުންނާނެ ކަމަށާ، ކުރީ ދެ ސްޓާފް ރޫމް ހުރި ނަމަވެސް އައު އިމާރާތުގައި 4 ސްޓާފް ރޫމް ހުންނާނެ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ދީފައި ހުރި މައުލޫމާތައއ ބަލާނަމަ، އައު އިމާރާތަކީ، ހުރިހާ ގޮތަކުންވެސް ކުރީގެ އިމާރާތަށް ވުރެ ރަނގަޅު އިމާރާތަކަށް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިއާއެކު މިއުވާން ވިދާޅުވީ، އަރަބިއްޔާގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަނީ ކޮން ކަމެއް ކަމެއް މަދުވަނީ ކަމެއް އޭނާއަށް ސާފެއް ނުވާ ކަމަށެވެ. އެހެނީ އައު އިމާރާތުގައި ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެހެން ސްކޫކުތަކުގައިވެސް ލިބޭ މިންވަރަށް ލިބޭނެ ކަމަށާ، އަދި އަލަށް އިމާރާތެއް އެޅިގެންދާއިރު ކުރީގެ ތަޖުރިބާއަށް ބަލާފައި، ސްކޫލް އެޅިގެން ދާނީ އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުވެސް ކޮށްގެންކަމަށެވެ. ވުމާއެކު ދަރިވަރުންނާއި، ޓީޗަރުންނާއި އަދި ބެލެނިވެރިންނަށް އެއްވެސް ކަމެއް ހަމަ މަދެއް ނުވާނެ ކަމަށާ، އައު އިމާރާތާއި އެކު އަރަބިއްޔާގެ ދަރިވަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އެއްކޮށް ހައްލު ވެގެންދާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

"ބިމުގައި އިތުރު ކަމެއް ކުރަނީތޯ. ދެން އެ ސްކޫލް ކުރަހާފައި ހުރި ގޮތަށް ސްކޫލް ކުރަހާނީ އިނގޭތޯ. ވަކި ކުއްލި އަކަށް ތަންކޮޅެއް ކަނޑާލަނީކީއެއްނޫން. ރޭވިފައި ހުރި ގޮތަށް ސްކޫލް ގެ މަސައްކަތް ކުރިއަށް ދާނެ އިނގޭތޯ."

"ސްކޫލުގެ އިމާރާތް ދެއްތޯ މީގަ މުހިންމީ. ބޮޑު ސިންގާ އަި ހުސްތަނެއް އަދި އޮތުމަކީ ދަރިވަރުންނަށް މިސާލަކަށް އޭގެ ބޭނުމެއް، އެ ޕްލޭންގައި ކުރެހިފައި ނެތް ކަމަށްވާނަމަ އެއީ ބޭނުމެއް ނުހިފޭނެ. އެހެންވީމާ ޕްލޭން ކުރެވިގެން ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތަކާ އެއްކޮށް ސްކޫލް ގާއިމް ކުރެވޭނީ." މިއުވާން ވިދާޅުވިއެވެ.  

މިއުވާން ވިދާޅުވީ ޖަމާލުއްދީން ސުކޫލްގައި ކިޔަވަމުންދާ 2000 އަށްވުރެ ގިނަ ދަރިވަރުންނަށް ވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާ، ބާ ޖަމާލުއްދީން ހުރި އިމާރާތުގައި ޖަމާލުއްދީން އެނެކްސް އަޅަނީ އަރަބިއްޔާގެ ދަރިވަރުންގެ އަތުން އެއްޗެއް ނަގާފައި ނޫން ކަމަށެވެ.  

ކޮމެންޓް
ރައުފާ
ސަރުކާރުން މޮޅު ވާހަކަ ދައްކާނެ ކަމެއްނެތް. ކޮބާތޯ ޕުލޭ ގުރައުންޑް ؟؟ ޢަރަބިއްޔާ މައްސަލަގައި ސަރުކާރު ފެއިލްވެއްޖެ.
06 Oct 2022
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.