އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
ހަބަރު
06 Oct 2022 | 23:49
ޕީޕީއެމުން 10،000 ފޯމް ހުށައެޅި: އިލެކްޝަންސް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅެން ފޯމް ފުރި 10،000 މީހެެއްގެ މެންބާޝިޕް އިއްޔެ އެ ޕާޓީން ހުށައެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ. 

އިލެކްޝަންސް ކޮމިޝަނަށް 10،000 ފޯމް ހުށައަޅާފައިވާ ކަމަށް ޕީޕީއެމުން ބުނި ނަމަވެސް ހަގީގަތުގައި ހުށަހަޅާފައިވާނީ 4000 އެއްހާ ފޯމް ކަމަށް އިލެކްޝަންސް އާއި ހަވާލާދީ މީޑިއާ އަކުން ރިޕޯޓް ކުރުނާއި ގުޅިގެން، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވީ ޕީޕީއެމް އިން ގެނައި ފޯމްތައް ގުނާ ނިމިފައިވާ ކަމަށާ އެ ޕާޓީން 10،000 ފޯމް ހުށައެޅި ކަމަށެވެ. 

އަދި އެ ފޯމް ތަކުގެ ސައްހަކަށް ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަަށްދާއިރު، ބައެއް ފޯމުތަކުގައި އިސްލާހުކުރަންޖެހޭ ކަންކަން ހުރުމާއި ގުޅިގެން އެކަން ކުރުމަށް އެ ޕާޓީއާއި ހަވާލު ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް، އެއްވެސް ފޯމެއް ރިޖެކްޓް ކޮށްފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޕީޕީއެމް އިން ބުދަ ދުވަހު އީސީއަށް ހުށަހެޅި ފޯމްތަކާއި ގުޅިގެން މައުލޫމާތު ދެމުން ޕީޕީއެމްގެ ސެކިއުރިޓީ ޖެނެރަލް ޝަކީލް ވިދާޅުވީ، އެޕާޓީން ހުށަހަޅާ 10,000 މެންބަރުންގެ ފޯމުގެ ތެރޭގައި ގިނަ އަދަދަކަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ދޫކޮށް ޕީޕީއެމާ ގުޅުނު މެންބަރުންވެސް ހިމެނޭ ކަމަށާ، އެއިން ހާމަވަނީ އަދުގެ ސަރުކާރާއިމެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ގެ މަގާމަށް ރައީސް ޔާމީން ބަލައިގެންފައިވާ ކަންވެސް އެއިން ދޭހަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ބުނާ ގޮތުން ޕީޕީއެމްގައި މިވަގުތު ތިބީ 33،264 މެންބަރުންނެވެ. އެ ޕާޓީން ހުށައެޅި 10،000 ފޯމް ސައްހަ ނަމަ 44،000 ވުރެ ގިނަ މެންބަރުން ދަފްތަރުގައި ހިމެނޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.