ފްލޯޓިން ސިޓީގެ ފުރަތަމަ ފޮޓޯ
ހަބަރު
07 Oct 2022 | 13:57
ފްލޯޓިން ސިޓީގެ ފުރަތަަމަ އަސްލު ފޮޓޯ ދައްކާލައިފި!

މާލެ އަތޮޅުގެ ހަ ފަޅެއްގައި ފްލޯޓިން ސިޓީތަކެއް ހަދަން ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކޮށްފައިވާ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދަމުންދާ ސިޓީގެ ފުރަތަމަ ބްލޮކް ނިންމައި ފޮޓޯ އާންމުކޮށްފި އެވެ.

އެ މަޝްރޫއުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހީމް ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ފްލޯޓިން ސިޓީގެ ފުރަތަމަ ބްލޮކް ނިންމައި ފޮޓޯ އާންމުކޮށްފައެވެ. އަދި އެ ތަނުގައި އިތުރަށް ގަސް އިންދުން ވެސް ކުރިއަށް ދާނެ ކަމަށާ، މޫސުން ތަންދިންހާ އަވަހަކަށް މީޑިއާ އާ އާންމުންނަށް ފްލޯޓިން ސިޓީން މަރުހަބާކިޔަން ތައްޔާރުވާކަމަށް އޭނާ ވިދާޅުވިއެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު ދައުލަތުގެ މީޑިއާއަަށް ރިޔާޒު ދިން އިންޓަރވިއުއެއްގައި ވެސް އޭނާ ވަނީ ވިއްސާރައާއި ގުޅިގެން އާއްމުންނަށް ފްލޯޓިން ސިޓީ ދައްކާލުން ލަސްވެފައިވީ ނަމަވެސް އެމަހުގެ މެދުތެރޭ މޫސުން ރަނގަޅުވާއެކު އެތަނުގެ މޮޑެލްތައް ދައްކާލާނެކަމަށް ވިދާޅުވެފައެވެ. 
ރިޔާޒު އިތުރަށް ވިދާޅުވީ، ފްލޯޓިން ސިޓީ ބަލާލަން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުތުސަރު ވެބްސައިޓު މެދުވެރިކޮށް ހުޅުވާލާނެކަމަށާއި، އެތަން ބަލާލަން ދާން ބޭނުންވާ ފަރާތްތަކަށް ޓްރާސްޕޯޓުވެސް ހަމަޖައްސާދެވޭނެކަމަށެވެ. 

ރާއްޖޭގައި ފްލޯޓިން ސިޓީ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިންނެވެ. ފްލޯޓިން ސިޓީގެ ފުރަތަމަ ތަރައްގީކުރަނީ އާރަށާ އެންމެ ކައިރިން އޮންނަ 200 ހެކްޓަރުގެ ފަޅެވެ. އެ ފަޅުގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުނު ފެބްރުއަރީ މަހުގެ 10 ގައި ހަވާލުކުރީ ބައިސަން މޯލްޑިވްސްއާ އެވެ.

ބައިސަން އިން ތައްޔާރުކުރި ފުރަތަމަ ބްލޮކު ވަނީ އެކްސްޕީރިއެންސް ސެންޓަރެއްގެ ގޮތުގައި ހުޅުވާލުމަށް ނިންމާފަ އެވެ. އަދި، އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އަސްލު ޔުނިޓުތައް ނިމޭނެ ކަމަށް އެ މަސައްކަތްކުރަމުންދާ ކުންފުނިން މައުލޫމާތު ދެ އެވެ.

ފްލޯޓިން ސިޓީ ތަރައްޤީކުރަނީ 20000 މީހުންގެ އާބާދީއަކަށް އަމާޒްކޮށެވެ. މާލެއިން ފްލޯޓިންގ ސިޓީއަށް ލޯންޗުގައި 10 މިނެޓުން ދެވޭނެއެވެ. ފްލޯޓިން ސިޓީގެ މިމަޝްރޫޢު ނިމިގެންދާއިރު މިސަރަޙައްދަށް ރިސޯޓުތަކާއި ސިޓީ ހޮޓާތަކާއި ބޮޑެތި ފިހާރަތަކުގެ އިތުރުން ސިއްޙީ ޚިދުމަތާއި ސްކޫލްތައް އައުމާއެކު މިއީ އިތުރަށް އުފެދޭ ވަޒީފާތައްކަމަށް މަސައްކަތުގެ ލޯކަލް ކޮންސަލްޓަންޓް ފާހަގަކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.