ޚުތުބާ
ހަބަރު
07 Oct 2022 | 13:20
މީހުންގެ ސިއްރުތައް ހާމަކުރާ މީހާ ފިލައި އޮތަސް، މާތް ﷲ އޭނާ ފަޟީލަތް ކުރައްވާނެ: ޚުތުބާ

މީހުންގެ ސިއްރުތަކާއި އުނި ސިފަތައް ހާމަ ކޮށްފި މީހާ، އޭނާގެ ގޭތެރޭގައި ފިލައި އޮތަސް، މާތް ﷲ އޭނާ ފަޟީޙަތް ކުރައްވާނެ ކަމަށް ރަސޫލާ ޞޢވ ހަދީޘް ކުރައްވާފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

"ތިމާގެ އަޚާ ފަޟީހަތް ކުރުމުން ދުރުހެލިވުން" މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، ރިވެތި ސިފަތަކާއި މާތް އަޚްލާޤުގެ ތެރޭގައި އެހެން މީހުންގެ ޢައިބުތަކާއި އުނި ސިފަތައް ވަންހަނާ ކުރުން ހިމެނޭ ކަމަށެވެ. އަދި މާތް ﷲ ސުބުޙާނަހޫވަތަޢާލާ އަކީ އަޅުތަކުންގެ ނުބައި އަމަލުތައް ވަންހަނާ ކޮށްދެއްވާ ރަސްކަލާނގެ ކަމަށާ، ވުމާއެކު އިސްލާމްދީން، މުސްލިމުންނަށް އެމީހުންގެ އައުރަ ނިވާކުރުމަށާއި، އެހެން މީހުންގެ ސިއްރުތައް ރައްކައުކޮށް ސިއްރު ކޮށްދިނުމަށް ގޮވައިލާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

ރަސޫލާ ޞޢވ އަހަރެމެންނަށް އަންގަވާފައިވަނީ އަހަރެމެންނަށް ކުރެވޭ ކުށްފާފަތައް ވަންހަނާ ކުރުމަށް ކަމަށް ކަމަށާ، ތިމާ އެފަދަ ކަންކަން ޢާއްމުކޮށް ފައުޅުނުކުރާހާ ހިނދަކު، މާތް ﷲ އިންސާނާގެ އެފަދަ އަމަލުތައް ބޭޒާރު ނުކުރައްވައި ވަންހަނާ ކޮށްދެއްވާނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ، ފޮރުވައި ވަންހަނާ ކޮށްދިނުމުގެ ތެރޭގައި އަހަރެމެންގެ އަޚަކަށް ކުރެވޭ ނުބައި ކަމެއް ފެންނަ ހިނދު އޭނާއަށް ނަސޭހަތްތެރިވެ އޭނާގެ ކުށް ވަންހަނާ ކޮށްދިނުންވެސް ހިމެނޭކަމަށެވެ. އަދި މުސްލިމުންގެ ސިއްރުތައް ކަޝްފުކޮށް ހާމަކުރަން މަސައްކަތް ކުރާ މީހުންނަށް އަހަރެމެންގެ ރަސޫލާ ޞޢވ އިންޒާރު ދެއްވާފައިވާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"ކީރިތި ރަސޫލާ ޞޢވ ހަދީޘް ކުރައްވާފައިވެއެވެ. ދުލުކުރިން އީމާންކަން ހިތުގެ ތެރެއަށް އަދި ނުވަންނަ މީހުންނޭވެ! ތިޔަބައިމީހުންގެ މުސްލިމުންގެ ޣީބަ ނުބުނާށެވެ! އަދި ތިޔަބައިމީހުން އެބައިމީހުންގެ އުނި ސިފަތަކާއި ސިއްރުތައް ހާމަ ނުކުރާށެވެ! ފަހެ ހަމަކަށަވަރުން އެމީހުންގެ ސިއްރުތަކާއި އުނި ސިފަތައް ހާމަ ކޮށްފި މީހާ، އޭނާގެ ގޭތެރޭގައި ފިލައި އޮތަސް، މާތް ﷲ އޭނާ ފަޟީޙަތް ކުރައްވާނެތެވެ!" ޚުތުބާގައި ބުނެފައިވެއެވެ. 

ވުމާއެކު މީހަކަށް މުންކަރާތަކަށް އަރައިގަނެވިއްޖެނަމަ، އޭނާއަށް ނަސޭޙަތް ދީ އޭނާގެ އަތުގައި ހިފައި، ފާފަތަކުން އެއްކިބާވެ ހެޔޮމަގަށް ރުޖޫޢަވުމަށް ބާރުއަޅައި ހިތްވަރު ދިނުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. ނަމަވެސް، ފާޅުކަން ބޮޑު ގޮތެއްގައި ވަކިން ޚާއްސަކޮށް ޙައްދު ކަނޑައެޅިފައިވާ ފާފަތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ހުށައެޅި ކުށް ސާބިތުވެއްޖެނަމަ، ޝަރްޢީ ގޮތުން ކަނޑައެޅިފައިވާ ޙައްޤު އަދަބު ދޭންޖެހޭނެއެވެ. އެއީ ވަލިއްޔުލް އަމްރުގެ ޒިއްމާއެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

އަދި ފާފަތައް ފޮރުވައި ވަންހަނާ ކުރުމުގެ މާނައަކީ މުންކަރާތްތަކާ ދެކޮޅު ހެދުން ދޫކޮށްލުމެއް ވެސް ނޫންކަން ބަޔާންކޮށް ޚުތުބާގައި ބުނީ، ފާފަތައް ފޮރުވައި ވަންހަނާ ކުރަންޖެހެނީ އޭގެ ސަބަބުން މީސްތަކުންގެ ސިއްރުތައް ހާމަވެ ފަޟީޙަތްވެގެން ދާނެތީ އާއި އިޚްލާސްތެރިކަމާއެކު ތައުބާވުމުން އެކަންކަން މާތްﷲގެ އިރާދަފުޅުން، ހެޔޮ ކަންކަމަށް ބަދަލުކުރައްވާނެތީ ކަމަށެވެ.

ފާފަތައް ފޮރުވައި ވަންހަނާ ކުރުމުގެ މާނައަކީ އެއްވެސް ޙާލެއްގައި ފާޙިޝް ކަންތަކާއި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރު ދިނުން ނޫންކަމަށާ، އެއީ މުންކަރާތްތަކާ ދެކޮޅު ހެދުން ދޫކޮށްލުމެއް ވެސް ނޫނ. ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެކުށަކަށް ކަނޑައެޅިފައިވާ އަދަބު ނުދިނުމެއް ވެސް ނޫން ކަމަށާ، ހަމަ އެހެންމެ، އެއީ މުންކަރާތް ހުއްޓުވޭ ފަދަ ފަރާތެއް މެދުވެރިކޮށް އެކަން ހުއްޓުވުމަށް މަސައްކަތް ނުކޮށް ދޫކޮށްލުމެއް ވެސް ނުމެނޫން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އެހެންނަމަވެސް ފާފަތަކަށް އަރައިގަނެވޭ މީހާ ފަޟީޙަތް ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.